Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕައިލެޓެއް މަރުވުން

ޓާކިޝް އެއަރލައިންސްގެ ޕައިލެޓެއް ބޯޓު ދުއްވަން އިންދާ މަރުވެއްޖެ

އަންގާރަ ދުވަހުގެ ގާތްގަނޑަކަށް ހަވީރު 7 ޖަހާއިރު، ވޮޝިންގްޓަންއިން އިސްތަންބޫލް އަށް ކުރި ދަތުރުގެ ކެޕްޓަން، އިލްޗެހިން ޕެހްލިވަން، ސިއެޓަލް (59އ) ބޯޓު ދުއްވަން އިންދާ ފުރަތަމަ ހޭ ނެތުނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނިއުސް ޓީމް
ނިއުސް ޓީމް | 9 އޮކްޓޯބަރު 2024 | ބުދަ 17:02
ކެޕްޓަން، އިލްޗެހިން ޕެހްލިވަން، ސިއެޓަލް (59އ)

ކެޕްޓަން، އިލްޗެހިން ޕެހްލިވަން، ސިއެޓަލް (59އ)

އެމެރިކާއިން ތުރުކީއަށް ދަތުރުކުރަމުންދިޔަ ޓާކިޝް އެއަރލައިންސްގެ މަތިންދާބޯޓެއްގެ ޕައިލެޓެއް ބޯޓު ދުއްވަމުން ދަނިކޮށް މަރުވެއްޖެއެވެ.

އަންގާރަ ދުވަހުގެ ގާތްގަނޑަކަށް ހަވީރު 7 ޖަހާއިރު، ވޮޝިންގްޓަންއިން އިސްތަންބޫލް އަށް ކުރި ދަތުރުގެ ކެޕްޓަން، އިލްޗެހިން ޕެހްލިވަން، ސިއެޓަލް (59އ) ބޯޓު ދުއްވަން އިންދާ ފުރަތަމަ ހޭ ނެތުނީ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާ ހޭނެތުމާ ގުޅިގެން ބޯޓުގެ ކޯ-ޕައިލެޓް ވަނީ ކުއްލި ގޮތަކަށް ބޯޓު ނިއުޔޯކަށް ޖައްސާފައެވެ. ނަމަވެސް، ބޯޓު ނިއުޔޯކުގައި ޖެއްސި އިރުވެސް ކެޕްޓަން ވަނީ މަރުވެފައިކަމަށް ރިޕޯޓުތައް ބުނެއެވެ.

އޭނާ މަރުވި ސަބަބެއް އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާ އާއި ގުޅިގެން ޓާކިޝް އެއަރލައިންސްގެ ތަރުޖަމާނު، ޔަހްޔާ އުސްތުން، އެކްސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ކެޕްޓަން ހޭނެތުމާ ގުޅިގެން ބޯޓުގެ ކްރޫއިން ވަގުތުން އިމަރޖެންސީ ފަރުވާ ދިން ނަމަވެސް، އެ މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ.

2007ން ފެށިގެން ޓަރކިޝް އެއަރލައިންސްގައި މަސައްކަތްކުރަމުން އައި 59 އަހަރުގެ ޕައިލެޓް، މާރިޗު މަހު މެޑިކަލް އެގްޒެމިނޭޝަނެއް ހަދާފައިވެއެވެ. ނަމަވެސް، އެ އެގްޒެމިނޭޝަނުން އެއްވެސް ޞިއްޙީ މައްސަލައެއް ހުރިކަމަށް ފާހަގަވެފައެއް ނުވެއެވެ.

ޓަރކިޝް އެއާލައިނު

އިތުރަށް ކިޔާލަން

29 އޯގަސްޓު 2021

އިނގިރޭސިވިލާތަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއަށް އަފްޣާނުގެ މީހަކު ވިހައިފި

29 އޯގަސްޓު 2021
އިނގިރޭސިވިލާތަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއަށް އަފްޣާނުގެ މީހަކު ވިހައިފި
12 މާރިޗު 2018

ކަތަމަންޑޫއަށް ޖައްސަނިކޮށް ރަންވޭއިން ކައްސާލި ބޯޓުން މަރުވި މީހުންގެ އަދަދު 49 އަށް

12 މާރިޗު 2018
ކަތަމަންޑޫއަށް ޖައްސަނިކޮށް ރަންވޭއިން ކައްސާލި ބޯޓުން މަރުވި މީހުންގެ އަދަދު 49 އަށް
12 މާރިޗު 2018

ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުނު ބަންގްލަދޭޝްގެ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 39 އަށް އަރައިފި

12 މާރިޗު 2018
ކަތަމަންޑޫ އެއާޕޯޓަށް ޖައްސަން އުޅުނު ބަންގްލަދޭޝްގެ ބޯޓު ވެއްޓުމުގެ ހާދިސާގައި މަރުވި މީހުންގެ އަދަދު 39 އަށް އަރައިފި
06 ޖެނުއަރީ 2018

ޓޮރޮންޓޯ އެއަރޕޯޓްގައި ދެ މަތިންދާ ބޯޓެއް ޖެހި އެއް ބޯޓުން މީހުން ބާލަން ޖެހިއްޖެ

06 ޖެނުއަރީ 2018
ޓޮރޮންޓޯ އެއަރޕޯޓްގައި ދެ މަތިންދާ ބޯޓެއް ޖެހި އެއް ބޯޓުން މީހުން ބާލަން ޖެހިއްޖެ
27 ސެޕްޓެމްބަރު 2017

ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ

27 ސެޕްޓެމްބަރު 2017
ސައުދީގައި އަންހެނުން އެއްގަމު އުޅަނދު ދުއްވަން ހުއްދަ ކުރަން ނިންމުމުން ޓްރަމްޕް މަރުހަބާ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު