Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒުގެ ސަރުކާރު

ވެރިކަމަށް ރައީސް މުއިއްޒު އައީއްސުރެ ފެންނަނީ ރައްޔިތުންގެ ވިސްނުމުގެ މައްޗަށް އަމިއްލަ ވިސްނުން އިސް ކުރާ މަންޒަރު - މާރިޔާ

ރައީސް ކޮސްޓަ ކޮފީ ހިއްޕެވި މަންޒަރު އާއްމުކުރުމަކީ ދިވެހިންގެ ވިސްނުމާއި ދުރަށް ރާއްޖެ ޖެހުނުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ކަމަނާ ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2024 | ހުކުރު 14:05
ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ވެރިކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު އައީއްސުރެ ފެންނަނީ ރައްޔިތުންގެ ވިސްނުމުގެ މައްޗަށް އަމިއްލަ ވިސްނުން އިސް ކުރާ މަންޒަރު ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެކަމަނާ އެފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

މާރިޔާ ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް ބަލާލުމުން ރައްޔިތުންގެ ވިސްނުމާއި ސަރުކާރާއި ދުރުހެލި މިންވަރު ފެނިގެންދާ ކަމަށެވެ. ރައީސް މުއިއްޒު އދ. އަށް ކުރެއްވި ދަތުރުފުޅުގައި ދައްކަވާފައިވާ ވާހަކަފުޅުތަކުންނާއި، އުޅުއްވާ ގޮތްކޮޅުތަކުން ވެސް ފެނިގެން ދިޔައީ އެ މަންޒަރުކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. ރައީސް ޑރ.މުއިއްޒު އދ. އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއީ ޣައްޒާގެ ގަތުލުއާންމަށް މަދަދުވެރިވާ ވިޔަފާރިތައް ބޮއިކޮޓްކުރުމުގެ ގޮތުން ބޮއިކޮޓް ކޮށްފައިވާ ކޮސްޓަ ކޮފީ ހިއްޕެވި މަންޒަރު އާއްމުކުރުމަކީ ދިވެހިންގެ ވިސްނުމާއި ދުރަށް ރާއްޖެ ޖެހުނުކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ. އެއީ ރާއްޖޭގެ އިޚްތިރާމް ކުޑަވާ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ އަގު ވެއްޓޭ ކަމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ. އެއީ ވަރަށް ދެރަކަމެއް ކަަމަށް ފާހަގަކުރައްވާ މާރިޔާ ވަނީ އެފަދަ ޢަމަލުތަކުގެ ސަބަބުން ރާއްޖެއިން ޖެނޮސައިޑް ނުވަތަ ނަސްލު ނައްތާލުމުގެ ޢަމަލުތައް ސީރިއަސްކޮށް ނުނަގަނީ ކަމަށް ސިފަކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ ޕޮލިސީތައް ޙުދު ސަރުކާރަށް ވެސް ސާފު ނުވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. ފޮރިން ޕޮލިސީ ޤާއިމް ކުރާ އިރު ވެސް ދިވެހިން ހިތް ނޭދޭ ކަންކަން ސަރުކާރުގެ ކިބައިން ފެންނަ ކަމަށް މާރިޔާ ވިދާޅުވިއެވެ. އެގޮތުން ދިވެހިންނަކީ ހުރިހާ ޤައުމަކާއި ގުޅޭ ރަހުމަތްތެރި ބައެއްގެ ގޮތުގައި އޮތް އޮތުން ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ބަދަލުވަމުންދާ ކަމަށާއި އެހެން އެކަން ވަނީ އަމިއްލަ ވިސްނުން އިސްކުރާތީ ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި އދ.ގެ ދަތުރުފުޅުގައި ހުރިހާ ރަށެއް ތަރައްޤީ ނުވާނެ ކަމަށް ރައީސް ވިދާޅުވެފައިވާތީ އެކަމާއޮ މެދު މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ރާއްޖޭގެ 186 ރަށުގައި މީހުން ދިރިއުޅޭ ކަމަށާއި އެ ހުރިހާ ރަށެއް ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެމެރިކާގެ ޕްރިންސްޓަން ޔުނިވަރސިޓީގެ ދަރިވަރުންނާ ބައްދަލު ކުރައްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި 1100 ރަށް އޮންނަ އިރު, އޭގެތެރެއިން 186 ރަށުގައި މީހުން ދިރިއުޅުމަކީ އެއީ ނިސްބަތުން ބޮޑު އަދަދެއް ކަމަށެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީރައީސް ޑރ މުޙައްމަދު މުއިއްޒު ސަރުކާރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

ސަރުކާރުން އަމިއްލަ ފަރާތްތަކަށް ދޭން ޖެހޭ ފައިސާ ނުދޭ މައްސަލަ ވޯލްޑް ބޭންކުގެ ސަމާލު ކަމަށް

29 ޖޫން 2025
ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި

ދިވެހިރާއްޖެ އަށް އެހީ ދިނުމަށް ގޮވާލެއްވުމަށް ނައިބު ރައީސް އަނެއްކާ އަނެއް ދަތުރުފުޅު ފައްޓަވައިފި

28 ޖޫން 2025
މަޤާމުން ވަކިކުރުމުން ފައިސަލްގެ ބަޔާނެއް - ވަކިކުރި ސަބަބާއި މެދު އެއްޗެއް ވިދާޅެއް ނުވި

މަޤާމުން ވަކިކުރުމުން ފައިސަލްގެ ބަޔާނެއް - ވަކިކުރި ސަބަބާއި މެދު އެއްޗެއް ވިދާޅެއް ނުވި

30 ޖެނުއަރީ 2025
ޤާނޫނީ ތަރަހައިގެ ތެރެއިން ކަންކަން ނުކުރެވޭނަމަ ރައްޔިތުންގެ ބާރު ދެއްކޭނީ މަގުމަތިން - މާރިޔާ

ޤާނޫނީ ތަރަހައިގެ ތެރެއިން ކަންކަން ނުކުރެވޭނަމަ ރައްޔިތުންގެ ބާރު ދެއްކޭނީ މަގުމަތިން - މާރިޔާ

25 ޖެނުއަރީ 2025
ރައީސް އަމީންއަށް ވީގޮތް ރައީސް މުއިއްޒުއަށް ވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް މަޖިލީހަށް ހުށަހަޅައިފި

ރައީސް އަމީންއަށް ވީގޮތް ރައީސް މުއިއްޒުއަށް ވެދާނެ ކަމަށް ބުނެ، ވާހަކަ ދައްކާފައިވާތީ އެކަން ތަހުގީގު ކުރުމަށް ގޮވާލާ ކުއްލި މައްސަލަ އެއް މަޖިލީހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު