Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްރޭލް ހަނގުރާމަ

އިޒްރޭލުން ބެއިރޫތުގެ މެދުތެރޭގެ ބައިބޯ ސަރަހައްދަކަށް ބޮންއަޅައި، އުތުރު ޣައްޒާގެ ހިޞާރު ހަރުކަށިކޮށްފި

ބެއިރޫތައް ހުކުރުވިލޭރޭ ދިން ހަމަލާގައި މަދުވެގެން 22 މީހުން މަރުވެ، 117 މީހުން ވަނީ ޒަޚަމްވެފައި، ބުރާސްފަތި ދުވަހު އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 63 ފަލަސްތީނު މީހުން ވަނީ މަރުވެފައި

ރާއްޖެ އެމްވީ | 11 އޮކްޓޯބަރު 2024 | ހުކުރު 01:50
އިޒްރޭލުން ބެއިރޫތުގެ މެދުތެރެއަށް ހުކުރުވިލޭރޭ ވަނީ ހަމަލާދީފައި

އިޒްރޭލުން ބެއިރޫތުގެ މެދުތެރެއަށް ހުކުރުވިލޭރޭ ވަނީ ހަމަލާދީފައި

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ މެދުތެރޭގެ ބައިބޯ ސަރަހައްދަކަށް ހުކުރުވިލޭރޭ އިޒްރޭން ބޮން އަޅާ މަދުވެގެން 22 މީހުން މަރުވެ، 117 މީހުން ޒަޚަމްވެއްޖެ ކަމަށް ލުބުނާނުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ބެއިރޫތުގައި ހުރި އަލްޖަޒީރާގެ ނޫސްވެރިޔާ ބުނާ ގޮތުގައި އިޒްރޭލުން އެ ސިޓީގެ މެދުތެރެއަށް ހަމަލާދިނުމާ ގުޅިގެން މުޅި ސަރަހައްދު ބިރުވެރި ކަމުގެ ތެރެއަށް ވެއްޓި ނުތަނަވަސްކަން ފެނިގެން ދިޔައެވެ. މި ހަމަލާގައި އާންމުން ދިރިއުޅޭ ދެ އިމާރާތް ފުނޑުފުނޑުވިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމްވެ، ކަރީގައި ހުރި ހޮސްޕިޓަލްތަކަށް ޒަޚަމްވި މީހުން އެމްބިއުލާންސް ތަކުގައި ގެންދިޔައީ އުފުލަމުންނެވެ.

ހޮސްޕިޓަލްތަކުން އެދިފައިވަނީ މިވަގުތު ލޭ ހަދިޔާކުރުމަށް އެއްވެސް މީހަކު ނައުމަށެވެ. އެއީ މިހާރުވެސް އެތަންތަން ވަރަށް ބޮޑަށް ތޮއްޖެހިފައިވާތީ ކަމަށް ބުނެފައިވެއެވެ. އަމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތް މެޑިކަލް ސެންޓަރުގެ ބޭރުގައި މީހުންތައް ހާސްވެ ތޮއްޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެތަނުގައިވެސް ގެންދަނީ ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންނެވެ. އާންމުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ ބާރުގަދަ ގޮވުންތަކުން މުޅި ސަރަހައްދަށް ބިރުވެރިކަން ފެތުރިގެން ދިޔައެވެ. މީހުން ކޮޅުކޮޅު މައްޗަށް ދުވަމުން ހަޅޭއްލަވަމުން ދިޔަ ކަމަށް މަންޒަރު ދުށް މީހުން ބުނެފައިވެއެވެ.

އަނެއްކޮޅުން އދ.ގެ ސުލްޙަ ބެލެހެއްޓުމުގެ އިސްވެރިޔާ އދ.ގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ލުބުނާނުގައި ތިބި ސުލްޙަ ބެލެހެއްޓާ އޮފިޝަލުން "އިތުރަށް ނުރައްކަލުގެ ތެރެއަށް ވެއްޓިފައިވާ" ކަމަށް ވިދާޅުވެއްޖެއެވެ. އެއީ އިޒްރޭލުގެ ބާރުތަކުން އެ ގައުމުގެ ދެކުނުގައި ހުރި ޔުނިފިލްގެ މަރުކަޒުތަކަށް ހަމަލާދީ، ދެ މީހަކު ޒަޚަމްކޮށްލުމާ ގުޅިގެންނެވެ.

ރޮއިޓަރސްއަށް ސެކިއުރިޓީ ވަސީލަތްތަކުން މައުލޫމާތު ދިން ގޮތުގައި، ރޭގަނޑުގެ ވަގުތުގައި އިޒްރޭލުން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ހިޒްބުﷲ ގެ މަތީ ފަންތީގެ އިސްވެރިއަކަށެވެ.

ހުކުރު ވިލޭރޭ އިޒްރޭލުން ދިން އަނިޔާވެރި ހަމަލާ ޓާގެޓް ކުރީ ހިޒްބުﷲ ގެ އިސް ކޮމާންޑަރެއް ކަމުގައިވާ ވަފީޤް ސަފާ އަށް ކަމަށާއި، އެހެން ނަމަވެސް އޭނާ މި ހަމަލާއިން ސަލާމަތްވެއްޖެކަމަށް ބައެއް މަސްދަރުތަކުން ސްކައި ނިއުސްއަށް މައުލޫމާތު ދީފައިވެއެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާގައި 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ.

މީގެ އިތުރުން އދ. އިން ހިންގި ތަހުގީގަކުން ޣައްޒާގައި ގަސްދުގައި ރާވައިގެން އިޒްރޭލުން ވަނީ އެތަނުގެ ސިއްހީ ވަސީލަތްތަކަށާއި ސިއްހީ އޮފިޝަލުންނަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. ތަހުގީގުގެ އަލީގައި އދ އިން ބުނެފައިވަނީ މިކަންކަމަކީ "ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް" ކަމަށެވެ.

ޣައްޒާ ސްޓްރިޕްގައި ފަރުވާ ނުލިބުމުގެ ސަބަބުން 100،000 އަށްވުރެ ގިނަ ފަލަސްތީނު ބަލިމީހުން މަރުވެފައިވާ ކަމަށާއި، ހޮސްޕިޓަލްތައް ފުނޑުފުނޑުވުމުގެ ސަބަބުން، ފަރުވާ ކުރެވޭނެ ގޮތެއް ނެތި ކިޑްނީގެ މައްސަލަ ހުރި ސަތޭކަ އަށް ވުރެ ގިނަ ބަލިމީހުން މަރުވެފައިވާ ކަމަށާއި، ގާތްގަނޑަކަށް 12،000 ކެންސަރު ބަލީގެ މީހުން އެއްވެސް ބާވަތެއްގެ ފަރުވާއެއް ނުލިބި އަމިއްލައަށް ބައްޔާއި ހަނގުރާމަ ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މެޑިކަލް އޮފިޝަލުންނާ ހަވާލީ އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި ބުރާސްފަތި ދުވަހު އިޒްރޭލުން ޣައްޒާއަށް ދިން ވައިގެ ހަމަލާތަކުގައި 63 ފަލަސްތީނު މީހުން ވަނީ މަރުވެފައެވެ. އެއާއެކު އިޒްރޭލުން ގެންދަނީ ޣައްޒާގެ އުތުރުގެ ސަރަހައްދުތައް ހިޞާރުކޮށްފައި އޮތް އޮތުން އިތުރަށް ހަރުކަށި ކުރަމުންނެވެ. އުތުރުގެ ސަރަހައްދު އިޒްރޭލުގެ އަސްކަރިއްޔާ އިން ހިސޯރުކޮށްގެން އުޅޭތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސް ފާއިތުވެ، އެ ސަރަހައްދުގައި ތިބި ފަލަސްތީނު ރައްޔިތުންނަށް ވަނީ އިންސާނީ ކާރިސާއެއް ކުރިމަތިވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޣައްޒާގައި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ދިން ހަމަލާތަކުގައި މަދުވެގެން 42،065 މީހުން މަރުވެ، 97،886 މީހުން ވަނީ ޒަޚަމްވެފައިވެއެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ ފަލަސްތީން - އިސްރާއީލް ހަމަނުޖެހުން

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

ޣައްޒާގެ ސުލްހައިގެ ޕްލޭން ގަބޫލުކުރުމަށް ޔޫއެން ކައުންސިލަށް ޓްރަމްޕް ގޮވާލައިފި

14 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

ސިފައިންނަށް އަމުރުކޮށްފައި އޮންނަނީ އަރަބިންނަށް އެނބުރި ނާދެވޭ ގޮތައް މުޅި ތަން ފަނާ ކޮށްލަން: އިސްރާއީލުގެ ސިފައިންގެ މީހެއް

07 ޖޫން 2025

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު