Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުދިވެހި ފިލްމް ބިބީ

ބިބީ ވެގެން ދިޔައީ ދުވަސްކޮޅަކަށް ފަހު ސިނަމާ އަށް ތާޒާކަމެއް ގެނެސްދިން ފިލްމަކަށް

ފިލްމުގެ މަންޒަރުތައް ގެގުމުގައި ގެންގުޅެފައިވާ ގޮތާއި، އެކްޓިން އަދި ވީއެފްއެކްސް އަށް ވެސް އާއްމުން ވަނީ ތައުރީފްކޮށްފައެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 އޮކްޓޯބަރު 2024 | އަންގާރަ 15:08
ބިބީގެ ޕޯސްޓަރ

ބިބީގެ ޕޯސްޓަރ

ބިބީ ވެގެން ދިޔައީ ދުވަސްކޮޅަކަށް ފަހު ސިނަމާ އަށް ތާޒާކަމެއް ގެނެސްދިން ފިލްމަކަށެވެ.

ޑާކްރެއިން އެންޓަޓެއިންމަންޓުގެ "ބިބީ" ހޯމަ ދުވަހުގެ ރޭ ޕްރިމިއަރ ކުރި އިރު ފިލްމް ވެގެން ދިޔައީ ހެއްވާ މަޖާ އެހެނަސް ނޭވާ ހިފަހައްޓާލަން ޖެހޭ ފަދަ ބިރު ވެރި ވަގުތުތައް ވެސް ފެނިގެން ދިޔަ މަސްހުނި ފިލްމަކަށެވެ. މި ފިލްމަކީ މަޝްހޫރު ޕްރެޒެންޓަރ (އާރްޖޭ) ޝަހުދާ މަހްމޫދުގެ ފިލްމެއް ބޮޑު ސްކްރީނުން ފެންނަ ފުރަތަމަ ފަހަރެވެ. ރާއްޖެ އެމްވީ އާއި ވާހަކަދައްކަމުން ޝަހޫ ބުނީ އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ ފިލްމްގެ ކެރެކްޓަރ ބިލްޑްކުރުމަށް ކަމަށެވެ. އަދި ފިލްމްގެ ޕްރޮޑަކްޝަންއަކީ ހިތްގައިމު ތަޖުރިބާއެއް ކަމަށް ފާހަގަކުރަމުން އޭނާ ވަނީ މި ފިލްމާއި މެދު ކުރެވޭ އުންމީދުތައް ވަރަށް ފޮނިކަމަށް ފާހަގަކޮށްފައެވެ.

ޑާކްރެއިންގެ ފުރަތަމަ ހޮރޯ ކޮމެޑީ ޖޯންރާ އަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ ޝަހުދާގެ ފުރަތަމަ ފީޗާ ފިލްމުވެސް މެއެވެ. ޝަހުދާގެ ފިރިމީހާ އަދި މަގްބޫލް އެކްޓަރ ޝަރަފް އަބްދުﷲ އަކީ މި ފިލްމްގެ މައި ބަތަލެވެ. ޝަރަފް ބުނާ ގޮތުން މި ފިލްމްގައި އޭނާ އަށް އެންމެ ތަފާތުކަމަށް ވީކަމަކީ ފިލްމްގެ ޕްރޮމޯޝަން އަށް ނެށުމެވެ. އަދި މި ފިލްމަކީ އޭނާ ކުރިން ފެނުނު ކެރެކްޓަރތަކައި ތަފާތު ކެރެކްޓަރ އެއް ފެނިގެންދާ ފިލްމެއްކަން ޝަރަފު ފާހަގަކުރިއެވެ.

ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެދާ މަރިޔަމް މަޖުދާ (މަޖޫ) ބުނި ގޮތުގައި އޭނާ އަށް ވެސް މިއީ ވަރަށް ތަފާތު ތަޖުރިބާއެކެވެ. އެކްޓަރެއްގެ ހައިސިއްޔަތުން އޭނާ އަށް ތަފާތު ދައްކާލަން ފުރުސަތު ލިބުނުކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. މަޖޫގެ އިތުރުން ފިލްމުގައި ފެނިގެންދާ މަޤްބޫލް ބަތަލާ ޝީލާ ނަޖީބު ވަނީ މި ފިލްމްގައި އޭނާ ކުޅުނު ރޯލަކީ ކުރިން ދުވަހަކުވެސް ނުފެންނަ ފަދަ ރޯލެއް ކަމަށް ބުނެފައެވެ. އަދި އޭނާގެ ކެރެކްޓަރ އޮރިޖިނަލް ގޮތަކަށް ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާ ކަމަށް ޝީލާ ވަނީ ބުނެފައެވެ.

ފިލްމުން ދެން ފެންނަ ތަރިންގެ ތެރޭގައި އަހުމަދު ސައީދު އަބްދުﷲ ޝާފިއު، މަލްފަދަ ފަންނާނުން ހިމެނެއެވެ. ފިލްމާއި މެދު އާއްމުންގެ ފީޑްބެކް ވަރަށް ފުރިހަމައެވެ. ފިލްމުގެ މަންޒަރުތައް ގެގުމުގައި ގެންގުޅެފައިވާ ގޮތާއި، އެކްޓިން އަދި ވީއެފްއެކްސް އަށް ވެސް އާއްމުން ވަނީ ތައުރީފްކޮށްފައެވެ.

ޑާކް ރެއިން އެންޓަރޓެއިންމަންޓްދިވެހި ފިލްމް ބިބީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2023

ފިލްމު "ނޮވެމްބަރު"، ޑިސެމްބަރުގައި ނުކުތް ނަމަވެސް ކުރާނެ ޝަކުވާއެއް ނެތް، އެއަށް ވުރެ ފިލްމު މާ ރީތި!

07 ޑިސެމްބަރު 2023
ފިލްމު "ނޮވެމްބަރު"، ޑިސެމްބަރުގައި ނުކުތް ނަމަވެސް ކުރާނެ ޝަކުވާއެއް ނެތް، އެއަށް ވުރެ ފިލްމު މާ ރީތި!
16 ސެޕްޓެމްބަރު 2022

އާޝާގެ އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި، ޑާކްރެއިންގެ "ލޮލަކަށް ނިންޖެއް ނާދޭ" ރިލީޒްކޮށްފި

16 ސެޕްޓެމްބަރު 2022
އާޝާގެ އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި، ޑާކްރެއިންގެ "ލޮލަކަށް ނިންޖެއް ނާދޭ" ރިލީޒްކޮށްފި
23 މާރިޗު 2017

ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު

23 މާރިޗު 2017
ފަސް އަހަރަށް ފަހު ސަލްމާނާއި ކެޓްރީނާ ކުޅޭ ފިލްމުގެ ފުރަތަމަ މަންޒަރު
20 މާރިޗު 2017

ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟

20 މާރިޗު 2017
ޑްރޭކަށް ފަހު ޖޭލޯ އެލެކްސް ރޮޑްރިގެޒްއާ އެކު؟
13 މާރިޗު 2017

ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި

13 މާރިޗު 2017
ދެވީގެ އުނދަގޫ ބޮޑުވެގެން ބްރެޒިލްގެ ރައީސް ރަސްމީ ގަނޑުވަރުން ނުކުންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު