Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑޮޕްލަރ ވެދަރ ރާޑަރު ބޭނުންކުރުން

ގިނަ ދުވަސްތަކަކަށްފަހު ޑޮޕްލަރ ވެދަރ ރާޑަރު އަލުން ބޭނުން ކުރަން ފަށައިފި

ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2024 | ހޯމަ 09:50
ޑޮޕްލަރ ވެދަރ ރާޑަރު

ޑޮޕްލަރ ވެދަރ ރާޑަރު

މޫސުމާބެހޭ ގައުމީ އިދާރާއިން ބޭނުންކުރާ ޑޮޕްލަރ ވެދަރ ރާޑަރު މަރާމާތު ކުރުމަށްފަހު އަލުން ބޭނުން ކުރަން ފަށައިފިއެވެ.

ހޯމަ ދުވަހު މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ޑޮޕްލަރ ވެދަރ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ނުކުރެވި ގިނަ ދުވަސްތަކަކަށްފަހު މަރާމާތުކޮށް އާދިއްތަ ދުވަހު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މި ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުން ކުރެވޭ ފަދަ އެންމެފަހުގެ ޓެކްނޮލޮޖީ ބޭނުން ކުރާ ރާޑަރެއްކަން ފާހަގަކޮށް އެއިދާރާއިން ބުނީ މިރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެ ތެރޭގައި ހިނގާ މޫސުމާބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށެވެ. މިރާޑުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި، ވާރޭވެހެމުންދާ ބޯމިން ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި ބާރުމިން ފަދަ މައުލޫމާތުތައް ބަލާލެވި، ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާ ކުރެވޭ ވަގުތު (ނައުކާސްޓިންގ) ދެނެގަނެވޭނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ. އަދި އެކި ފަށަލަތަކުގައި ޖެހޭ ވައިގެ މައުލޫމާތު ދެނެގަނެވޭނެއެވެ.

މީގެ އިތުރުން އެއިދާރާއިން ބުނީ، މިއީ މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރި ކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މައުލޫމާތުތަކަށް ވާނެ ކަމަށެވެ.

މިރާޑަރ ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭ ގޮތަކަށް މަރާމާތުކުރުމާއި، ރާޑަރ ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ އުތުރާއި ދެކެނުގައި ވެސް ރާޑަރ ބަހައްޓާ މޫސުން ބެލުމާއި، ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާކަން އެއިދާރާއިން ފާހަގަކޮށްފައިވެއެވެ.

ނަމަވެސް ޑޮޕްލަރ ވެދަރ ރާޑަރަށް ދިމާވީ ސީދާ ކޮން މައްސަލައެއް ކަމާއި، އެ ރާޑަރު ބޭނުންނުކުރާތާ ކިހައި ދުވަހެއްވިކަން މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިނުވެއެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.

މެޓް އޮފީސްމޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސްމޫސުން

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
28 ނޮވެމްބަރު 2025

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ
27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު