Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުން

މިހާރު އުރަމަތީގެ ކެންސަރު ބައްޔަކީ ހަމައެކަނި ސިއްހީ ނަޒަރަކުން ބެލޭނެ ކަމެއް ނޫން، ބޭނުންވަނީ ވަށާޖެހޭ ފަރުވާ އެއް - ސާޖިދާ

އެކަމަނާ ވަނީ އުރަމަތީގެ ކެންސަރު ބަލީގެ ކޭސްތައް މަދު ކުރުމަށްޓަކައި، ބަލި ހުރިކަން އަވަހަށް ދެނެގަތުމަށް ބާރުއަޅުވާފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 17 އޮކްޓޯބަރު 2024 | ބުރާސްފަތި 14:22
އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ 5 ވަނަ އަހަރީ މަހާސިންތާ" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ 5 ވަނަ އަހަރީ މަހާސިންތާ" އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

އުރަމަތީގެ ކެންސަރު ބަލި ރާއްޖެ އިން ފެންނަ މިންވަރު އިތުރުވަމުންދާކަމަ އިރު މިހާރު އުރަމަތީގެ ކެންސަރު ބައްޔަކީ ހަމައެކަނި ސިއްހީ ނަޒަރަކުން ބެލޭނެ ކަމެއް ނޫން ކަމަށާއި އެއީ ޒާތީ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ "އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ 5 ވަނަ އަހަރީ މަހާސިންތާ" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. ހޮޓެލް ޖެންގައި ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި، އެކަމަނާ ވަނީ އުރަމަތީގެ ކެންސަރު ބަލީގެ ކޭސްތައް މަދު ކުރުމަށްޓަކައި، ބަލި ހުރިކަން އަވަހަށް ދެނެގަތުމަށާއި ފަރުވާގެ ދާއިރާ ފުޅާ ކުރުމަށް ބާރުއަޅުވައްވާ ވަހަކަދައްކަވާފައެވެ. އުރަމަތީގެ ކެންސަރު ބަލި ރާއްޖެ އިން ފެންނަ މިންވަރު އިތުރުވަމުންދާކަން ފާހަގަކުރައްވާ ސާޖިދާ ވަނީ އެ ބަލީގެ ވޭން ތަހައްމަލް ނުކުރާ އާއިލާ އެއް މަދުކަމަށް ފާހަގަކުރައްވާފައެވެ. އަދި އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި، ބޭސްފަރުވާގެ ތަޖުރިބާއާއި، ނަފްސާނީ އެހީތެރިކަމާއި، ޢާންމުންގެ ބައިވެރިވުންވެސް ހިމެނޭނެހެން، ވަށާޖެހެނިވި އުސޫލުތަކެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމުގައި އެކަމަނާ ވަނީ ވިދާޅުވެފައެވެ.

އެ ބަލި މަދުކުރުމަށާއި ހޭލުންތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އެގޮތުން ކުރެވިދާނެ ބައެއް ކަންކަމަށް އެ ކަމަނާ އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި އުމުރުން 40 އަހަރުން މަތީގެ އަންހެނުން، ޤަވާޢިދުން މެމޯގްރާމް ހެދުމާއި ބަލީގެ ޢަލާމާތެއް ހުރިތޯ އަމިއްލައަށް ބަލަންޖެހޭކަންކަން ބެލުން އަދި ސެލްފް އެގްޒަމިނޭޝަން ހެދުމަށް އެކަމަނާ ވަނީ އިލްތިމާސްކުރައްވާފައިވެއެވެ.

މިހާރުވެސް ރާއްޖޭގެ ވަރަށްގިނަ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކީމޯތެރަޕީ ލިބެން ހުރިކަމީ މި ދާއިރާއިން ލިބުނު ކާމިޔާބެއް ކަމަށް ސާޖިދާ ވަނީ ސިފަކުރައްވާފައެވެ. މީގެ އިތުރުން އުރަމަތީގެ ކެންސަރުން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސިއްހީ ޚިދުމަތްދޭ ތަންތަނުން ކުރާ މަސައްކަތް އެ ކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނު ކުރިއަށް ދިޔަ އިފްތިތާހީ ރަސްމިއްޔާތުގައި، އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ރޭޑިއޮލޮޖީ ޑރ. ފާތިމަތު މުފްލިހާ ވަނީ ބަލި ދެނެގަތުމަށް ކުރުން މުހިންމު ކަންކަމަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަތުމަށްޓަކާ މެމޯގްރާމް ހެދުން މުހިންމު ކަމަށް ވަނީ ވިދާޅުވެފައެވެ. އެ ސިމްފޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި އައިޖީއެމްއެޗްގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވަނީ "ފޭސިން ފިއާ، ފައިންޑިން ސްޓްރެންތް: އަންޑަސްޓޭންޑިން ދަ ރޯލް އޮފް ސައިކޮލޮޖިކަލް އޮންކޮލޮޖީ" މި މައުޟޫޢަށް، ނަފްސާނީ ޞިއްޙަތުގެ ދާއިރާއިން އަލިއަޅުވާލައްވާފައެވެ. ހަމައެހެންމެ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ފާމަސޫޓިކަލް މެނޭޖަރު ފާޠިމަތު ލިމްޔާ ވެސް ވަނީ އުރަމަތީގެ ކެންސަރަށް ފަރުވާ ދިނުމުގައި ފާމަސޫޓިކަލް ކަންކަމާ މެދު މައުލޫމާތު ހިއްސާކުރައްވާފައެވެ.

އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަތުމަށް ހޭލުންތެރިކަން އިތުރުކުރުމަށްކުރާ ޤައުމީ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ، އެ ސިމްފޯސިއަމް ކުރިއަށް ގެންގޮސްފައި ވަނީ އެއް ދުވަހުގެ މުއްދަތަކަށެވެ. މި މަހާސިންތާގައި، އުރަމަތީގެ ކެންސަރުން ރައްކާތެރިވުމާއި، ބަލި ދެނެގަތުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމާ ބެހޭގޮތުން ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ތަޖުރިބާކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ

15 ފެބުރުއަރީ 2017
ސިއްހީ ޚިދުމަތްތައް ދޭ ފަރާތްތަކުން މިހާރު ގެންގުޅޭ ސަގާފަތް ބަދަލުކުރަން ޖެހޭ: މިނިސްޓަރ
14 ފެބުރުއަރީ 2017

ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު

14 ފެބުރުއަރީ 2017
ފަނޑިޔާރުންގެ ކުރިމަތީގައި މިހާރު ހެއްކަކީ ޑޮލަރު ބޮނޑި: އިމްތިޔާޒު
12 ފެބުރުއަރީ 2017

ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް

12 ފެބުރުއަރީ 2017
ކަރަންޓުގައި ޖެހެނު ފެނަކައިގެ ދެ މީހުންގެ ހާލު މިހާރު ރަނގަޅު: ހިތަދޫ ހޮސްޕިޓަލް
11 ފެބުރުއަރީ 2017

އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު

11 ފެބުރުއަރީ 2017
އާބާދީގެ ނިސްބަތުން މިހާރު ބޮލަކަށް 140،000 ރުފިޔާގެ ދަރަންޏެއް ޖެހޭ: ޣަފޫރު
08 ފެބުރުއަރީ 2017

ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ

08 ފެބުރުއަރީ 2017
ރާއްޖޭގައި ކެންސަރު ބަލީގެ 8.2 ޕަސެންޓަކީ އުރަމަތީ ކެންސަރު ބަލިމީހުން: މިނިސްޓަރ
16 ޖެނުއަރީ 2017

ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ

16 ޖެނުއަރީ 2017
ކަންކަން ހައްލުކުރެވޭނީ ހަމައެކަނި ރައްޔިތުންގެ އިންޤިލާބަކުން: ޑރ. މުސްތަފާ
15 ޖެނުއަރީ 2017

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
11 ޖެނުއަރީ 2017

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު