Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ފިލްމާއި މިޔުޒިކްހިނދުކޮޅެއް ފިލްމްގެ ލަވައެއް ރިލީޒްކުރުން

އާޝާގެ އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި، ޑާކްރެއިންގެ "ލޮލަކަށް ނިންޖެއް ނާދޭ" ރިލީޒްކޮށްފި

އެ ލަވަ ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 16 ސެޕްޓެމްބަރު 2022 | ހުކުރު 10:48
ފިލްމީ ތަރި އާޝާ

ފިލްމީ ތަރި އާޝާ

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ފީޗާ ފިލްމު "ހިނދުކޮޅެއް"ގެ ލަވަ، "ލޮލަކަށް ނިންޖެއް ނާދޭ" ރިލީޒްކޮށްފިއެވެ.

އެ ލަވަ ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހު، ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައެެވެ.

ލޮލަކަށް ނިންޖެއް ނާދޭ މި ލަވައިން ފެނިގެން ދަނީ ހިނދުކޮޅެއް ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ޝަރަފް ޢަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ)، މި ދެ ފަންނާނުންނެވެ. ހުކުރު ދުވަހު އެ ލަވަ ރިލީޒްކޮށްފައި ވަނީ އާޝާގެ އުފަންދުވަހުގެ މުނާސަބަތާއި ގުޅުވައިގެން ޑާކްރެއިންގެ ފަރާތުން ދިން ހަދިޔާއެއްގެ ގޮތުގައެވެ. "ހިނދުކޮޅެއް"ގެ ތަޖުރިބާ އާއި މެދު ވާހަކަދައްކަމުން އާޝާ ވަނީ މި ފިލްމަށްޓަކާ އޭނާ ވަރަށް ގިނަ ގުރުބާނީތައް ވެފައިވާނެ ކަމަށް ފާހަގަކޮށްފައެވެ. އަދި ޑާކްރެއިންގެ ކޮންމެ މަސައްކަތަކީ ވެސް ޗެލެންޖިން މަސައްކަތެއް ކަަމަށް އޭނާ ވަނީ ބުނެފައެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަޝްފާ އަދި ހުސެއިން ތައުފީގް ކިޔާދީފައިވާ މި ލަވަ އަކީ އީސާ ޝަރީފްގެ ޅެމަކަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ. މި ލަވަ ޔޫޓިއުބް އަށް ރިލީޒްކޮށްފައި ވަނީ ހުކުރު ދުވަހު މެންދުރެވެ.

"ހިނދުކޮޅެއް"ގެ ފަސްޓް ލުކް ނެރެފައިވަނީ މި އަހަރުގެ މާރޗް މަހުގެ ތެރޭގައި މޯޝަން ޕޯސްޓަރެއްގެ ގޮތުގައެވެ.

ޢާއިޝަތު ފުއާދު އާއި އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ "ހިނދުކޮޅެއް" މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. އަޙްމަދު ޠަލާލް ލިޔެފައިވާ ވާހަކަ އަކަށް ތައްޔާރުކުރާ މި ފިލްމަކީ ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. މި ފިލްމުން ރަވީ ފާރޫގާއި މަޖުދާ (މަޖޫ) ފަދަ މަޝްހޫރު ތަރިން ފެނިގެންދާނެއެވެ.

ޑާކް ރެއިން އެންޓަރޓެއިންމަންޓް

އިތުރަށް ކިޔާލަން

08 އޮކްޓޯބަރު 2024

ބިބީ ވެގެން ދިޔައީ ދުވަސްކޮޅަކަށް ފަހު ސިނަމާ އަށް ތާޒާކަމެއް ގެނެސްދިން ފިލްމަކަށް

08 އޮކްޓޯބަރު 2024
ބިބީ ވެގެން ދިޔައީ ދުވަސްކޮޅަކަށް ފަހު ސިނަމާ އަށް ތާޒާކަމެއް ގެނެސްދިން ފިލްމަކަށް
07 ޑިސެމްބަރު 2023

ފިލްމު "ނޮވެމްބަރު"، ޑިސެމްބަރުގައި ނުކުތް ނަމަވެސް ކުރާނެ ޝަކުވާއެއް ނެތް، އެއަށް ވުރެ ފިލްމު މާ ރީތި!

07 ޑިސެމްބަރު 2023
ފިލްމު "ނޮވެމްބަރު"، ޑިސެމްބަރުގައި ނުކުތް ނަމަވެސް ކުރާނެ ޝަކުވާއެއް ނެތް، އެއަށް ވުރެ ފިލްމު މާ ރީތި!
30 މެއި 2018

ސުނީތާގެ އުފަންދުވަހު އޭނާގެ އަޑުން މަދަހައެއް

30 މެއި 2018
ސުނީތާގެ އުފަންދުވަހު އޭނާގެ އަޑުން މަދަހައެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު