Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ޣައްޒާ އަށް ހޮނިހިރު ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 36 މަރު

ޣައްޒާ އަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 42،175 ށް ވަނީ އަރާފައި

ރާއްޖެ އެމްވީ | 13 އޮކްޓޯބަރު 2024 | އާދީއްތަ 02:09
ނުސެއިރާތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާގައި ޒަޚަމްވި ބައެއް މީހުންނަށް ފަރުވާ ދެނީ

ނުސެއިރާތު ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން ހަމަލާގައި ޒަޚަމްވި ބައެއް މީހުންނަށް ފަރުވާ ދެނީ

ޣައްޒާ އަށް ހޮނިހިރު ދުވަހު އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 36 މީހުން މަރުވެއްޖެއެވެ.

އިޒްރޭލުން ދިން ހަމަލާތަކުގެ ތެރެއިން ނުސައިރާތު ރެފިއުޖީ ކޭމްޕުގައި ހުރި ގެއަކަށް ދިން ހަމަލާއެއްގައި 5 މީހުން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

ވަފާ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި ޣައްޒާގެ މެދު އަދި އުތުރު ސަރަޙައްދުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 11 މީހުން މަރުވެފައިވާކަން ވަނީ ކަށަވަރުވެފައެވެ.

ނުސައިރާތު ރެފިއުޖީ ކޭމްޕުޕުގައި ހުރި މީހުން ދިރިއުޅޭ ގެއަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި 7 މީހުން މަރުވެފައިވާކަން ވަފާއިން ރިޕޯޓުކޮށްފައިވެއެވެ. އޭގެ ކުރިން އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާނީ ނުސައިރާތުގައި ހުރި އަބޫ ދަލާލު އާއިލާގެ ގެއަކަށް ދިން ހަމަލާއެއްގައި މަދުވެގެން 5 މީހުން މަރުވެފައިވާ ކަމަށެވެ.

އުތުރު ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުގެ ސިފައިން ދިން ހަމަލާއެއްގައި މަދުވެގެން 4 މީހުން މަރުވެފައިވެއެވެ. ވަފާގެ ރިޕޯޓުގައިވާ ގޮތުން، ގިނަ އަދަދެއްގެ މީހުން ތިބީ ސީރިއަސް ހާލަތެއްގައި ކަމަށްވުމާއެކު، މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ.

ޖަބާލިޔާ އަށް އިޒްރޭލުން ދިން އެންމެ ފަހުގެ ހަމަލާތަކާ ގުޅިގެން، ކަމާލް އަދުވާން ހޮސްޕިޓަލަށް އަނިޔާވެފައިވާ ފަލަސްޠީން މީހުން އާދިއްތަ ދުވަހަށް އިރު އެރިއިރުވެސް ގެންނަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހޮސްޕިޓަލަށް ޒަޚަމްވެފައިވާ މީހުން ގެންނަމުންދާ އިރު، ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރްސީއެސް) އިން ބުނެފައިވަނީ، އެ ހޮސްޕިޓަލުން ބަލިމީހުން ނެރުމަށް 12 ގަޑިއިރު ދިގު "އުނދަގޫ މިޝަނެއް" ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ޣައްޒާގެ ސިއްހަތާ ބެހޭ މިނިސްޓްރީން ބުނާ ގޮތުގައި، އިޒްރޭލު ސިފައިން ވަނީ ހޮސްޕިޓަލުގެ މުވައްޒަފުންނާއި ބަލިމީހުންނަށް އެތަން ދޫކޮށް ދިއުމަށް އަމުރުކޮށް، އެކަން ނުކޮށްފިނަމަ ހައްޔަރުކުރާނެ ކަމަށް ބުނެ ބިރުދައްކާފައެވެ.

ޣައްޒާގެ ސިއްހަތާ ބެހޭ ވުޒާރާގެ އިސްވެރިޔާ ޑރ. މުނީރު އަލް-ބާޝް، އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި އުތުރު ޣައްޒާގައި އިޒްރޭލު ސިފައިން 8 ދުވަހުގެ މުއްދަތަށް މި ފަހުން ދިން ހަމަލާތަކުގައި މަދުވެގެން 200 މީހުން މަރުވެފައިވެއެވެ.

ޣައްޒާގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 42،175 މީހުން މަރުވެ، 98،336 މީހުން ވަނީ ޒަޚަމްވެފައެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

އިތުރަށް ކިޔާލަން

14 ނޮވެމްބަރު 2025

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި
07 ޖޫން 2025

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް
16 މެއި 2025

ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި

16 މެއި 2025
ހުކުރު ދުވަހު ހެނދުނު ޣައްޒާ ގައި 20 މީހުން ޝަހީދު ކޮށްލައިފި
15 މެއި 2025

ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި

15 މެއި 2025
ބުރާސްފަތި ދުވަހު ޣައްޒާ ގައި 100 ށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި
20 މާރިޗު 2025

އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 

20 މާރިޗު 2025
އަލުން ހަމަލާ ދޭން ފެށި ފަހުން، އިސްރާއީލުން ޣައްޒާގެ 400 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފި 
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު