Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕީއެންސީގެ ރިޔާސީ ޓިކެޓު

"2028ގެ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް މުއިއްޒު، ޕްރައިމަރީ އެއް ނުބާއްވާނެ"

ޕީއެންސީގެ އަސާސީ ޤަވާއިދުގެ ދަށުން ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ ރައީސްކަމުގައި ހުންނެވި މުއިއްޒު އަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2024 | އާދީއްތަ 05:53
ރައީސް ޑރ.މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ބައްދަލުކުރެއްވުން

ރައީސް ޑރ.މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމާއި ބައްދަލުކުރެއްވުން

2028ގެ ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކީ ރައީސް ޑރ.މުހައްމަދު މުއިއްޒު ކަމަށާއި ރިޔާސީ އިންތިޚާބަށް ޕީއެންސީގެ ޕްރައިމަރީ އެއް ނުބާއްވާނެ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އެ ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ގުޅޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަބްދުއްރަހީމް ވަނީ އެކަން އެގޮތަށް ކުރައްވަނީ ޕީއެންސީގެ އަސާސީ ޤަވާއިދުގެ ދަށުން ރިޔާސީ ޓިކެޓް ލިބިވަޑައިގަންނަވާނީ ރައީސްކަމުގައި ހުންނެވި މުއިއްޒު އަށް ކަމަށް ވާތީ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އެކަން އެގޮތަށް ހިނގާނީ ރައީސް މުއިއްޒު ދެވަނަ ވެރިކަމަށް ކުރިމަތިލާން ބޭނުންވެވަޑައިގަންނަވާ ހާލަތުގައެވެ. އެ ހާލަތުގައި ޕްރައިމަރީ އަށް ކުރިމަތިލާން އެހެން ބޭފުޅުން ތިއްބެވިއަަސް އެކަމަށް ފުރުސަތު ނުލިބޭނެކަން އަބްދުއްރަހީމްގެ ވާހަކައިން ދޭހަވެއެވެ.

Advertisement - newsAdvertisement

ނޫސްވެރިންގެ ސުވާލުތަަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވަނީ ރާއްޖޭގެ ވެރިކަން ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް ވިދާޅުވެފައެވެ. އެއީ އެއްވެސް އިރެއްގައި ގެންގުޅުއްވި ވިސްނުމެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެ ވިސްނުން ނުގެންގުޅުއްވާނެ ކަަމަށް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވަނީ ރައީސް މުއިއްޒު އާއި އެ މަނިކުފާނާއި މެދު ޚިޔާލުތަފާތުވުންތައް އޮތް ކަމަށާއި ސިޔާސީ ނުތަނަވަސްކަން ބޮޑުވެފައިވާ ކަމަށް ތުހުމަތުކޮށް ދެކެވޭ ވާހަކަތައް ވެސް ދޮގުކުރައްވާފައެވެ. މި ވެރިކަމުގެ ކުރިން ވެސް ރައީސް މުއިއްޒު އާއި އެ މަނިކުފާނާއި ދެމެދު ގާތް ގުޅުމެއް އޮންނަކަމަށް ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ އެ ގުޅުން މިހާރުވެސް ބަދަހިވަމުންކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ރައީސްކަމަށް އަބްދުއްރަހީމްގެ ނަން ރައީސް މުއިއްޒު ހުށަހެޅުއްވުމަކީ އެ ގާތް ގުޅުމުގެ ހެއްކެއް ކަމަށް އަބްދުއްރަހީމް ސިފަކުރެއްވިއެވެ.

2023 ވަނަ އަހަރު ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ފަހު ވަގުތު އެހެން ގޮތެއް ނެތުމުން ކަމަށް ޕީޕީއެމް ޕީއެންސީން އައީ ބުނަމުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް އަބްދުﷲ ޔާމީނަށް ޕްރައިމަރީއަކީ ނުލާ ހަވާލުކުރުމުގައިވެސް އިސްކޮށް ހުންނެވީ އަބްދުއްރަހީމެވެ. މިކަން މިގޮތައް ކުރެއްވި ނަމަވެސް އޭނާ ފަހުން ވިދާޅުވީ، މުއިއްޒު ވެރިކަމަށް ގެނައުމަށް މާކުރިން ރޭވުންތައް ރާވާފައިވާނެ ކަމަށެވެ.

އަބްދުއްރަހީމް އަބްދުﷲރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

މާކުރިން ހިސާބު ޖަހައިގެން މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އަބްދުއްރަހީމް ޕީއެންސީ ބޮޑު ޖަލްސާގައި ބާކީ ވެފައި!

މާކުރިން ހިސާބު ޖަހައިގެން މުޢިއްޒު ވެރިކަމަށް ގެންނަން މަސައްކަތް ކުރި އަބްދުއްރަހީމް ޕީއެންސީ ބޮޑު ޖަލްސާގައި ބާކީ ވެފައި!

15 ނޮވެމްބަރު 2025
ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

06 ނޮވެމްބަރު 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި

ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި

28 ޖޫން 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު