Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެމްބަރުން އަޅުވެތިވުން

މެމްބަރުން ތިބީ ރައީސް މުއިއްޒުގެ ބިރަށް އަޅުވެތިވެގެން، ރައީސްގެ ކިބައިން ލަނޑެއް ނުލިބޭ މީހަކު ނެތް - ހުސައިން މުހައްމަދު ދީދީ

އޭނާ ވަނީ މި ސަރުކާރުން ވެރިކަމަށް އައިސް މެމްބަރުންނަށް ބިރު ދައްކަމުންދާ ކަމަށް ފާހަގަކުރައްވާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 ނޮވެމްބަރު 2024 | ހޮނިހިރު 10:49
އެމްޑީޕީ ހަރުގެ ޖަލްސާގެ ތެރެއިން

އެމްޑީޕީ ހަރުގެ ޖަލްސާގެ ތެރެއިން

މެމްބަރުން ތިބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ބިރަށް އަޅުވެތިވެގެންކަމަށާއި، ރައީސްގެ ކިބައިން ލަނޑެއް ނުލިބޭ މީހަކު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކު މެދު ދާއިރާގެކުރީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އެމްޑީޕީ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އޭނާ ވަނީ މި ސަރުކާރުން ވެރިކަމަށް އައިސް މެމްބަރުންނަށް ބިރު ދައްކަމުންދާ ކަމަށް ފާހަގަކުރައްވާ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވަނީ މެމްބަރުން ތިބީ މެމްބަރުން ބޭނުންވާ ގޮތަށް ލިބިދާނެ ވަޒީފާއަކަށް އަދި އެ ނޫންވެސް ފައިދާ އަކަށް ވިސްނާފައި އަޅުވެތިވެގެން ކަމަށް ފާހަގަކުރައްވާފައެވެ. އެއީ ލަދުވެތިކަމެއް ކަމަށާއި މެމްބަރުން ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރުމަކީ ރައްޔިތުން މާޔޫސްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން ބަޖެޓްގައި ހުރި ކަންކަން ވެސް ފުވައްމުލަކަށް ނުކޮށްދެއްވޭ ކަމަށާއި އެހެންކަމުން މި ސަރުކާރަށް ނިސްބަތްވާ މެމްބަރުންނަށް ފުވައްމުލަކުގެ ނަން ބޭނުންކޮށްގެން ސަރުކާރަށް ސަނާކިޔެން ނެތް ކަަމަށް އޭނާ ވިދާޅުވިއެވެ. މިހާރު ސަރުކާރުން ހަދާ ދޮގުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށާއި މި ސަރުކާރު އޮތީ ދޮގުން ޓެކްސް ނަގާ ހިސާބުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މި ސަރުކާރު އައިސް ވިޔަފާރިތައް ފުނޑާލާފައިވާ ކަމަށެވެ. ރައްޔިތުން މަޖިލީހުން ފާސްކޮށް ގާނޫނު އަސާސީއަށް ގެނައި އިސްލާހުތަކަކީ، ރައްޔިތުންނަށާއި، ގައުމަށް ވަރަށް މުހިންމު އިސްލާހުތަކެއް ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އެކަމަށް އިޝާރާތްކުރައްވާ އޭނާ ވިދާޅުވީ ރައްޔިތުންގެ ފަޅީގައި ރައީސް ހުންނެވި ނަމަ ހުރިހާ އެންމެންނަށް ގެއްލުންވާ ގޮތަށް އަމަލުކުރާ ސަބަބާއި މެދު ސުވާލު އުފެދޭ ކަމަށެވެ. މިހާރު ދާ ގޮތަށް ވެރިކަން ދާނަމަ އިންވެސްޓަރުން ވެސް ކުރިއަށް އޮތްތަނުގައި ރާއްޖެ ނާންނާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. މި ސަރުކާރުގެ އެއްވެސް ހަމައެއް ލަމައެއް ނެތް ކަމަށާއި، ކަންކަން ނިންމުމުގައި ވެސް ހަރުދަނާކަމެއް ނެތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 1 އޮކްޓޯބަރ 2024ން ފެށިގެން ކޮންމެ ރިސޯޓަކަށް އަންނަ ކޮންމެ މެހެމާނަކަށް 500 އެމެރިކާ ޑޮލަރު ރާއްޖޭގެ ބޭންކަކަށް މާރު ކުރަން މަޖުބޫރު ކުރުމާއެކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެ ގަވައިދާ އެކު ރިސޯޓުތައް ހިންގުމަށް ބޮޑެތި ދަތިތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދިއެކަމުގެ ނޭދެވޭ އަސަރު މުވައްޒަފުންނަށް ކުރާނެ ކަމަށް ރިސޯޓު އޮޕަރޭޓަރުންނާއި، ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން ބުނަމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މެންބަރު ޙުސައިން މުޙައްމަދުދީދީރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރު

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

"ފުލުހުން އަމަލު ކުރަމުންދާ ގޮތުން، ޖައްބާރު ވެރިކަމަކަށް ފުރުސަތު ލިބޭ."

05 އޮކްޓޯބަރު 2025
"ފުލުހުން އަމަލު ކުރަމުންދާ ގޮތުން، ޖައްބާރު ވެރިކަމަކަށް ފުރުސަތު ލިބޭ."
29 ޖޫން 2025

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް
28 ޖޫން 2025

ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި

28 ޖޫން 2025
ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި
30 ޖެނުއަރީ 2025

މަޤާމުން ވަކިކުރުމުން ފައިސަލްގެ ބަޔާނެއް - ވަކިކުރި ސަބަބާއި މެދު އެއްޗެއް ވިދާޅެއް ނުވި

30 ޖެނުއަރީ 2025
މަޤާމުން ވަކިކުރުމުން ފައިސަލްގެ ބަޔާނެއް - ވަކިކުރި ސަބަބާއި މެދު އެއްޗެއް ވިދާޅެއް ނުވި
10 ޑިސެމްބަރު 2024

ރައީސް އަމީންއަށް ވީގޮތް ރައީސް މުއިއްޒުއަށް ވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް މަޖިލީހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2024
ރައީސް އަމީންއަށް ވީގޮތް ރައީސް މުއިއްޒުއަށް ވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް މަޖިލީހަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު