Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

އިންޑިއާގެ އުޅަނދުފަހަރަށާއި އަސްކަރީ އޮފިސަރުންނަށް އެހާ ކޯފާވި ރައީސް އެންމެ ފަހުން ސަވާރުވީ އިންޑިއާ އަސްކަރިއްޔާގެ ބޯޓަކަށެވެ

ގައުމިއްޔަތުގެ ވާހަކަ ދައްކަވަމުން، އިންޑިއާއަށް ބުލީ ނުކެރެވޭނެ ކަމަށް ވިދާޅުވަމުން، އިންޑިއާގެ ސިފައިންނާއި އިންޑިއާގެ އުޅަނދުފަހަރާ ބޭރު ކުރާނެ ކަމަށް ވިދާޅުވަމުން އެންމެ ފަހުން ގައުމީ އެއަރލައިން މަތިން ހަނދުމަފުޅުވެސް ނެތި، އެ ސަވާރުވެވަޑައިގަތީ އިންޑިއާގެ އަސްކަރީ އުޅަނދަކަށް ނޫންތޯއެވެ؟

ގައުމިއްޔަތު މާ މަތިވެރި ރޫހެއް އެއްކޮޅުން ދައްކަވަމުން، ބުލީ ނުކެރެވޭނެ ކަމަށް ވިދާޅުވަމުން އެންމެ ފަހުން ރަސްމީ ދަތުރު ކުރެއްވީ އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދެއްގައެވެ

އާމިރު ސަލީމް
އާމިރު ސަލީމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2024 | އާދީއްތަ 13:35
ރައީސް ޑރ.މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަބަލުން އާދިއްތަ ދުވަހު އިންޑިއާ އަށް ވަނީ ފުރާވަޑައިގެންފައި

ރައީސް ޑރ.މުހައްމަދު މުއިއްޒާއި، އެމަނިކުފާނުގެ އަނބިކަބަލުން އާދިއްތަ ދުވަހު އިންޑިއާ އަށް ވަނީ ފުރާވަޑައިގެންފައި

ޤައުމިޔަތަކީ ޝައުގުވެރި ވާހަކައެކެވެ. ޤައުމު ދެކެ ލޯބިވުމަކީ އަދި އެއަށް ވުރެ ޝައުގުވެރި ވާހަކައެކެވެ. އަމިއްލަވަންތަކަމާއި ބައެއްގެ ދަށު ނުވެ އުޅުމުގެ ވާހަކައަކީ ވެސް ޝައުގުވެރި ވާހަކައެކެވެ. މިނިވަންކަމުގެ ވާހަކައަކީ އަދި އެއަށް ވުރެ ޝައުގުވެރި ވާހަކައެކެވެ. ޚާއްސަކޮށް މިފަދަ ވާހަކަ ރިޔާސީ ކެނޑިޑޭޓުންނާއި ޤައުމުގެ ވެރިން ދައްކަވާ އަޑު އިވުމަކީ އަދި މާޝައުގުވެރިކެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު އަކީ މި ޒާތްޒާތުގެ ވާހަކަ ވަރަށް ގިނައިން ދައްކަވާ ބޭފުޅެކެވެ. ރިޔާސީ ކެމްޕެއިން ތެރޭގައިވެސް މެއެވެ. ވެރިކަމަށް ވަޑައިގަތުމަށް ފަހުގައިވެސް މެއެވެ. ނަމަވެސް މި ޒާތްޒާތުގެ ވާހަކަ އާރުލާ ވާހަކައަކަށް ވަނީ އެ ވާހަކަ ދައްކާ މީހާގެ ހިތުގާ އެކަން އޮންނަ މިންވަރެއްގެ މައްޗަށެވެ. އެކަމުގެ ނިޔަތް އޮންނަ މިންވަރެއްގެ މައްޗަށެވެ. ބަހާއި ޢަމަލާއި ނިޔަތާއި ދިމާވާ މިންވަރެއްގެ މައްޗަށެވެ.

ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިނަށް ވަޑައިގެންނެވި އިރު ހުންނެވީ އިންޑިއާ އައުޓް ޓީޝާޓެއް ތުރުކުރައްވައިގެންނެވެ. އުޅުއްވީ އިންޑިއާ އައުޓް މުޒާހަރާތަކުގައެވެ. ދައްކަވަމުން ގެންދެވީ އިންޑިއާ އާއި ދެކޮޅު ވާހަކަތަކެވެ. ކެމްޕެއިންގެ މައިގަނޑު ވާހަކަތަކަކީ ވެސް އެއީއެވެ. އިންޑިއާ އާއި ދެކޮޅެވެ. އިންޑިއާ އައުޓެވެ. އިންޑިއާ ސިފައިން ހާހުން މިގައުމުގައި ތިބިކަމަށާއި، ރާއްޖެއޮތީ އިންޑިއާ އަށް "ވިކިފައި" ކަމުގެ އަޑުގަދަ ކުރެއްވިއެވެ. ވެރިކަމަށް ވަޑައިގެންނެވުމާއި އެކު ބޭރުގެ ޤައުމެއްގެ ވެރިއެއްގެ ގާތު އެއީ އިންތިޚާބު ކާމިޔާބުކުރަން ދެއްކެވި ވާހަކައެއް ކަމަށް ވިދާޅުވެ، އިންޑިއާ އައުޓް އެއީ "އިންޑިއާ އައުޓް ނޫން" ކަމަށް ވިދާޅުވިއެވެ. އެހާ ހިސާބަށް އޮތީ އިންޑިއާ ސިފައިންނާއި އިންޑިއާގެ އަސްކަރީ އުޅަނދުތަކާއި، އަސްކަރީ އެއްބަސްވުންތަކާއި، އަސްކަރީ ތަމްރީންތަކާއި، އަސްކަރީ އެހީތައް ވެސް ގޯސްވެފައެވެ. މިކަން ވެސް ދެމި އޮތީ ކުޑަ ދުވަސްކޮޅަކަށެވެ. ޗައިނާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވެންދެންނެވެ.

ޗައިނާ އިން އެނބުރިވަޑައިގެންނެވުމާއި އެކު އިންޑިއާ މިލިޓަރީ އާއި އެކު މުޅި އިންޑިއާ ވެސް ގޯސްވިއެވެ. އިންޑިއާ އިން ގެންނަ ބިހާއި ފިޔަ އާއި އަލުވިވެސް ގޯސްވިއެވެ. އިންޑިއާ އިން ކުރާ ބޭސްފަރުވާ ވެސް ގޯސްވީއެވެ. ތަމްރީނަކަށް ދާން ވެސް ކަމުދާތަނަކަށް ނުވިއެވެ. ރާއްޖެ އޮންނަ ކަނޑަށް އިންޑިއަން އޯޝަން ކިޔާތީވެސް ކަމަކު ނުދިޔައެވެ. ބެކްޔާޑުގައި އޮންނާކަށް ނުޖެހޭ ވިދާޅުވެ ކޯފާވެ ހުންނަވައިގެން އެއްޗެހި ގޮވިއެވެ. މިކަން ވެސް ދެމި އޮތީ ކުޑަ ދުވަސްކޮޅަކަށެވެ. އިންޑިއާ އަށް އަނބުރާ ދައްކަން އޮތް 50 މިލިއަން ޑޮލަރު ދައްކަން ޖެހޭ މުއްދަތު އަންނަން ދެކަށެވެ. އެހާ ހިސާބުން އިންޑިއާގެ ކުކުޅު އަޅާ ބިސްވެސް ކަމުދިޔައީއެވެ. އިންޑިއާގެ ދަނޑުވެރިން ހައްދާ ފިޔަ އާއި އަލުވި ވެސް މީރުވީއެވެ. އިންޑިއާގެ ޚާރިޖީ ވަޒީރު ގެންނަވައިގެން މުޅި ސަރުކާރު ކޯޓުލައިގެން، އޭނާގެ ފަހަތުގައި އެނބުރުނީއެވެ. އިންޑިއާގެ ބޮޑުވަޒީރަށާއި އިންޑިއާ ސަރުކާރުގެ އިސްވެރިންނަށް ހަޑި ހުތުރު އެއްޗެހި ގޮވާ ކާޓޫނު ކުރަހާ މަލާމާތްކުރި ޑެޕިއުޓީ މިނިސްޓަރުން ސަސްޕެންޝަނުގައި ބޭތިއްބުމަށް ފަހު ކަނޑާލީއެވެ.

އޭރު އޮތީ އިންޑިއާ އަށް ކުރައްވާ ދަތުރުފުޅު ކުޑަތަންވެފައެވެ. އިންޑިއާ އަށް ވުރެ ގާތް ބަޔަކު ނެތެވެ. އެހާ އެހީތެރި ބަޔަކު ވެސް ނެތެވެ. ހިންދީ ފިލްމަށް ވުރެ ރީތި ފިލްމެއް ވެސް ނެތެވެ.

އެންމެ ފަހުން އާދިއްތަ ދުވަހު ހެނދުނު އިންޑިއާ އަށް ރަސްމީދަތުރުފުޅުގައި ފުރާވަޑައިގަތް މަންޒަރާއި އެކު ރައީސްގެ ހަގީގީ ސިފަ އެންމެންނަށް ފެނި ހާމަވީއެވެ. އިންޑިއާ ސިފައިންގެ މީހުންނާއި އިންޑިއާގެ އަސްކަރީ އުޅަނދުތަކާއި އެއްވެސް ބޭނުމެއްގައި ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަން ގެއްލި އިންޑިއާގެ އުނގަށް ވެއްޓޭ ކަމެއް ކަމުގައި ވިދާޅުވެ ފާޑު ވިދާޅުވަމުން ގެންދެވި ރައީސް ޑރ.މުހައްމަދު މުއިއްޒު އިންޑިއާ އަށް ގެންދަން ބަލާ އައީ އެބުނާ އިންޑިއާ ސިފައިންގެ އަސްކަރީ މަތިންދާ ބޯޓެކެވެ. އެ މީހުންގެ ސަބަބުން ރާއްޖޭގެ މިނިވަންކަން ގެއްލި، ރާއްޖެ އަމިއްލަވަންތަކަން ގެއްލި، ޕްރޯ މޯލްޑިވްސްވަންތަކަން ގެއްލި، ދިވެހި ދިދައިގެ ހުރުމަތް ކެނޑި، ޤައުމުގެ ސިޔާދަތަށް ނުރައްކާވެ، އަނެއްކާވެސް މި ޤައުމު އަޅުވެތިކަމަށް ގެންދަން ފޫގަޅައިގެން ތިބި އިންޑިއާ ސިފަިންގެ އަސްކަރީ އުޅަނދެކެވެ.

އިންޑިއަން އެއާފޯސްއެއްގައި އިންޑިއާ އަށް ފުރާވަޑައިގެންނެވި އިރު ދިވެހި ދިދަ ޖަހާފައި ހުންނަ ޤައުމީ އެއާލައިން އިންޑިއާ އަށް ދަތުރުކޮށްކޮށް އެބަ އޮތް ނޫންތޯއެވެ؟ އެންމެ ކުޑަމިނުން މޯލްޑިސް ފަސްޓް ކަމަށް ވިދާޅުވެ ކެނޑުއްވި ފޮނީގެ ކުޑަ ނަމަވެސް ހަގީގީ މާނައެއް އޮތްކަން ދައްކާލައްވަން މިލިބުނު ދަނޑިވަޅުގައި މޯލްޑިވިއަން އަށް އިސްކަން ދެއްވިނަމަ ކިހާ ރަނގަޅުވީސް ބާވައޭ ހިތައް އެރިއެވެ. ޤައުމިއްޔަތާއި، ޕްރޯ މޯލްޑިވްސްގެ ވާހަކަދައްކަވައިގެން ވެރިަކަމަށް ވަޑައިގެންނެވި ރައީސް ޑރ.މުހައްމަދު މުއިއްޒު މަޑުމަޑުން ގޮސް އިންޑިއާގެ އުނގުގައި އޮށޯންނެވުނު އިރު ވެސް އެކަން އެނގިވަޑައި ނުގެނެވިކަން އެއީހަމަ ހަގީގަތުގައި ވެސް ދެރަ ކަމެއް ނޫންތޯއެވެ. މިއަދަކު އިންޑިއާގެ އަސްކަރީ މީހުންނާއި އަސްކަރީ އުޅަނދުތަކުގެ ސަބަބުން ގެއްލުނު މިނިވަންކަމެއް، ގެއްލުން ލިބުނު ސިޔާދަތެއް ނުފެނުނެއް ނޫންތޯއެވެ؟

މަގޭ ރިޕޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

އިރު އިރުކޮޅާ އިނގިރޭސިވިލާތަށް، ޤައުމަށް އޮތީ ކޮން ކަމެއް؟

02 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

ރައީސް މުޢިއްޒުގެ ދިރިއުޅުމަކީ މިއީބާ!

26 ނޮވެމްބަރު 2025
ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

ރައީސް މި ދައްކަވާ ވާހަކަ އާއި، އަމަލު ދިމާ ކުރަން ވެސް ޖަހަންވީ ހިސާބެއް؟

04 ނޮވެމްބަރު 2025
ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

ޤާއުމުގެ މައި ދޮރާށިތައް ނުރައްކަލަށް، ހޯމް ލޭންޑް މިނިސްޓަރު ފެއިލުވެއްޖެ!

28 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު