Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޣައްޒާ ހަނގުރާމަ

ޣައްޒާ ސިޓީ ހިފުމަށް އިސްރާއީލުގެ 60،000 ރިޒާވް ސިފައިން ނުކުތުމަށް އަންގައިފި

ޣައްޒާ ސިޓީ ހަމަލާއަށް ތައްޔާރުވުމުގެ ގޮތުން އިސްރާއީލުން 60،000 ރިޒާވިސްޓުން މޮބިލައިޒްކޮށް، ހަނގުރާމައިގެ އަނެއް މަރުހަލާއަށް ތައްޔާރު ވަމުން ދާއިރު، ޣައްޒާގެ އިންސާނީ ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ ބިރު އެބައޮތެވެ. މިހާތަނަށް 62،000 އަށްވުރެ ގިނަ މީހުން މަރުވެ، 90 އިންސައްތައަށްވުރެ ގިނަ ގެދޮރު ހަލާކުވެ، އަސާސީ ޚިދުމަތްތައް ފުނޑުފުނޑުވެފައިވާއިރު، އިސްރާއީލުގެ އައު ހަމަލާއިން އިތުރު އިންސާނީ ކާރިސާއެއް ކުރިމަތި ވެދާނެ ކަމަށް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން އިންޒާރުދެއެވެ.

ރާއްޖެ އެމްވީ | 20 އޯގަސްޓު 2025 | ބުދަ 15:39
އިސްރާއީލުގެ އަސްކަރީ އޮފިޝަލަކު ބުނީ ޣައްޒާ ހިފުމަށް ރޭވިފައިވާ ހަމަލާގައި ފަސް ޑިވިޝަނެއް ބައިވެރިވާނެ ކަމަށެ

އިސްރާއީލުގެ އަސްކަރީ އޮފިޝަލަކު ބުނީ ޣައްޒާ ހިފުމަށް ރޭވިފައިވާ ހަމަލާގައި ފަސް ޑިވިޝަނެއް ބައިވެރިވާނެ ކަމަށެ

ޣައްޒާ ސިޓީ އެއްކޮށް ހިފައި، އެތަން ހިސޯރު ކުރުމަށް އިސްރާއީލުން އެއްގަމު މަގުން ދޭން ރާވާ ހަމަލާ ތަކަށް ތައްޔާރުވުމުގެ ގޮތުން 60،000 އަށް ގާތްކުރާ ރިޒާވިސްޓުން ނުކުތުމަށް އަންގައިފި ކަމަށް އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފިއެވެ.

ސިފައިންގެ އިސް އޮފިޝަލަކާ ހަވާލާދީ ބީބީސީ އިން ރިޕޯޓު ކޮށްފައި ވަނީ، މި ރިޒާވިސްޓުން ސެޕްޓެމްބަރު މަހު ޑިއުޓީއަށް ނުކުންނާނެ ކަމަށާއި، އެއާ އެކު މި ހަމަލާ އަށް މޮބިލައިޒް ކުރެވޭ ގިނަ ސިފައިންނަކީ އެކްޓިވް-ޑިއުޓީގައި ތިބޭ މީހުން ކަމަށެވެ.

އޭނާ އިތުރަށް ބުނެފައި ވަނީ، މި ޕްލޭނަށް ތައްޔާރުވުމުގެ ގޮތުން މިހާރުވެސް ޒައިތޫން އަދި ޖަބާލިޔާ ސަރަޙައްދުތަކުގައި ސިފައިން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. މި ޕްލޭން ޑިފެންސް މިނިސްޓަރ އިސްރާއީލް ކަޓްޒް ވަނީ އަންގާރަ ދުވަހު ފާސްކޮށްފައެވެ. އަދި މި ހަފްތާގެ ފަހުކޮޅު ސެކިއުރިޓީ ކެބިނެޓަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

ޣައްޒާ ސިޓީގައި ދިރިއުޅޭ އެތައް ސަތޭކަ ހާސް ފަލަސްތީނުގެ ރައްޔިތުންނަށް އެތަން ދޫކޮށް، ދެކުނު ޣައްޒާ ގެ ހިޔާވަހިކަން ދޭ ތަންތަނަށް ދިއުމަށް އަމުރު ކުރެވޭނެ ކަމަށް ލަފާ ކުރެވެއެވެ. އިސްރާއީލުގެ ގިނަ އެކުވެރިން މި ޕްލޭން ކުށްވެރިކޮށްފައި ވާއިރު، އދ އާއި އަމިއްލަ ޖަމްޢިއްޔާތަކުން އިންޒާރުދީފައި ވަނީ، 22 މަސްދުވަހުގެ ހަނގުރާމަ އަށް ފަހު އިތުރު ހަމަލާ ދީ އިތުރު ބަޔަކު ވަޒަނުން ނެރެ ފޮނުވާލުމުން "ނުރައްކާތެރި އިންސާނީ ކާރިސާއެއް" ކުރިމަތިވާނެ ކަމަށެވެ.

ހަނގުރާމަ މެދުކަނޑާލުމަށް ހަމާސް އާއެކު ނުސީދާ ކޮށް ކުރިއަށް ދިޔަ މަޝްވަރާތައް ނިމިދިޔަ މަހު ނާކާމިޔާބުވުމާ ގުޅިގެން، މުޅި ޣައްޒާ ސްޓްރިޕް ހިފުމުގެ ނިޔަތް އިސްރާއީލުގެ ސަރުކާރުން އިޢުލާންކުރިއެވެ.

މި ހަމަލާ ފެށުމުގެ ކުރިން އެއްބަސްވުމަކަށް ވާސިލުވުމަށް ސަރަޙައްދީ މެދުވެރިން މަސައްކަތް ކުރަމުން ދާއިރު، 60 ދުވަހުގެ މުައްދަތައް ހަނގުރާމަ މެދުކަނޑާލުމާއި ޣައްޒާ ގައި ބަންދުކޮށްފައި ތިބި 50 ރަހީނުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބައި ދޫކޮށްލުމަށް އައު ހުށަހެޅުމެއް ހުށަހަޅާފައި ވެއެވެ. މި ހުށަހެޅުން ހަމާސް އިން ހޯމަ ދުވަހު ޤަބޫލު ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

އިސްރާއީލުން އަދި ރަސްމީ ޖަވާބެއް ދީފައި ނުވިނަމަވެސް، އަންގާރަ ދުވަހު އިސްރާއީލުގެ އޮފިޝަލުން ބުނެފައިވަނީ ބައިބަޔަށް ރަހީނުން ދޫކުރުމުގެ އެއްބަސްވުމެއް ޤަބޫލެއް ނުކުރާނެ ކަމަށާއި، ހުރިހާ ރަހީނުން ދޫކޮށްލުމަށް ފުރިހަމަ އެއްބަސްވުމެއް ބޭނުންވާ ކަމަށެވެ. ރަހީނުންގެ ތެރެއިން މިހާރު ދިރިތިބި ކަމަށް ގަބޫލު ކުރެވެނީ 20 މީހުން ކަމަށް އިސްރާއީލުން ބުނެފައިވެއެވެ.

އިސްރާއީލު ޑިފެންސް ފޯސަސް (އައިޑީއެފް) އިން ބަޔާނެއްގައި ބުނެފައި ވަނީ، މޭ މަހު ފެށި "އޮޕަރޭޝަން ގިޑިއަންސް ޗެރިއަޓްސް" ގެ "ދެން އަންނަ މަރުޙަލާ އަށް" ތައްޔާރު ވުމުގެ ގޮތުން ބުދަ ދުވަހު 60،000 ރިޒާވިސްޓުން ނެރުމުގެ އަމުރު ނެރެފައިވާ ކަމަށެވެ.

މީގެ އިތުރުން، ކުރިން ނެރެފައިވާ 20،000 ރިޒާވިސްޓުން ގެ މުއްދަތު އިތުރުކުރާ ކަމުގެ ނޯޓިސް ދޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އިސްރާއީލުގެ ސިފައިންގެ އޮފިޝަލަކު ބުނެފައި ވަނީ، ޣައްޒާ ސިޓީ އާއި އެތަނުގެ ވަށައިގެންވާ ސަރަޙައްދުތަކުގައި އަސްކަރީ އޮޕަރޭޝަނެއް ހިންގުމުގެ ޕްލޭން އިސް ކޮމާންޑަރުން ފާސްކޮށްފައިވާ ކަމަށާއި، ޗީފް އޮފް ސްޓާފް، ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރު ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕްލޭންތައް ނިންމާނެ ކަމަށް އުންމީދުކުރެވޭ ކަމަށެވެ.

މި އޮފިޝަލު ބުނާ ގޮތުގައި، މި ހަމަލާގައި ފަސް ޑިވިޜަނެއް ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

ހާރެޓްޒް ނޫސް ބުނާ ގޮތުގައި ޑިފެންސް މިނިސްޓަރ ކަޓްޒް އަންގާރަ ދުވަހު ބުނެފައިވަނީ: "މި އޮޕަރޭޝަން ނިމުމުން، ޣައްޒާ ބަދަލުވެގެން ދާނެއެވެ. އަދި ކުރިން އޮތް ގޮތަކަށް ނުފެންނާނެއެވެ."

އޭނާ އިތުރަށް ބުނެފައި ވަނީ، ޣައްޒާ ސިޓީގެ ރައްޔިތުން އެ ސަރަޙައްދުގެ ދެކުނުގައި "ބައިތިއްބުމުގެ" ޕްލޭނެއްވެސް ފާސްކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި އައްސޭރި ފަށުގައިވާ އަލް-މަވާސީ ސަރަޙައްދު ހިމެނެއެވެ. މި ސަރަޙައްދުގައި ސިފައިން ވަނީ އިތުރު ކާބޯތަކެތި ބެހުމުގެ ޕޮއިންޓްތަކާއި ފީލްޑް ހޮސްޕިޓަލްތައް ޤާއިމުކުރަން ފަށާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ބުނެފައި ވަނީ، ސިފައިންގެ މަޤްޞަދަކީ ހަމާސް އިން ހިފަހައްޓާފައިވާ ހުރިހާ ރަހީނުން މިނިވަން ކުރުމާއި، ފަލަސްތީނުގެ ހަތިޔާރުއެޅި ގްރޫޕް "ފުރިހަމަ އަށް ބަލި ކުރުން" ކަމަށެވެ.

އައިޑީއެފް އިން ބުދަ ދުވަހު އިޢުލާން ކޮށްފައި ވަނީ، ގިވާތީ ބްރިގޭޑުން އުތުރުގެ ޖަބާލިޔާ ރަށާއި ޣައްޒާ ސިޓީގެ ބޭރު ސަރަޙައްދުތަކުގައި އަލުން އޮޕަރޭޝަންތައް ފަށާފައިވާ ކަމަށެވެ. މި ސަރަޙައްދުތަކުގައި އެމީހުން "ބިންމަތީގަ އާއި ބިމުއަޑީގައިވާ އަސްކަރީ އިންފްރާސްޓްރަކްޗަރ ނައްތާލަމުންދާ ކަމަށާއި، "ޓެރަރިސްޓުން" މަރަމުންދާ ކަމަށާއި، އޮޕަރޭޝަނަލް ކޮންޓްރޯލް ހަރުދަނާ ކުރަމުންދާ" ކަމަށް ބުނެފައިވެއެވެ.

އެމީހުން އިތުރަށް ބުނެފައި ވަނީ، ސިވިލިއަނުންނަށް ލިބިދާނެ ގެއްލުން ކުޑަކުރުމަށްޓަކައި "އެމީހުންގެ ރައްކާތެރިކަމަށްޓަކައި ދެކުނަށް ދިއުމަށް" އަންގަމުންދާ ކަމަށެވެ.

ޣައްޒާ ގެ ހަމާސް ހިންގާ ސިވިލް ޑިފެންސް އޭޖެންސީގެ ތަރުޖަމާނު، މަޙްމޫދު ބައްސާލް، އަންގާރަ ދުވަހު އޭއެފްޕީ އަށް ބުނެފައި ވަނީ، ސިޓީގެ ޒައިތޫން އަދި ސަބްރާ ހިސާބުތަކުގައި "ވަރަށް ނުރައްކާތެރި އަދި ތަހައްމަލު ނުކުރެވޭ" ހާލަތެއް އޮތް ކަމަށެވެ. އޭނާ ބުނެފައި ވަނީ އެ ސަރަޙައްދު ތަކުގައި "ގޮވުންތައް ހުއްޓުމެއް ނެތި ކުރިއަށްދާ" ކަމަށެވެ.

އެ އޭޖެންސީން ބުނެފައި ވަނީ، ބުދަ ދުވަހު ޣައްޒާ ގެ އެކި ހިސާބުތަކުގައި އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން 21 މީހަކު މަރުވެފައިވާ ކަމަށެވެ.

ފަލަސްތީނުގެ ނިއުސް އޭޖެންސީ ވަފާ އިން ރިޕޯޓުކޮށްފައި ވަނީ، ޣައްޒާ ސިޓީގެ ހުޅަނގުގައިވާ ޝާތީ ރެފިއުޖީ ކޭމްޕުގެ ގެއަކަށް ބޮންއެޅުމުން ތިން ކުދިންނާއި އެ ކުދިންގެ މައިންބަފައިން މަރުވެފައިވާ ކަމަށެވެ.

އދ. ގެ އޭޖެންސީތަކާއި އެންޖީއޯތަކުން އިންޒާރުދީފައި ވަނީ "ޣައްޒާ ސިޓީގައި ސިފައިންގެ އޮޕަރޭޝަންތައް އިތުރުކުރުމުގެ އިސްރާއީލުގެ ޕްލޭނުން ނުރައްކާތެރި އިންސާނީ އަސަރެއް ކުރާނެ ކަމަށެވެ. މިހާރު ވެސް ވަރުބަލިވެ، ބަނޑުހައި ހޫނު ކަމުގައި ތިބި، އަދި ދިރިހުރުމަށް ބޭނުންވާ އަސާސީ ކަންކަމުން މަޙްރޫމް ވެފައިވާ މީހުންނަށް މިކަމުގެ އަސަރު ކުރާނެ،" ކަމަށް އެމީހުން ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

"އެތައް ސަތޭކަ ހާސް މީހުން ދެކުނަށް ބަދަލު ކުރުމަކީ އިތުރު ކާރިސާ އަކަށް މަގު ފަހި ކުރުމެކެވެ. އަދި މިއީ މަޖުބޫރުން ބަދަލު ކުރުމުގެ ގޮތުގައި ބެލެވިދާނެއެވެ."

އެމީހުން އިތުރަށް ބުނެފައި ވަނީ، ބަދަލުވާ މީހުން ދިއުމަށް ލަފާކުރެވޭ ދެކުނުގެ ސަރަޙައްދުތަކަކީ "މީހުން އާބާދުވެފައިވާ އަދި އިންސާނުން ދިރިއުޅުމަށް އެކަށީގެންވާ ވަރަށް ތައްޔާރުވެފައި ނުވާ" ތަންތަން ކަމަށެވެ.

"ދެކުނުގެ ހޮސްޕިޓަލްތައް މިހާރުވެސް ހިންގަމުން ދަނީ އެތަންތަނުގެ ޖާގަ އަށް ވުރެ އެތައް ގުނައެއް އިތުރަށެވެ. އަދި އުތުރުން އަންނަ ބަލިމީހުން ބަލައިގަތުމުން ފުރާނަ އަށް ނުރައްކާތެރި ނަތީޖާތަކެއް ނުކުމެދާނެ އެވެ."

އިސްރާއީލުގެ ސިފައިން ޣައްޒާ ގައި ހަމަލާތައް ފެށީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އެވެ.

އޭގެ ފަހުން ޣައްޒާ ގެ ހެލްތު މިނިސްޓްރީން ބުނާ ގޮތުގައި މަދުވެގެން 62،122 މީހުން ވަނީ މަރުވެފައެވެ.

މީގެ އިތުރުން، ޣައްޒާ ގެ އާބާދީގެ ބޮޑު ބައެއް ވަނީ އެކި ފަހަރު މަތިން ގެދޮރުން ނުކުންނަން ޖެހިފައެވެ. 90 އިންސައްތަ އަށް ވުރެ ގިނަ ގެ ވަނީ ހަލާކުވެ ނުވަތަ ވީރާނާވެފައި ކަމަށް ލަފާކުރެވެއެވެ. ޞިއްޙީ ނިޒާމާއި، ފެނާއި، ނަރުދަމާ އަދި ޞިއްޙަތާބެހޭ ނިޒާމުތައް ވަނީ ފުނޑުފުނޑުވެފައެވެ. އަދި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމާބެހޭ މާހިރުން އިންޒާރު ދީފައި ވަނީ ކާބޯތަކެތި މަދުވުމުގެ ސަބަބުން ބަނޑުހައި ހޫނު ކަމުގެ ހާލަތު އެންމެ ނުރައްކާތެރި ދަރަޖަ އަށް ޣައްޒާ ގައި ގޮސްފައިވާ ކަމަށެވެ.

އިސްރާއީލް-ހަމާސްޣައްޒާ ސިޓީބެންޖަމިން ނަތަންޔާހޫއިސްރާއީލް ކަޓްޒްއިޒްރޭލު ޑިފެންސް ފޯސަސްއިންސާނީ ކާރިސާޣައްޒާ ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

މަމްދާނީ އިންޒާރު ދިން ނަމަވެސް، ނިއު ޔޯކަށް ވަޑައިގަންނަވާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު