Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް 20

ރައީސް އަމީންއަށް ވީގޮތް ރައީސް މުއިއްޒުއަށް ވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް މަޖިލީހަށް ހުށަހަޅައިފި

މިއީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ކުށެއް ކަމަށްވާތީ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި މިކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާފައިވޭ

ނާޒުމީ ސައީދު
ނާޒުމީ ސައީދު, ރާއްޖެ އެމްވީ | 10 ޑިސެމްބަރު 2024 | އަންގާރަ 06:39
20 ވަނަ މަޖިލީހުގެ މެމްބަރުން

20 ވަނަ މަޖިލީހުގެ މެމްބަރުން

ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންއަށް ވީގޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ވެދާނެ ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން) އެކި އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ، މިލަންދޫ ދާއިރާގެ ސަރުކާރުގެ މެމްބަރު ޙަސަން މުފީދު ޢަބްދުލްޤާދިރެވެ.

އަންގާރަ ދުވަހު ހުށަހެޅުނު މި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒަކީ، ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ރައްޔިތުންގެ ތަނަވަސް އަޣްލަބިއްޔަތަކުން އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ މަޤާމު ނިމޭނެ ހާލަތު ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ސާފުކޮށް ބަޔާން ކޮށްފާވާއިރު، ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް، ރައީސް މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދި ގޮތް ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީ އެމްޑީޕީން އެކި އެކި ޕޯޑިއަމްތަކުގައި ވާހަކަ ދައްކާފައިވާތީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) ގައި ސީދާ ގޮތުން ނުވަތަ ނުސީދާގޮތުން ވިއަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ.

އަދި އެ މާއްދާގެ (ށ) ގައި ހިތްވަރު ދިނުން މަނާ ކޮށްދީފައިވާ، މަނާ ކުރުމަށް ބަލާއިރު، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމަށް ނުވަތަ މަގުފަހިކުރުވާ ކަމެއް ކަމަށް އާއްމުންގެ ބަޔަކަށް ފެންނަ ފެނުން ކަން އިނގޭއިރު ރައީސް މުއިއްޒަށް ހަދަން ޖެހޭނީ އަމީނަށް ހެދިގޮތް ކަމަށް ބުނެ ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރުދީ ދައްކާފައިވާ ވާހަކަތަކަކީ ވަކި ސިޔާސީ ފިކުރެއް ކުރިއެރުވުމަށްޓަކައި އަދި އާއްމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް އަދި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުމުގެ މަގުސަދުގައި ދައްކާފައިވާ ވާހަކަތަކެއް ކަމަށްވާތީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި ކުށެއް ކަމަށްވާތީ، މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި މިކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވާލާ ރައްޔިތުންގެ މަޖިލީހުގެ 192 ވަނަ މާއްދާގެ ދަށުން ކުއްލި މައްސަލަ ހުށަހަޅާ ކަމަށެވެ.

މި މައްސަލާގެ ބަހުސްގައި ސަރުކާރަށް ނިސްބަތްވާ ގިނަ މެމްބަރުން ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ކަމާ ގުޅުން ހުރި އިދާރާތަކުން މި މައްސަލަ ބަލާ ތަހުގީގުކުރުމަށް ގޮވާލާފައިވެއެވެ.

ކުޅުދުއްފުށީގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކި މިހާ ބުނެފައިވަނީ، " މުހައްމަދު އަމީން ކުޅުނީ ދުންފަތާ ކަމަށާއި، މީނާ މިކުޅެނީ ޤާނޫނުއަސާސީއާއި ކަމަށާއި، އެހެން އެޅެނިކޮށް ކެއްސެއް ލިބިދާނެ" ކަމަށެވެ. އެވާހަކަތަކާ ގުޅުވައި އެމްޑީޕީން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވީ، ކުޅުދުއްފުށީ ޕޯޑިއަމްގައި އެ ބޭފުޅަކު އެހެން އެ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް މިހާރު އެ ހުންނެވި ރައީސް ޑރ. މުއިއްޒުއަށް ނަސޭހަތުގެ ގޮތުގައި ކަމަށެވެ.

މަޖިލިސް20ރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރުއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

ޑީބީއެމްގެ މަސައްކަތް ފަށަން ޖެހޭ ތާރީހު ފަހަނައަޅައިފި، މަސައްކަތް ފެށޭނެ ދުވަހެއް ވަޒީރު ސާފުކޮށެއް ނުދެއްވާ!

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު