Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް މުއިއްޒު ހައްދަވާ ދޮގުތައް

ރައީސް މުއިއްޒު ހައްދަވާ ދޮގުތައް ތެދަށް ބަދަލުކުރުމަށް މި ސަރުކާރުގެ ބޭފުޅުން ދަނީ މަސައްކަތް ކުރަމުން: މެމްބަރު އަހުމަދު ދީދީ

މި ވެރިކަމަށް އަހަރުވާންދާއިރު، އަދިވެސް މަސައްކަތް ކުރަނީ މަކަރާއި ހިލާތުން ރައްޔިތުންނަށް އޮޅުވާލުމަށް

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޮކްޓޯބަރު 2024 | ހޯމަ 06:59
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު

ހަގީގަތް ހާމަކުރާ ނޫސްވެރިންނަށް ބިރު ދައްކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހައްދަވާ ދޮގުތައް ތެދަށް ބަދަލުކުރުމަށް މިސަރުކާރުގެ ބޭފުޅުން މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގައި މަޑުމަޑުން ހުރިހާ ދިމާލެއްގައި ހުދުމުހުތާރުގެ ސިފަތައް ޖެހެމުންދާ ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގިނަ ދޮގުތަކެއް ހެއްދެވުމަށްފަހުކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިހާރު އެދޮގުތައް ތެދަށް ހެދުމަށް މިސަރުކާރުގެ ބޭފުޅުން މަސައްކަތް ކުރާ ކަމަށާއި، ކިތަންމެ ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ދޮގެއް ތެދަކަށް ނުހެދޭނެ ކަމަށެވެ. މި ވެރިކަމަށް އަހަރުވާންދާއިރު، އަދިވެސް މަސައްކަތް ކުރަނީ މަކަރާއި ހިލާތުން ރައްޔިތުންނަށް އޮޅުވާލުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައްޔިތުން އުންމީދާއެކު ރައީސް މުއިއްޒަށް ވޯޓު ދިން ނަމަވެސް މިހާރު އެއުންމީދެއް ނެތް ކަމަށެވެ. އަދި މިއަދު 2018 ވަނަ އަހަރު ރާއްޖެއަށް ލިބުނު އެމްޑީޕީ ވެރިކަމާއި، މިވެރިކަމާ ރައްޔިތުން އަޅާ ކިޔާ ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ރައްޔިތުންނަށް ލިބުނު އުފާވެރިކަން މިއަދު ނުލިބޭ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މެންބަރު އަހުމަދު ދީދީ ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް ދެއްކެވި ވާހަކަފުޅުތަކާއި، މިއަދު އަމަލުތަކާއި ދިމާނުވުމުން އެކަންކަން ނޫސްވެރިން ރިޕޯޓު ކުރާނެ ކަމަށާއި، އެކަންކަން އެމަނިކުފާނަށް ބަލައިނުގަނެވޭ ކަމަށެވެ. މިސަރުކާރުން ނޫސްވެރިންނަށް ބިރުދެއްކުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރައްވައި މެންބަރު އަހުމަދު ދީދީ ވިދާޅުވީ މިއީ ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ނޫސްވެރިންނަކީ ކަންތައްތައް ހޯދާ ބަލާ ދިރާސާކޮށް އެކަންތައްތައް އާއްމު ރައްޔިތުންނަށް ހާމަކުރާ ބައެއް ކަމަށެވެ. ނޫސްވެރިން އެމީހުންގެ ޒިންމާ އަދާކުރާނެ ކަމަށާއި، ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް މަސައްކަތް ކުރި ނަމަވެސް އެކަންކަން ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މެންބަރު އަހުމަދު ދީދީ ވިދާޅުވީ ސަރުކާރުގެ ކަންކަން ހާމަކުރާ ކޮންމެ މީހަކަށް ފިއްތުންތައް ކުރިމަތި ކުރުވަމުންދާ ކަމަށެވެ. އެއީ ސަރުކާރާ އިދިކޮޅު އަމަލެއްގެ ގޮތުގައި ސިފަ ކުރަމުން ގެންދާ ކަމަށް މެންބަރު އަހުމަދު ދީދީ ވިދާޅުވިއެވެ.

މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

29 ޖޫން 2025

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް
28 ޖޫން 2025

ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި

28 ޖޫން 2025
ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި
30 ޖެނުއަރީ 2025

މަޤާމުން ވަކިކުރުމުން ފައިސަލްގެ ބަޔާނެއް - ވަކިކުރި ސަބަބާއި މެދު އެއްޗެއް ވިދާޅެއް ނުވި

30 ޖެނުއަރީ 2025
މަޤާމުން ވަކިކުރުމުން ފައިސަލްގެ ބަޔާނެއް - ވަކިކުރި ސަބަބާއި މެދު އެއްޗެއް ވިދާޅެއް ނުވި
29 ޖެނުއަރީ 2025

ރައީސް މުއިއްޒު ހިންގެވި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މިނިވަން މުއައްސަސާތައް ގޮށްމުށުގެ ތެރެއަށް ލެއްވުން: މެންބަރު އަހުމަދު ދީދީ

29 ޖެނުއަރީ 2025
ރައީސް މުއިއްޒު ހިންގެވި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ މިނިވަން މުއައްސަސާތައް ގޮށްމުށުގެ ތެރެއަށް ލެއްވުން: މެންބަރު އަހުމަދު ދީދީ
13 ޑިސެމްބަރު 2024

ރައީސް މުއިއްޒު ވަޒީރުންނަށް އިތުބާރު ނުކުރައްވާ، މިފަދަ ސަރުކާރެއްގައި ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ނުދެވޭނެ: މެންބަރު އަހުމަދު ދީދީ

13 ޑިސެމްބަރު 2024
ރައީސް މުއިއްޒު ވަޒީރުންނަށް އިތުބާރު ނުކުރައްވާ، މިފަދަ ސަރުކާރެއްގައި ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ނުދެވޭނެ: މެންބަރު އަހުމަދު ދީދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު