Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުން ގޯސްވުން

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

ބޯކޮށް ވާރޭވެހި، ގަދައަށް ވައިޖެހުމުގެ ސަބަބުން ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 17 އޮކްޓޯބަރު 2025 | ހުކުރު 08:11
ބޯކޮށް ވާރޭވެހި، ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ

ބޯކޮށް ވާރޭވެހި، ފެން ބޮޑުވުމުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ

ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.

ހުކުރު ދުވަހު މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ރާއްޖޭގެ ސަރަހައްދަށް އަދިވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައި ބާރުވުމާއި އެކު ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ހުކުރު ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހާ ހަަމައަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ލަފާކުރާ ގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.

އެ އިދާރާއިން ބުނީ، ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށާއި، ރާޅުގެ އުސްމިން 4 ނުވަތަ 7 ފޫޓަށް އުފުލޭނެ ކަމަށެވެ.

މީގެ އިތުރުން މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހުކުރު ދުވަހުގެ ހެނދުނު 9:30ން މެންދުރުފަހު 3:30ށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރިފައެވެ.

ބޯކޮށް ވާރޭވެހި، ގަދައަށް ވައިޖެހުމުގެ ސަބަބުން ބައެއް ރަށްތަކަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ. ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަންނަމުންދާތީ، އާއްމު ރައްޔިތުންނާއި، ފުލުހުންނާއި، ކައުންސިލް ގުޅިގެން ވެލި ބަސްތާ ޖެހުމުގެ މަސައްކަތާއި، ރަށު ތެރެއިން ފެން ހިންދުމުގެ މަސައްކަތް ކޮށްފައިވެއެވެ.

މޫސުން ގޯސްވެ ބައެއް ރަށްތަކަށް ގެއްލުން ލިބުން
މޫސުން ގޯސްވެ ބައެއް ރަށްތަކަށް ގެއްލުން ލިބުން

ހުޅަނގު މޫސުމުގެ ބާރުގަދަވެފައިވާއިރު، ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކަނޑުމަތީގެ ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފައެވެ. ބުރާސްފަތި ދުވަހު މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ހަތް މީހުންނާ އެކު ދަތުރު ކުރަމުން ދިޔަ "އަލްމާކް ފިޔަ" ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ތިން މީހަކު ގެއްލުނެވެ. ދެމީހެއްގެ ހަށިގަނޑު މަރުވެފައި އޮއްވާ ވަނީ ހޯދާފައެވެ. އަދިވެސް އެކަކުގެ ހަށިގަނޑު ފެނިފައިނުވެއެވެ. އަދި މާލެއިން ޅ. ނައިފަރަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް ވެސް ވަނީ އަޑިއަށް ގޮސްފައެވެ. އެ ބޯޓުގައި ތިބި ތިބި ފަސް ފަޅުވެރިން ކޯސްޓުގާޑުގެ އެހީތެރިކަމާއެކު ވަނީ ސަލާމަތްކޮށްފައެވެ.

މޫސުން ގޯސްވެ، ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގާތީވެ، މިދުވަސްވަރު ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް ކަމާގުޅުންހުރި އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސްމޫސުން ގޯސްވުންމޫސުން

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ
27 ނޮވެމްބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
16 އޮކްޓޯބަރު 2025

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހޯދި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

16 އޮކްޓޯބަރު 2025
ކޮޅުވެއްޓި ބަންޑުން ޖަހާލުން: ހޯދި އިތުރު މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު