Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސުން

މުޅި ރާއްޖޭގެ މޫސުން ގޯސް، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށް

27 ނޮވެމްބަރު 2025 | ބުރާސްފަތި 10:05

މާލެއަށް 77.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމާލެ 29.1 މިލިމީޓަރުގެ ވާރޭ ވެހިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 27 ނޮވެމްބަރު 2025 | ބުރާސްފަތި 10:05
މާލޭގައި ފެންބޮޑުވެފައި --

މާލޭގައި ފެންބޮޑުވެފައި --

މުޅި ރާއްޖޭގެ މޫސުން އޮތް 24 ގަޑިއިރު ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް ހުކުރު ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެން ވާ ކަމަށެވެ.

Advertisement - newsAdvertisement

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ، ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ބާރުވުން އެކަށީގެން ވާ ކަމަށެވެ. އަދި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، ރާޅުގެ އުސްމިނުގައި 6 ނުވަތަ 3 ފޫޓު ހުންނާނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މުޅި ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ، ބުރާސްފަތި ދުވަހު ހެނދުނު 9:00ށް މެންދުރު 2:00ށް ވައިޓް އެލަރޓް ކ.އަތޮޅުން ފެށިގެން ގދ. އަތޮޅަށް ނެރިފައިވާއިރު، މެންދުރުފަހު 2:00ށް ރޭގަނޑު 8:00ށް ބ.އަތޮޅުން ލ.އަތޮޅަށް ވަނީ ވައިޓް އެލަރޓް ވަނީ ނެރިފަ އެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ ހުރިހައި ފަރާތްތަކުން ޚާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.

މީގެ އިތުރުން މޫސުމާ ބެހޭ ގައުމީ އިދާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ބުދަ ދުވަހު އެންމެ ބޯކޮށް ވާރޭ ވެހުނީ މާލެ އަށެވެ. މާލެއަށް 77.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، ހުޅުމާލެ 29.1 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

މާލެއަށް ފަހު އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ކ. ދިއްފުށްޓަށެވެ. އެ ރަށަށް 76.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އަދި އދ. މާމިގިއްޔަށް 66 މިލިމީޓަރުގެ ވާރޭ ވެހުނުއިރު، ހުޅުލެ އަށް 57.9 މިލިމީޓަރުގެ ވާރޭ ވެހިފަ އެވެ.

މުޅި ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލެއަށް ބޯކޮށް ވާރޭވެހި ގެތަކަށް ފެންވަދެ ގެއްލުންތައް ލިބިފައިވާއިރު، އަތޮޅުތެރޭގެ ރަށްތަކަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފަ އެވެ.

މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސަރވިސަސްމޫސުން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

28 ނޮވެމްބަރު 2025

ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ

28 ނޮވެމްބަރު 2025
ތޫފާން "ޑިޓުވާ" ދަތުރު ކުރަމުން ދަނީ ރާއްޖެއާ ދުރަށް، އެކަމަކު ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ
23 އޮކްޓޯބަރު 2025

ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ

23 އޮކްޓޯބަރު 2025
ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖެއަށް ވަރަށް ވައިގަދަވާނެ، ރާޅުގެ އުސްމިން 8 ފޫޓަށް އުފުލޭނެ: މޫސުމާ ބެހޭ ގައުމީ އިދާރާ
17 އޮކްޓޯބަރު 2025

ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ

17 އޮކްޓޯބަރު 2025
ހޯމަ ދުވަހާ ހަމައަށް މޫސުމް ވަރަށް ބޮޑަށް ގޯސްވާނެ، ސަމާލުވޭ
15 އޮކްޓޯބަރު 2025

މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

15 އޮކްޓޯބަރު 2025
މުޅި ރާއްޖޭގެ މޫސުން ގޯސްވެ، ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި
14 އޮކްޓޯބަރު 2025

މޫސުމާ ބެހޭ އޮފީހުގެ އިރުޝާދަށް ވެރިމީހާ ބެލުމެއް ނެތެވެ އެކަމަކު އާންމު މީހާ އެއަށް ތަބާ ވާން ޖެހެއެވެ!

14 އޮކްޓޯބަރު 2025
މޫސުމާ ބެހޭ އޮފީހުގެ އިރުޝާދަށް ވެރިމީހާ ބެލުމެއް ނެތެވެ އެކަމަކު އާންމު މީހާ އެއަށް ތަބާ ވާން ޖެހެއެވެ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
04 އޯގަސްޓު 2025

ކަނޑުދަތުރފަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފި

04 އޯގަސްޓު 2025
ކަނޑުދަތުރފަތުރު ކުރާ އިރު ސަމާލުވުމަށް އިލްތިމާސްކޮށްފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
05 ޖޫން 2025

އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

05 ޖޫން 2025
އަޟްހާ އީދު ބަންދަށް މޫސުން ރަނގަޅު، ބަންދު ނިމޭއިރު މޫސުން ވަރަށް ބޮޑަށް ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
27 ޖެނުއަރީ 2025

މުޅި ރާއްޖެއަށް މޫސުން ގޯސް، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ

27 ޖެނުއަރީ 2025
މުޅި ރާއްޖެއަށް މޫސުން ގޯސް، މެދުރާއްޖެތެރެއަށް މާ ބޮޑަށް މޫސުން ގޯސްވާނެ: މޫސުމާބެހޭ ގައުމީ އިދާރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް