Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައުރޫފްގެ ފާޑުކިޔުން ސަރުކާރަށް

"ކުރިއަށް އޮތްތަނުގައި ޕީއެންސީގެ މެމްބަރުން ބިލްތަކަށް ނޫނެކޭ ބުނާ މަންޒަރު ފެންނާނެ، މެމްބަރުންނަށް ދާއިރާ އަށް އަރަން ނުކެރޭ"

މާގިނަ ދުވަހެއް ނުވެ ޕީއެންސީގެ މަޖިލިސް ބައިބައި ވާނެ ކަމަށް މައުރޫފް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2024 | ހުކުރު 13:32
އެމްޑީޕީ ހަރުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީ ހަރުގެ ޖަލްސާގެ ތެރެއިން

ކުރިއަށް އޮތްތަނުގައި ޕީއެންސީގެ މެމްބަރުން ސަރުކާރުގެ ބިލްތަކަށް ނޫނެކޭ ބުނާ މަންޒަރު ފެންނާނެ ކަމަށާއި ޕީއެންސީގެ މެމްބަރުން ތިބީ ދާއިރާ އަށް އަރަން ނުކެރިފައި ކަމަށް ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވި އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މަޖިލީހުގައި ޕީއެންސީގެ މެމްބަރުން އެއް ގަލަކަށް ނާރާކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ ތެރެއިން ޕީއެންސީގެ މެމްބަރުންގެ މެދުގައި ދެ ފިކުރެއް އޮތްކަން ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޕީއެންސީގެ މެމްބަރުންގެ މެދުގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އެބަ ހުރި ކަަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ބައެއް މެމްބަރުން މަޖިލީހުގެ ކުޑަ ދަށުގައި ވާހަކަދައްކަމުން ސަރުކާރުން ހުށަހަޅާފައިވާ ބިލްތަކަށް ވޯޓު ނުދޭނެކަން ހާމަކޮށްފައިވާ ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ. ސަރުކާރުން މެމްބަރުންނަށް 50000 ރުފިޔާ ދިނަސް މެމްބަރުން ތިބީ ދާއިރާ އަށް އަަރަން ނުކެރިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވަނީ މަޖިލީހުގައި ސަރުކާރުގެ މެމްބަރުން އަމަލުކުރާ ގޮތަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން ޓެކްސް ބޮޑު ކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ ހިއްސާދާރުންގެ މަޝްވަރާގެ މަތިން ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން އޮތީ އެހެން ނޫން ކަމަށް މައުރޫފް ވިދާޅުވިއެވެ. ޓެކްސްތައް ބޮޑު ކުރަނީ އެ ސިނާއަތާއި މަޝްވަރާ ކުރުމެއް ނެތި ކަމަށާއި ސަރުކާރުން ވަނީ އެކަން އޮޅުވާލާފައި ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުގެ ވެރިންގެ ތެރޭގައި ދޮގާއި މަކަރާއި އޮޅުވާލުން ނޫން ކަމެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ޓެކްސް ނެގުމަކީ ބުރައަކަށް ވާނެކަން އާއްމުންނަށް ވެސް އެނގޭ ކަމަށާއި، ސަރުކާރުން ދަނީ އާއްމުންނަށް ހަގީގަތް އޮޅުވާލުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރޫފް ވަނީ ސަރުކާރަށް ވާނުވާއެއް ނޭނގޭ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރު ހިންގުމުގައި އެއްވެސް ހަމައެއް އުސޫލެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު