Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލުބްނާން-އިޒްރޭލް ހަނގުރާމަ

ހިޒްބުﷲ އިން އިޒްރޭލުގެ ހައިފާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ދީފި

11 އޮކްޓޯބަރު 2024 | ހުކުރު 18:41

މިއީ ލުބުނާނުގެ "ސިޓީތަކާއި އަވަށްތަކާއި އާންމު ރައްޔިތުންނަށް" އިޒްރޭލުން ދިން ހަމަލާތަކަށް "ރައްދު ދިނުމުގެ" ގޮތުން ކަމަށް ހިޒްބުﷲ އިން ބުނޭ

ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2024 | ހުކުރު 18:41
ހިޒްބުﷲ ގެ ހަނގުރާމަވެރިއެއް ހަތިޔާރާއެކު

ހިޒްބުﷲ ގެ ހަނގުރާމަވެރިއެއް ހަތިޔާރާއެކު

ލުބުނާނުގެ ހިޒްބުﷲ އިން އިޒްރޭލުގެ ހައިފާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ހަމަލާއެއް ހުކުރު ދުވަހު ދީފި ކަމަށް އެ ޖަމާއަތުން ބުނެފިއެވެ.

ހިޒްބުﷲ އިން މި ހަމަލާ ދިނީ އެ ޖަމާއަތުގެ ބާރުކަނޑުވާލަން ކަމަށް ބުނެ ލުބުނާނުގެ ބެއިރޫތަށް ވައިގެ މަގުންނާ އެއްގަމު މަގުން އިޒްރޭލު ސިފައިން ވަރުގަދަ ހަމަލާތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.

އެ ޖަމާޢަތުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ "ގޮވާ ތަކެތި ލޯޑް ކޮށްފައިވާ ޑްރޯންތަކެއް" ހައިފާގައިވާ އިޒްރޭލުގެ "ވައިގެ ދިފާއީ ކޮމާންޑް ބޭސް" އަކަށް "ވައިގެ ހަމަލާއެއް" ދީފައިވާ ކަމަށެވެ. މިއީ ލުބުނާނުގެ "ސިޓީތަކާއި އަވަށްތަކާއި އާންމު ރައްޔިތުންނަށް" އިޒްރޭލުން ދިން ހަމަލާތަކަށް "ރައްދު ދިނުމުގެ" ގޮތުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އިޒްރޭލުން ހަމަލާދީ ހިޒްބުﷲ ގެ ލީޑަރޝިޕްގެ މުހިންމު ފަރާތްތަކެއް މަރާލާފައި މި ދަނޑިވަޅުގައި, އެ ޖަމާއަތުން ގެންދަނީ ހަނގުރާމައިގެ ސްޓެރެޓަޖީ ބަދަލުކޮށް އިޒްރޭލާއެކު ދިގު މުއްދަތެއްގެ ހަނގުރާމައަކަށް ތައްޔާރުވަމުންނެވެ.

ހިޒްބުﷲ ގެ މުހިންމު ޓާގެޓްތަކަށް އަމާޒު ކޮށް އިޒްރޭލުން ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާތާ ތިން ހަފްތާ ފާއިތުވެފައިވާއިރު، އެ ޖަމާއަތުގެ ބާރު ކުޑަވެފައިވާ ކަމަށް ބެލެވުނު ނަމަވެސް މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ އަދިވެސް އެ ޖަމާޢަތުގެ އަތުގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހަތިޔާރު ހުރިކަމަށެވެ. މީގެ ތެރޭގައި އެންމެ ވަރުގަދަ ޕްރެސިޝަން މިސައިލްތައް ވެސް ހިމެނެއެވެ. މިހާތަނަށް ހަނގުރާމައިގައި މިފަދަ މިސައިލްތައް ބޭނުންކޮށްފައެއް ނުވެއެވެ. އަނެއްކޮޅުން އިޒްރޭލުން ބުނާ ގޮތުގައި އެ ޤައުމުގެ ވައިގެ ހަމަލާތަކުން ހިޒްބުﷲ ގެ ހަތިޔާރު ރައްކާކުރާ ވަރަށް ގިނަ ތަންތަން ވަނީ ހަލާކުވެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ހިޒްބުﷲ ގެ ވެރިޔާ ނަސްރުﷲ އިޒްރޭލުން ހަމަލާދީ މަރާލުމާއެކު 27 ސެޕްޓެމްބަރުގެ ފަހުން، އެ ޖަމާއަތުގެ ކޮމާންޑް އޮޅުންބޮޅުމުގެ ތެރެއަށް ދިޔައެވެ. އެހެންނަމަވެސް 72 ގަޑިއިރު ފަހުން އެ ޖަމާއަތުން އައު "އޮޕަރޭޝަންސް ރޫމެއް" ޤާއިމުކުރި ކަމަށް ހިޒްބުﷲ ގެ ފީލްޑް ކޮމާންޑަރަކާއި އެ ޖަމާއަތުގެ އެހެން މަސްދަރަކާ ހަވާލާދީ އަލް އަރަބިއްޔާ އިން ބުނެފައިވެއެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި
22 ނޮވެމްބަރު 2025

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ
13 ސެޕްޓެމްބަރު 2025

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި
06 ޖޫން 2025

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި
25 ނޮވެމްބަރު 2024

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި
25 ނޮވެމްބަރު 2024

ދެކުނު ލުބުނާނުގައި އިޒްރޭލުގެ 6 ޓޭންކަށް ހަމަލާދީފިކަމަށް ހިޒްބުﷲ އިން ބުނެފި

25 ނޮވެމްބަރު 2024
ދެކުނު ލުބުނާނުގައި އިޒްރޭލުގެ 6 ޓޭންކަށް ހަމަލާދީފިކަމަށް ހިޒްބުﷲ އިން ބުނެފި
23 ނޮވެމްބަރު 2024

ހޮނިހިރު ދުވަހު ބެއިރޫތައް އިޒްރޭލުން ހަމަލާދީ މަދުވެގެން 11 މަރު

23 ނޮވެމްބަރު 2024
ހޮނިހިރު ދުވަހު ބެއިރޫތައް އިޒްރޭލުން ހަމަލާދީ މަދުވެގެން 11 މަރު
23 ނޮވެމްބަރު 2024

ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެ އަމިއްލަ އަށް މަރުވާ އިޒްރޭލު ސިފައިން ގިނަވަނީ

23 ނޮވެމްބަރު 2024
ހަނގުރާމައިގެ ސަބަބުން ނަފްސާނީ ގޮތުން ބަލިކަށިވެ އަމިއްލަ އަށް މަރުވާ އިޒްރޭލު ސިފައިން ގިނަވަނީ
23 ނޮވެމްބަރު 2024

ލުބުނާނުގައި އިޒްރޭލުން ހިންގަމުން ދަނީ "ހަނގުރާމައިގެ ޖަރީމާތަކުގެ ސިލްސިލާ" އެއް: ހެލްތް މިނިސްޓްރީ

23 ނޮވެމްބަރު 2024
ލުބުނާނުގައި އިޒްރޭލުން ހިންގަމުން ދަނީ "ހަނގުރާމައިގެ ޖަރީމާތަކުގެ ސިލްސިލާ" އެއް: ހެލްތް މިނިސްޓްރީ
22 ނޮވެމްބަރު 2024

އިޒްރޭލުގެ ބާރުތަކުން ބުރާސްފަތި ދުވަހު ލުބުނާނުގެ 52 މީހުން މަރާލައިފި

22 ނޮވެމްބަރު 2024
އިޒްރޭލުގެ ބާރުތަކުން ބުރާސްފަތި ދުވަހު ލުބުނާނުގެ 52 މީހުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް