Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލުބުނާން-އިޒްރޭލު ހަނގުރާމަ

ލުބުނާނަށް ބޮން އަޅަމުން ދަނިކޮށް ހިޒްބުﷲ އިން އިޒްރޭލަށް ވަރުގަދަ ހަމަލާއެއް ދީފި

އިޒްރޭލުގެ ދިފާއީ ނިޒާމު ފޫއަޅުވާލުމަށްފަހު މަދުވެގެން 5 ރޮކެޓް ސިޓީއަށް ވާސިލްވި ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ. މި ޙަމަލާގައި މަދުވެގެން އިޒްރޭލުގެ 10 މީހުން ވަނީ ޒަޚަމްވެފައި

ރާއްޖެ އެމްވީ | 7 އޮކްޓޯބަރު 2024 | ހޯމަ 01:26
އޮކްޓޯބަރ 7، 2024 ގައި ހިޒްބުﷲ އިން އިޒްރޭލުގެ ހައިފާ އަށް ފޮނުވާލި ރޮކެޓެއް ވެއްޓުނު ސަރަހައްދު އިޒްރޭލުގެ އޮފިޝަލުން ޗެކްކުރަނީ

އޮކްޓޯބަރ 7، 2024 ގައި ހިޒްބުﷲ އިން އިޒްރޭލުގެ ހައިފާ އަށް ފޮނުވާލި ރޮކެޓެއް ވެއްޓުނު ސަރަހައްދު އިޒްރޭލުގެ އޮފިޝަލުން ޗެކްކުރަނީ

ލުބުނާނުގެ ހިޒްބުﷲ އިޒްރޭލުގެ ހައިފާ އަށް ވަރުގަދަ ރޮކެޓް ހަމަލާތަކެއް ދީފިއެވެ. މިކަމުގެ ސަބަބުން އިޒްރޭލުން ހިފާފައިވާ މި ސިޓީގައި ނުތަނަވަސްކަމާއި، ހަލަބޮލިކަން އުފެދި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އާދީއްތަ ދުވަހުގެ ރޭ އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުން ގިނަ އަދަދެއްގެ ރޮކެޓް ހައިފާ ޕޯޓް ސިޓީއަށް އަމާޒުވެފައިވާކަން ކަށަވަރުކޮށްދީފައެވެ. އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ދެކުނު ލުބުނާނުން މަދުވެގެން 15 ރޮކެޓް ހަމަލާ ވަނީ ފަލަސްޠީނުން އިޒްރޭލުން ހިފާފައިވާ ސަރަޙައްދުތަކަށް ފޮނުވާފައެވެ.

އިޒްރޭލުގެ ދިފާއީ ނިޒާމު ފޫއަޅުވާލުމަށްފަހު މަދުވެގެން 5 ރޮކެޓް ސިޓީއަށް ވާސިލްވި ކަމަށް އަލްޖަޒީރާ އިން ބުނެފައިވެއެވެ. މި ޙަމަލާގައި މަދުވެގެން އިޒްރޭލުގެ 10 މީހުން ވަނީ ޒަޚަމްވެފައެވެ.

އަދި ހައިފާގައި ހުރި ރެސްޓޯރަންޓަކަށް ސީދާ ޙަމަލާއެއް އަމާޒުވެފައިވާކަމުގެ ރިޕޯޓުތަކެއްވެސް ވަނީ ލިބިފައެވެ. އުތުރުގައި އޮންނަ ޓައިބީރިއަސް ސިޓީގައިވެސް ސައިރަންގެ އަޑު އިވެމުންދިޔަ ކަމަށް ޚަބަރުތައް ބުނެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން އިތުރަށް ބުނެފައިވަނީ 15 ރޮކެޓް ފާހަގަކުރެވުމާ ގުޅިގެން އަޕަރ ގަލީލީ ސަރަޙައްދުގައި ރައްކާތެރިވުމަށް އިޒްރޭލު ރައްޔިތުންނަށް އިންޒާރު ދީފައިވާނެ ކަމަށެވެ.

ހިޒްބުﷲ ބުނެފައިވަނީ އިޒްރޭލުގެ އަސްކަރީ މަރުކަޒަށް އަމާޒުކޮށްފައިވަނީ ފާދީ-1 މިސައިލްތަކުން ކަމަށާއި، މި ޙަމަލާ ދީފައިވަނީ އިޒްރޭލުން ލުބުނާން އާއި ފަލަސްތީނުގެ އާންމު ރައްޔިތުންނަށް ދޭ އަނިޔާއާއި ހިންގާ ޖަރީމާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށެވެ.

މީގެ ކުރިން އާދީއްތަ ދުވަހު، ހިޒްބުﷲ ވަނީ ހައިފާގެ އުތުރުގައި ހުރި އަސްކަރީ މަރުކަޒަކަށް ޑްރޯން ޙަމަލާއެއް ދީފައެވެ.

ލުބުނާނަށް ހުއްޓުމެއް ނެތި އިޒްރޭލުގެ ފައިޓަރ ޖެޓްތަކުން ހަމަލާތައް ދެމުން ދިޔަ ނަމަވެސް، ހިޒްބުﷲ އިން ގެންދަނީ އުތުރު އިޒްރޭލުގެ ސަރަހައްދުތަކަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މިސައިލް ހަމަލާތައް ދެމުންނެވެ. ހިޒްބުﷲ އިން ބުނެފައިވަނީ އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލަންދެން އަދި ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓަންދެން އެ ޖަމާއަތުން އިޒްރޭލަށްދޭ ހަމަލާތައް ކުރިއަށް ގެންދާނެކަމަށެވެ.

އިޒްރޭލުން ޣައްޒާ އާއި ފަލަސްތީނުގެ އެހެން ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކަށް އެއް އަހަރު ފުރިފައިވާއިރު، މިހާތަނަށް ޣައްޒާގައި 41،800ށް ވުރެ ގިނަ ފަލަސްޠީން މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ލުބުނާނުގެ ހަނގުރާމަވެރިން އިޒްރޭލުގެ ހައިފާ އަށް މި ދިން ހަމަލާއަކީ ފާހަގަކުރެވޭ ފަދަ ހަމަލާއެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއީ އެތަނަކީ އިޒްރޭލުގެ އުތުރުގައި އޮންނަ އެންމެ ބޮޑު ސިޓީ އަށް ވުމުގެ އިތުރުން އެތަނަކީ މުހިންމު ބަނދަރު ސިޓީއެއް ވެސް މެއެވެ. އެ ސިޓީގެ އާބާދީގައި ގާތްގަނޑަކަށް 300،000 މީހުން ދިރިއުޅޭއިރު އިޒްރޭލުގެ އަސްކަރިއްޔާގެ މުހިންމު ތަންތަންވެސް ހައިފާގައި ހުންނަ ކަމަށް ޚަބަރުތައް ބުނެއެވެ.

އަދި މިފަދަ ނުރައްކަލެއް ހައިފާ ފަދަ ސިޓީއެއްގެ މެދުތެރޭގައި ހިނގުމަކީ އިޒްރޭލަށް ވަރަށް ބޮޑަށް ނުރައްކާތެރިކަން އޮތްކަން އިހުސާސްކުރެވޭނެ ކަމެއްކަމަށް ތަޖުރިބާކާރުން ބުނެއެވެ. ޚާއްސަކޮށް ފަލަސްތީނަށާއި ލުބުނާނަށް އަދި ސީރިއާ އާއި ޔަމަނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ރައްކއުތެރިކަން އިތުރުވެއްޖެ ކަމަށް އިޒްރޭލުގެ ބޮޑުވަޒީރާއި އެހެން ސިޔާސީވެރިން ބުނަމުންދަނިކޮށް މިފަދަ ހަމަލާއެއް އައުމުން އެފަރާތްތަކުން ބުނާއެއްޗަކާ މެދު ސުވާލު އުފެދޭ ކަމަށް ޚަބަރުތަކުގައި ފާހަގަ ކޮށްފައިވެއެވެ.

އަނެއްކޮޅުން ޙިޒްބުﷲ ހަނގުރާމަވެރިންގެ ހިތްވަރުގަދަ ހަމަލާތަކުގެ ސަބަބުން މިހާތަނަށް އިޒްރޭލުން ލުބުނާނުގެ ސަރަޙައްދަށް އެއްގަމު މަގުން ވަނުމަށް ކުރި މަސައްކަތްތައް ވަނީ ނާކާމިޔާބުވެފައެވެ.

ހިޒްބުﷲ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިޒްރޭލުން ދެކުނު ލުބުނާނަށް ވަދެ ޙަމަލާދޭން ފެށީއްސުރެ މަދުވެގެން 17 އިޒްރޭލުގެ އަސްކަރީން މަރުވެފައިވާ ކަމަށެވެ.

ބުރާސްފަތި ދުވަހުގެ ފަތިހުން ފެށިގެން، ލުބުނާނުގެ ދިފާއީ ހަނގުރާމަވެރިން ވަނީ ދެކުނު ލުބުނާނުގެ އެކި ސަރަޙައްދުތަކަށް އިޒްރޭލު ސިފައިން ވަންނަން ކުރި މަސައްކަތްތަކަށް ހުރަސް އަޅާފައެވެ. މިކަމުގެ ސަބަބުން އިޒްރޭލުގެ ފައުޖުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އިޒްރޭލް-ލުބުނާން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

ބެއިރޫތައް އިޒްރޭލުން ބޮން އަޅާ ހިޒްބުﷲ ގެ އަސްކަރީ ލީޑަރު މަރާލައިފި

24 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

ދެކުނު ލުބުނާނަށް އިޒްރޭލުން ދިން އައު ހަމަލާތަކަކީ "ހަނގުރާމައިގެ ޖަރީމާ އެއް" ކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއަރ ވިދާޅުވެއްޖެ

22 ނޮވެމްބަރު 2025
ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

ދެކުނު ލުބުނާނަށް އިސްރާއީލުން ބޮން އަޅައިފި

13 ސެޕްޓެމްބަރު 2025
އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

އީދަށް ތައްޔާރުވަމުން ދަނިކޮށް އިސްރާއީލުން ބެއިރޫތައް ވަރުގަދަ ހަމަލާތަކެއް ދީފި

06 ޖޫން 2025
ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

ހިޒްބުﷲ އިން އިޒްރޭލަށް އެތައް ސަތޭކަ ރޮކެޓު ހަމަލާ ދީފި

25 ނޮވެމްބަރު 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު