Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޕީއެންސީގެ މެމްބަރުން އިޒްރޭލު ޕާސްޕޯޓު މައްސަލަ އަވަސް ކުރުމަށް ގޮވާލުމުން ގިނަ ރައްޔިތުން އެކަން ފާހަގަކުރީ ބޮޑު ޖޯކެއްގެ ގޮތުގައި

ސަރުކާރުގެ މެޖޯރީޓީއެއް އޮތް ކޮމިޓީއެއްގައި އިޒްރޭލް ޕާސްޕޯޓް ޕާކުކޮށްފައި އޮންނަތާ 100ށް ވުރެ ގިނަ ދުވަސްވަނީ ވެފައެވެ. ސަރުކާރުގެ ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީގެ މެމްބަރުން މި ބިލް އަވަސް ކުރުމަށް ގޮވާލުމުން ގިނަ ރައްޔިތުން އެކަން ފާހަގަކުރީ ބޮޑު ޖޯކެއްގެ ގޮތުގައެވެ.

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2024 | ބުދަ 13:22
އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ހުއްޓުވާފަައި ވަނީ ސަރުކާރުގެ މެމްބަރުން

އިޒްރޭލު ޕާސްޕޯޓް މަނާކުރުމުގެ ބިލުގެ މަސައްކަތް ހުއްޓުވާފަައި ވަނީ ސަރުކާރުގެ މެމްބަރުން

ޕީއެންސީން ގޮވާލި ގޮވާލުމަށް އަޅުގަނޑުވެސް ތާއިދު ކުރަމެވެ. އެއީ މުހިއްމު އިލްތިމާސްއެއް ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ. އަދި އެއީ އެއްގޮތަކަށް ވެސް ލަސްކޮށްގެން ވާނެ ކަމެއް ކަމަކަށް އަޅުގަނޑު ވެސް ނުދެކެމެވެ. އަދި އެކަން ލަސްކުރާ މީހުން އެކަން ވަގުތުން ވަގުތަށް ހުއްޓާލާ ވީ އެންމެ އަވަހަކަށް އެކަން ނިންމަ ދޭން ޖެހޭނެ ކަމާމެދު ޝައްކެއް ވެސް ނެތެވެ.

ޕީއެންސީން ގޮވާލާފައިވަނީ ރައްޔިތުންގެ މަޖިލީހުގައި ތާށިވެފައި އޮތް އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލުގެ މަސައްކަތް ވީ އެންމެ އަވަހަކަށް ނިންމައި ދިނުމަށެވެ. ވާނީވެސް އެހެން ނޫންތޯއެވެ. ވެރިކަން ހިންގަނީ ޕީއެންސީގެ ސަރުކާރަކުންނެވެ. ސަރުކާރު ހިންގަވަން ހުރީ ޕީއެންސީގެ ރައީސް އެވެ. ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ރައީސް އަކީ ފަލަސްތީނުގެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދެއްވާ ބޭފުޅެކޭ ކިޔާތީ އިވެއެވެ. މި ސަރުކާރަކީ ފަލަސްތީނުގެ މައްސަލާގައި އާދަޔާ ޚިލާފު ގާތް ކަމެއް ގެންގުޅޭ ސަރުކާރެކޭ ބުނާ އަޑު އަހަމެވެ. ވީއިރު، ސަރުކާރު ހިންގާ ޕާޓީގެ ހައިސިއްޔަތުން އެހެން ގޮވާނުލާންވީ ސަބަބެއް ނެތެވެ. އެކަން ނުވެ އޮތުމުން އެބަދުނާމް އެޅެނީ ރައީސްގެ އިސްތަށިފުޅުގައެވެ. ދެ ފުށް ދެ ގޮތް މީހެކޭ މީހުން ކިޔަނީ ރައީސް އަށެވެ. ބަހާ އަމަލާ ދިމައެއް ނުވެ އޭ ވެސް މީހުން ކިޔަނީ ރައީސް އަށެވެ. ދޮގުހަދާ މީހެކޭ ކިޔަނީވެސް ރައީސް އަށެވެ. ރައީސް ބަދުނާމުވާކަށް ޕީއެންސީއަކުން ބޭނުމެއް ނުވާނެ ނޫންތޯއެވެ.

މިހާ ހިސާބުން ވިސްނާލަން ޖެހުނީ މިކަން ވިޔަނުދީ އުޅޭ ބަޔަކާ މެދުގައެވެ. ބިލު އޮތީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނެވީ އަބްދުއްރަހީމް އަބްދުﷲ އެވެ. ބެލި ބެލުމުން އެގުނީ އެއީ ޕީއެންސީގެ ޗެއަރޕާސަން ކަމެވެ. މަޖިލީހުގެ ޖުމްލަ އަދަދީ 93 ވެ. އެއް ޕާޓީއެއްގައި އެއްމެ ގިނަ މެމްބަރުން ތިބި ޕާޓީގައި ތިބި މެމްބަރުންގެ އަދަދަކީ 73ވެ. އެއީ މަޖިލީހުގެ މެޖޯރިޓީ ޕާޓީއެވެ. ބެލި ބެލުމުން އެގުނީ އެއީ ޕީއެންސީ ކަމެވެ. ދެން ބަލާލަން ޖެހުނީ ބިލު ތާށިވެފައި އޮތް ކޮމިޓީގެ ކޮމްޕޮޒިޝަން އަށެވެ. ބެލި ބެލުމުން އެގުނީ އެ ކޮމިޓީގެ މެޖޯރީ ޕާޓީއަކީ ވެސް ޕީއެންސީ ކަމެވެ. ދެން ބެލީ އޮޕޮޒިޝަން ޕާޓީ އަކީ ކޮބައިކަމެވެ. އުނދަގުލެއް ކުރަންޏާ ކުރަން ތިބީ އެމީހުން ވީމައެވެ. އެކަމަކު އެމީހުންގެ ތިބީ 12 މީހުންނެވެ. ވޯޓެއް ނެގިއަސް، އިހުތިޖާޖެއް ކުރިއަސް، މީ ކަމަކަށް ހުރަސްއެޅޭ ވަރުގެ އަދަދެއް ނޫނެވެ. އަމުދުން އެބުނާ ބިލެއް ހުށަހަޅައިގެން އުޅެނީ ވެސް އެމީހުންނެވެ. އެއީ އެމްޑީޕީއެވެ.

މިހާ ހިސާބުން ހިތުގައި އުފެދުނު ސުވާލަކީ ޕިއެންސީން މި އިލްތިމާސްކުރީ ކޮން ބަޔަކަށްތޯއެވެ. މިކަން ނުކޮށްގެން އުޅެނީ ކޮން ބައެއްތޯއެވެ. މިކަން ނިންމުމުގެ ބާރު އޮތީ ކޮންބައެއްގެ އަތުގައި ތޯއެވެ. ޖަވާބު ކިތައްމެހާ ވެސް ފަސޭހައެވެ. އިލްތިމާސްކުރީ ޕީއެންސީންނެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ ޕީއެންސީ އަތުގައެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސަކީ ޕީއެންސީގެ މެމްބަރުންނެވެ. މެޖޯރިޓީ ލީޑަރަކީ ޕީއެންސީގެ މެމްބަރެކެވެ. ރައީސުލްޖުމްހޫރިއްޔާއަކީ ޕީއެންސީގެ މެމްބަރެކެވެ. ކޮމިޓީގެ މެޖޯރިޓީ ޕާޓީއަކީ ޕީއެންސީއެވެ. މިހާވަރުވީމާ ތަންފުކެއް ބޮޑުވަރޭ މީހަކު ބުނެފާނެ ނޫންތޯއެވެ. އޮޅުވާލަން ތިޔަ އުޅުއްވަނީ ކޮން އެއްޗެއްތޯ އޭ މީހަކު އަހާފާނެ ނޫންތޯއެވެ. ދިވެހި ރައްޔިތުންނަކީ ގުނބޯލުން ކަމަށް ހީވަނީތޯ ބަޔަކު އަހާފާނެ ނޫންތޯއެވެ.

އިޒްރޭލުގެ ޕާސްޕޯޓް މަނާކުރާ ބިލު މަޖިލީހުގައި އޮންނަތާ 128 ދުވަހަށްވުރެ ގިނަ ވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވި ކަމެއް، ބޭނުންފުޅުވި ގޮތަށް، ބޭނުންފުޅުވީ ސްޕީޑެއްގައި، ނިންމަ ދިނުމުގެ ރެކޯޑާއި ހިސްޓްރީ މި މަޖިލީހުގައި އެބަ އޮތެވެ. ވީއިރު އިޒްރޭލުގެ ޕާސްޕޯޓޭ، އިލްތިމާސޭ، ކިޔައިގެން ތިޔަ ދައްކަވަނީ ކޮން ވަހާކައެއްތޯއެވެ. ތިޔަވަރަށް ރައްޔިތުން މޮޔަހައްދަން ނޫޅުއްވާށެވެ. އެއަށް ވުރެ ރައްޔިތުން ހޭލުންތެރިއެވެ. ރައްޔިތުން މިހާރު ތިޔަ ދައްކަވާ ވާހަކައަށް ޖަހަނީ ޖޯކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017
އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

އަދީީބުގެ ފުރާނައިގެ އަގު ކަނޑައެޅުން، ހުރިހާ ވެސް މައްސަލައަކީ ފައިސާ!

12 ޖުލައި 2017
ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

ގަތަރުގެ މައްސަލައަށް އެއްމަސް އަދި ހައްލެއް ނުފެނޭ

07 ޖުލައި 2017
ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

ގަތަރުގެ މައްސަލަ ދުވަހެއް ދުވަހަކަށް ދަނީ ގޯސްވަމުން!

09 ޖޫން 2017
ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

08 ޖޫން 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު