Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުދިއްޖެ ފުނޑިއްޖެ އެއްވުން

ޤާނޫނީ ތަރަހައިގެ ތެރެއިން ކަންކަން ނުކުރެވޭނަމަ ރައްޔިތުންގެ ބާރު ދެއްކޭނީ މަގުމަތިން - މާރިޔާ

31 ޖެނުއަރީގައި އެމްޑީޕީން ޤާނޫނުއަސާސީގެ ދިފާއުގައި ބާއްވާ ހިނގާލުން ކުރިއަށް ގެންދަނީ ޤާނޫނުއަސާސީގެ ދިފާއުގައި އަދި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 25 ޖެނުއަރީ 2025 | ހޮނިހިރު 14:25
 އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ރާއްޖެޓީވީގެ ފުދިއްޖެ ފުނޑިއްޖެ ކަވަރޭޖްގައި ވާހަކަދައްކަވަނީ

އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ރާއްޖެޓީވީގެ ފުދިއްޖެ ފުނޑިއްޖެ ކަވަރޭޖްގައި ވާހަކަދައްކަވަނީ

ޤާނޫނީ ތަރަހައިގެ ތެރެއިން ކަންކަން ނުކުރެވޭނަމަ ރައްޔިތުންގެ ބާރު ދެއްކޭނީ މަގުމަތިން ކަމަށް ރަައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފުދިއްޖެ ފުނޑިއްޖެ ކަވަރޭޖްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ ޤާނޫނުއަސާސީ އަށް އިސްލާހު ގެނައި އިރު އެ ޤާނޫނުއަސާސީ އަށް ކިޔަމުން ވެސް އައީ މުޒާހަރާ ޤާނޫނުއަސާސީ ކަމަށެވެ. މުޒާހަރާކުރުމާއި ޚިޔާލުފާޅުކުރުމަކީ ޤާނޫނުއަސާސީ އިން ލިބިދޭ މުހިންމު ހައްްގެއް ކަމަށް ވާއިރު އެ ހައްގުގެ ބޭނުންކޮށް އާއްމުން ނުރުހޭ ކަންކަން ސަރުކާރަށް ސާފުކޮށް އިއްވަންވީ ދަނޑިވަޅަކީ މިއީ ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ ބާރުތައް މަސްހުނިވެފައި އޮތް ނިޒާމަކުން އަރައިގަނެވުނީ ވެސް މުޒާހަރާކުރުމުގެ ހައްގު އާއްމުންނަށް ލިބޭ ގޮތަށް ޤާނޫނުއަސާސީ އަށް ގެނައި އިސްލާހުތަކުގެ ސަބަބުން ކަމަށެވެ. އެހެންނަމަވެސް ޤާނޫނުއަސާސީ އަށް މިފަހުން މަޖިލީހުން ބަދަލުގެނެސް ޕާޓީ ބަދަލުކުރުމުން ޕާޓީ އަށް މެމްބަރުން ވަކިކުރެވޭ ގޮތަށް ހަމަޖެއްސުމަކީ އަނެއްކާވެސް ބާރުތައް މަސްހުނިވުން ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެކަމުގެ ސަބަބުން ބާރުތައް މަސްހުނިވެފައިވާ ކަަމަށާއި ޤާނޫނީ ވެރިކަމެއް ހިނގާ ގޮތަކީ އެއީ ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެއްވެސް މީހަކީ ޤާނޫނަށް ވުރެ މަތީގައި ހުންނާނެ މީހެއް ނޫންކަމަށާއި ވެރިކަން ހިންގަން ވާނީ އެކަން ދަނެގެން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މާރިޔާ ވަނީ މަގުމައްޗަށް ނުކުމެ އަޑު އުފުލުމަކީ އެއީ ވެރިކަން ވައްޓާލަން އުޅުންކަމަށް ސިފަކުރާތީ ކަންބޮޑުވެވަޑައިގަންނަވާކަމަށެވެ.

މާރިޔާ ވަނީ ކުއްލިއަކަށް ޤާނޫނުއަސާސީ އަށް ބަދަލުގެނައުމާއި ނިޒާމް އޮޅުވާލުމަކީ ރައީސަކު އިސްވެހުންނަވައިގެން ކުރާ ޒާތުގެ ކަންކަން ނޫންކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ ފައިސާ ހޭދަކުރަންވާނީ ރައްޔިތުންގެ ބަހާއި ޚިޔާލު ހިމަނައިގެން ކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. ޤާނޫނުއަސާސީ އިސްލާހު ކުރީ ހައްގުތައް ހިމާޔަތްކުރެވޭނެ ނިޒާމަކަށް ފަހިކޮށްދިނުމަށް ކަމަށާއި އެކަން އެހެން ނުހިނގާ ނަމަ އެކަމާއި މެދު އަޑު އުފުލާ ޒިންމާދާރުކުރުވަން އާއްމުން މަގުމައްޗަށް ނުކުންނާނެ ކަމަށް މާރިޔަ ވަނީ ވިދާޅުވެފައެވެ. މި ޖީލުގެ ދަރިންނާއި ދަރިންގެ ދަރިންނަށްޓަކާ މަސައްކަތް ކުރާ ނަމަ އާއްމުންގެ ހައްގުތައް ވާ ކޮށްލަން ދޫކޮށްލެވެން ނެތްކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވަނީ 31 ޖެނުއަރީގައި ބާއްވާ އެއްވުމަށް ވީހާވެސް ގިނަ އާއްމުން ދިއުމަށް މާރިޔާ ވަނީ ގޮވާލައްވާފައެވެ. 31 ޖެނުއަރީގައި އެމްޑީޕީން ޤާނޫނުއަސާސީގެ ދިފާއުގައި ބާއްވާ ހިނގާލުން ކުރިއަށް ގެންދަނީ ޤާނޫނުއަސާސީގެ ދިފާއުގައި އަދި ސަރުކާރުން ކުރާ ނުރަނގަޅު ކަންކަމާއި ދެކޮޅަށް އަޑު އުފުލުމުގެ ގޮތުންނެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއެމްޑީޕީ"ފުދިއްޖެ-ފުނޑިއްޖެ" ޖަލްސާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު