Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ނޮވެމްބަރު ފިލްމް

ފިލްމު "ނޮވެމްބަރު"، ޑިސެމްބަރުގައި ނުކުތް ނަމަވެސް ކުރާނެ ޝަކުވާއެއް ނެތް، އެއަށް ވުރެ ފިލްމު މާ ރީތި!

ނޮވެމްބަރުގެ ޓިކެޓް ހޯދަން ބޭނުންވާ ފަރާތްތަކުން އޮލިމްޕަސް ޓިކެޓް ކައުންޓަރުން ނުވަތަ 9911229 އަށް ގުޅުމުން ލިބޭނެ

އަޙްމަދު ސަދޫފް މޫސާ
އަޙްމަދު ސަދޫފް މޫސާ, ރާއްޖެ އެމްވީ | 7 ޑިސެމްބަރު 2023 | ބުރާސްފަތި 10:15
ޑާކް ރެއިން އެންޓަޓައިންމެންޓުގެ ނޮވެމްބަރު ފިލްމް

ޑާކް ރެއިން އެންޓަޓައިންމެންޓުގެ ނޮވެމްބަރު ފިލްމް

ވަރަށް ދުވަސްވީ އިންތިޒާރެއްގެ ނިމުމެވެ. އެހެން ނަމަވެސް، އެ އިންތިޒާރު އަބަދަކު "ހިތި" ނުވާނެކަން ދައްކުވައިދޭ އެއް ހެއްކަކީ ޑާކް ރެއިން އެންޓަޓެއިންމެންޓް އިން ނެރުނު ނޮވެމްބަރު ފިލްމެވެ. ޑިސެމްބަރުގައި ނުކުތެއް ކަމަކު، ފިލްމާ މެދު ކުރާނެ ޝަކުވާއެއް ނެތެވެ. އޮތްހާ ވެސް އެއްޗަކީ ތައުރީފެވެ.

މި ފިލްމު ޙާއްޞަވާ ސަބަބުތައް ބައިވަރެވެ. ފިލްމުގެ ޝޫޓިން ނިމުނުތާ ތިން އަހަރު ފަހުން ސްކްރީނުގައި އެ ފިލްމު އެޅުވުން އެއީ އެއް ސަބަބެވެ. ފިލްމު ބަލާލަން ކެތްމަދުވެފައި ތިބި ސަޕޯޓަރުންނަށް އެ ފިލްމު ޙާއްޞަވާ އެއް ސަބަބަކީ އެއީއެވެ. ޔަގީނުން ވެސް، ތިން އަހަރުގެ އިންތިޒާރުން މާޔޫސް ކަމެއް ނުގެނުވިއެވެ. ގެނުވީ ރީތި ފިލްމެއް ބަލާލެވުނު ކަމުގެ ހިތްހަމަ ޖެހުމެވެ.

ދެން ހުރި ސަބަބުތަކެވެ. މި ފިލްމަކީ ޑާކް ރެއިން އިން ގެނައި އެންމެ އަގުބޮޑު ފިލްމަށް ވީއިރު، މި ފިލްމަކީ ރާއްޖޭގެ ފިލްމަކުން، ބޭރު އެހެން ގައުމެއްގެ ރީތިކަން ދައްކުވައިދޭ ފިލްމެކެވެ. އާންމުކޮށް ރާއްޖޭގެ ބައެއް ފިލްމުތައް އަވައްޓެރި ލަންކާގައި ޝޫޓުކޮށް ހެދި ނަމަވެސް، މި ފިލްމު އެ ފިލްމުތަކާ ތަފާތުވާ އެއް ސަބަބަކީ އެއީއެވެ. ނޮވެމްބަރުގެ ބޮޑުބައެއް، ޝޫޓްކޮށްފައިވަނީ ސިންގަޕޫރުގައެވެ.

އެގޮތުން ސިންގަޕޫރުގެ ރީތި އަދި ނަލަ މަންޒަރުތައް ދައްކުވައިދޭއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ގުދުރަތީ، ރީތި މަންޒަރުތައް ވެސް މި ފިލްމުން ދައްކުވައިދެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ އަދި ލ. މާންދޫގެ ރީތި މަންޒަރުތަކާއި އަދި މާލެ އަތޮޅުގެ ރީތި މަންޒަރުތައް ވެސް މި ފިލްމުން ދައްކުވައިދެއެވެ.

ދެން އޮތީ ނޮވެމްބަރުގެ އެންމެ ޚާއްސަ ސަބަބެވެ. އެ ފިލްމުގެ މައިގަނޑު ތިން ތަރިންނެވެ. ސައިޑް ރޯލެއްގެ ގޮތުގައި ރާއްޖޭގެ ނަން މަޝްހޫރު، އަދި ހުނަރުވެރި އެކްޓަރު އިސްމައީލް ވަޖީހް ފެނުނު ނަމަވެސް، ވަޖީހު ހިމަނައިގެން މައިގަނޑު ތިން ތަރިން ގުނަނީ ސަބަބުތަކެއް ހުރީމައެވެ.

އެގޮތުން އައިޝަތު ފުވާދު އަދި އަޙްމަދު ތޮލާލުގެ މި ވާހަކައިގެ މައްޗަށް، ވަޖީހުގެ މުޅި ކެރެކްޓާ ބިނާކޮށްފައި އޮތީ، ވަރަށް ދުވަސްފަހުން ދިވެހިންނަށް ފިލްމަކުން ފެނުނު ވަޖީހު އަށް ޚާއްސަކޮށެވެ. އަދި އެ ފިލްމުގެ އެންމެ މުހިންމު ދެތަރިން ކަމަށްވާ މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލްގެ ލޯބީގެ ވާހަކައިގެ މުހިންމު ހިއްސާއަކަށް އަދި ހިއްސާދާރަކަށް ވެސް ވަޖީހު ވުމަކީ ވެސް އެއް ސަބަބެވެ.

ފިލްމަށް ބަލާއިރު، މި ފިލްމަކީ ލޯބީގެ ދުނިޔެއެއްގައި ހިނގާ އެކި ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. ތަފާތު އިހުސާސުތަކެއް ދައްކުވައިދޭ އަދި ގެނުވައިދޭ ފިލްމެކެވެ. ބައެއް ފަހަރު އުފަލެވެ. އަނެއް ފަހަރު ސުވާލުމާކެވެ. އަނެއް ފަހަރު ދެރައެވެ. ބައެއް ފަހަރު ރުޅި ވެސް މެއެވެ.

އެ ހުރިހާ ކަމަކާ އެކު ފިލްމުން ދައްކުވައިދެނީ، އެ ލޯބީގެ ދުނިޔޭގައި ދިރިއުޅުމެއް ހޯދުމަށް މަސައްކަތް ކުރަމުން ދިޔަ ދެ މީހެކެވެ. އެއީ އެ މައިގަނޑު ދެ ތަރިން ކަމަށްވާ މަޖުދާ އަދި ޖުމައްޔިލު އެވެ. އަދި އެ ދިރިއުޅުމުގެ ތެރޭގައި ދިމާވާ ކަންކަމެވެ. އެންމެ ހީނުކުރާ ކަންކަން ވެސް ހިމެނޭ ގޮތުންނެވެ.

މުޅި ފިލްމަކީ ލޯބީގެ ފިލްމަކަށްވީ ނަމަވެސް، އެ ފިލްމުން ގިނަ ވާހަކަތަކެއް، ފިލާވަޅުތަކެއް އަދި އިބުރަތްތަކެއް ވެސް ގެނެސްދެއެވެ. އެންމެ މުހިންމު ކަމަކަށް، އުންމީދަކީ ގެއްލުވާލަންޖެހޭ އެއްޗެއް ނޫން ކަން އެ ފިލްމުން އެކަނި ވެސް ސާބިތުކޮށްދެއެވެ. ފިލްމުގެ ވާހަކައިން އަދި މުޅި ފިލްމުގެ މަސައްކަތުން ވެސް އެކަން ފެނެ އެވެ. އެކަމަށް، އެ ފިލްމުގެ މުޅި ޓީމަށް ހަމަ ސާބަހެވެ. ފިލްމަށް ހަމަ 100 އެވެ.

ޑާކް ރެއިން އެންޓަރޓެއިންމަންޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ބިބީ ވެގެން ދިޔައީ ދުވަސްކޮޅަކަށް ފަހު ސިނަމާ އަށް ތާޒާކަމެއް ގެނެސްދިން ފިލްމަކަށް

ބިބީ ވެގެން ދިޔައީ ދުވަސްކޮޅަކަށް ފަހު ސިނަމާ އަށް ތާޒާކަމެއް ގެނެސްދިން ފިލްމަކަށް

08 އޮކްޓޯބަރު 2024
އާޝާގެ އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި، ޑާކްރެއިންގެ "ލޮލަކަށް ނިންޖެއް ނާދޭ" ރިލީޒްކޮށްފި

އާޝާގެ އުފަންދުވަހު ހަދިޔާއެއްގެ ގޮތުގައި، ޑާކްރެއިންގެ "ލޮލަކަށް ނިންޖެއް ނާދޭ" ރިލީޒްކޮށްފި

16 ސެޕްޓެމްބަރު 2022
ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް

ފޮށިތަކެއް ގުނި ނަމަވެސް ނަތީޖާ ބަދަލުވާ ވަރުގެ ކަމެއް ނެތް: އިލެކްޝަންސް

12 މެއި 2017
މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

މޭޑޭގައި ނުކުތް ހާލަތު ބަދަލެއް ނުވޭ، އަލުން ސަފުތައް ރުކުރުވާލަންޖެހޭ: އަމީން

01 މެއި 2017
މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

މަގުމަތީން ފުލުހުން ނުފެނުނު ނަމަވެސް ހާއްސަ އޮޕަރޭޝަން ދަނީ ކުރިއަށް: ޕޮލިސް

29 އެޕްރީލު 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު