Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްރޭލު ހަނގުރާމަ

އިޒްރޭލުން އަނެއްކާވެސް ދެކުނު ލުބުނާނަށް ބޮން އަޅައިފި

އާދިއްތަ ދުވަހުގެ ރޭގެ ހަމަލާތަކުގައި 12 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައި

ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2024 | ހޯމަ 02:01
ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް އޮކްޓޯބަރު 6، 2024 ގައި އިޒްރޭލުން ބޮންއެޅުމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު

ބެއިރޫތުގެ ދެކުނުގެ ސަރަހައްދަކަށް އޮކްޓޯބަރު 6، 2024 ގައި އިޒްރޭލުން ބޮންއެޅުމުގެ ސަބަބުން ރޯވެފައިވާ އަލިފާންގަނޑު

އިޒްރޭލުން އަނެއްކާވެސް ދެކުނު ލުބުނާނަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ހޯމަވިލޭރޭ ދީފިއެވެ.

އިޒްރޭލުގެ ސިފައިން ލުބުނާނުގެ ދެކުނަށް ވައިގެ މަގުން ހުއްޓުމެއްނެތި ބޮމުގެ ހަމަލާތައް ދޭތާ ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވަނީ ފާއިތުވެފައެވެ.

އާދިއްތަ ދުވަހުގެ ރޭވެސް ބެއިރޫތުގައި، އިޒްރޭލުގެ ހަނގުރާމަ މަތީ މަތިންދާބޯޓުތަކުން އެކި ސަރަހައްދުތަކަށް ވަނީ ހަމަލާދީފައެވެ. މީގެ ތެރޭގައި ދާހިޔާ ސަރަހައްދުގެ ގޭސް ސްޓޭޝަނަކަށްވެސް ވަނީ ބޮންއަޅާފައެވެ. މިހާދިސާގައި މަރުވި މީހުންގެ އަދަދެއް އެނގިފައެއް ނުވެއެވެ.

އިޒްރޭލުގެ ސިފައިން އާދިއްތަ ދުވަހު ބޮންއެޅި ތަންތަނުގެ ތެރޭގައި ލުބުނާނުގެ މެދުތެރޭގައި އޮންނަ ގަމަތިޔާ އާއި ކޭފޫން ހިމެނެއެވެ.

އާދިއްތަ ދުވަހުގެ ރޭގެ ހަމަލާތަކުގައި 12 މީހުން މަރުވެފައިވާ ކަމަށް ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނެއެވެ. މި ހަމަލާތަކުގައި 20ށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އިޒްރޭލުން ބުނާގޮތުގައި މިފަހަކަށް އައިސް މިދޭ ހަމަލާތަކުގެ އަމާޒަކީ ހިޒްބުﷲގެ ހަތިޔާރު ރައްކާކުރާ ތަންތަނާއި އަސްކަރީ ވަސީލަތްތައް ކަމުގައެވެ.

ލުބުނާނުގެ ސިއްހީ ވުޒާރާއިން ހުކުރު ދުވަހު ބުނެފައިވަނީ ފާއިތުވި އޮކްޓޯބަރު މަހުން ފެށިގެން އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި 127 ކުދިންނާއި 261 އަންހެނުން ހިމެނެއެވެ.

ލުބުނާނުގެ ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވެފައިވަނީ އެ ގައުމުގެ ސިއްހީ ނިޒާމު ވަނީ ފުނޑުފުނޑުވެފައި ކަމަށެވެ.

އިޒްރޭލުން ބެއިރޫތައް ބާރުގަދަ ބޮން އަޅަމުން ދިޔުމުގެ ސަބަބުން ލުބުނާނުގެ އިޤްތިޞާދަށް ވަރަށް ބޮޑު ގެއްލުމެއް ލިބި، ގިނަ އަދަދެއްގެ މީހުން ވަނީ ވަޒީފާ ގެއްލިފައެވެ. އަދި ގިނަ އަދަދެއްގެ މީހުން ވަނީ ގެދޮރު ގެއްލި، ހިޖުރަކުރަން މަޖުބޫރުވެފައެވެ.

ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ މި ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ. ނަމަވެސް މިހާތަނަށް މި މަސައްކަތްތަކުން އެދެވޭ ނަތީޖާއެއް ނުނެރެވެއެވެ.

ލުބުނާނުގެ ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އެހީތެރިކަމަށް އެދިފައެވެ. އަދި އިޒްރޭލުގެ މި ހަމަލާތަކަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ މުޅިން ޚިލާފު އަމަލުތަކެއް ކަމަށް ބުނެފައިވެއެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު