Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުލް މަޖީދު މާހިރު

އަބްދުލް މަޖީދު މާހިރު އަވަހާރަވެއްޖެ

ސަރުކާރަށާއި ދިވެހި ދައުލަތަަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި މާހިރު އަވަހާރަވި އިރު އުމުރުފުޅަކީ 96 އަހަރު

ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2024 | ބުރާސްފަތި 11:28
އަބްދުލް މަޖީދު މާހިރު

އަބްދުލް މަޖީދު މާހިރު

ދައުލަތައް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ އަބްދުލް މަޖީދު މާހިރު އުމުރުފުޅުން 96 އަހަރުގައި އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލޭގައެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގައި ފާހަގަ ކުރެވުނު އަދި ރާއްޖޭގެ ސިޔާސީ އިސްލާހީ ހަރަކާތުގައި ވެސް ފާހަގަ ކުރެވުނު ޝަޚްސިއްޔަތެކެވެ.

އަބްދުލް މަޖީދު މާހިރަކި ރާއްޖޭގެ ކުރީގެ ރައީސް މަރްހޫމް އިބްރާހިމް ނާސިރުގެ ބޮޑުބޭބެއެވެ.

އަބްދުލްމަޖީދު މާހިރަކީ ވެލާނާގޭ މުހައްމަދު ދީދީގެ ބޭފުޅެކެވެ.

އެމަނިކުފާނުގެ މަންމާފުޅަކީ ފުވައްމުލަކު ފުނާޑު، ގަނޑުވަރު އައިސާ ދީދީ އެވެ.

ދިގުމުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރެއްވި އަބްދުލް މަޖީދު މާހިރު، ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، މަހަކަމަތުލް މާލިއްޔަތުގެ ނައިބު ކަމާއި، މަހަކަމަތުލް އަމަންއާންމުގެ ވެރިޔާގެ ނައިބު ކަމާއި 1960-1961 ށް މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަން އަދާކުރެއްވުން ހިމެނެއެވެ.

ރައީސް މައުމޫނުގެ ވެރިކަމުގައި މޯލްޑިވްސް ވޯޓަރ އެންޑް ސެނިޓޭޝަން އޮތޯރިޓީގެ ޑިރެކްޓަރުކަން އަދާ ކުރެއްވިއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީންގެ ދަރިކަނބަލުން އަމީނާ މުހައްމަދު އަމީން އާ ކައިވެނި ބައްލަވައިގެން މާހިރަށް ލިބިވަޑައިގެން ބޭފުޅުންގެ ތެރޭގައި ކުރީގެ ޑިފެންސް މިނިސްޓަރ އަމީން ފައިސަލް އާއި އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމު ކުރިން އަދާކުރެއްވި ޑރ. ފަރަހްނާޒް ފައިސަލް ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ އަހްމަދު މާހިރު އާއި މުހައްމަދު މާހިރަކީވެސް އަބްދުލް މަޖީދު މާހިރުގެ ދެ ބޭފުޅުންނެވެ. އެއީ ކޮލިގޭ ފާތުމަތު ނާސިރާ އާ ކައިވެނިބައްލަވައިގެން ލިބިވަޑައިގެންނެވި ދެ ބޭފުޅުންނެވެ. މީގެ ތެރެއިން މުހައްމަދު މާހިރު ވަނީ ނިޔާވެފައެވެ.

އަބްދުލް މަޖީދު މާހިރު ތިން ކައިވެނި ކުރެއްވި އިރު، ހީރާ ޔޫސުފްފުޅުގެ ސައީދާ އާ ކައިވެނި ބައްލައިވަގެން ތިން ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ.

މާހިރަކީ ސަގާފީ ބޭސްވެރިކަމުގެ ތަޖުރިބާކާރެކެވެ. އެ ރޮނގުން އޭނާވަނީ ފޮތްވެސް ލިޔުއްވާފައެވެ.

އަބްދުލް މަޖީދު މާހިރު އަވަހާރަވުމުގެ ހިތާމައިގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

އަބްދުލް މަޖީދު މާހިރަކީ ދިވެހި ރާއްޖޭގެ އިސްރަށްވެެހިންގެ ތެރެއިން ނުހަނު ގަދަރުވެރި، ޚިދުމަތްތެރި، ތަޖުރިބާކާރު، ހަރުދަނާ ޝަޚްސިއްޔަތެއްގެ ގޮތުގައި ޑރ. މުއިއްޒުގެ ތައުޒިޔާގެ މެސެޖްގައި ފާހަގަ ކުރެއްވިއެވެ.

އަބްދުލް މަޖީދު އަވަހާރަ ވުމާއި ގުޅިގެން "ދިވެހިންނަށް ވަކިވެ އެ ދިޔައީ ރާއްޖޭގެ އެންމެ އަގުހުރި އެއް ހަޒާނާ،" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.

އަބްދުލް މަޖީދު މާހިރު ފަސްދާނުލުން އޮންނާނީ ގަލޮޅު ސަހަރާގައެވެ. ކަށު ނަމާދު އޮންނާނީ ބުރާސްފަތި ދުވަހުގެ ރޭ އިޝާ ނަމާދަށް ފަހުގައެވެ.

މަރުހޫމް އަބްދުލް މަޖީދު މާހިރުގެ މޫނުދެއްކުން އޮތީ އިސްލާމީ މަރުކަޒުގައެވެ.

ހޫނު ހަބަރުޢަބްދުލް މަޖީދު މާހިރު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
28 ފެބުރުއަރީ 2025

1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

28 ފެބުރުއަރީ 2025
1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
26 ފެބުރުއަރީ 2025

"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"

26 ފެބުރުއަރީ 2025
"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"
26 ފެބުރުއަރީ 2025

އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ

26 ފެބުރުއަރީ 2025
އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ
13 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
04 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލީސް ހުޅުވާ ދުވަހު އެމްޑީޕީ އިން އިހުތިޖާޖު ކުރަން ނިންމައިފި

30 ޖެނުއަރީ 2025

މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

30 ޖެނުއަރީ 2025
މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި
28 ޖެނުއަރީ 2025

އަބްދުލްރަހީމް ނޫސްވެރިންނަށް ފިއްލަވައިގެން މާލެ ވަޑައިގެންފި

28 ޖެނުއަރީ 2025
އަބްދުލްރަހީމް ނޫސްވެރިންނަށް ފިއްލަވައިގެން މާލެ ވަޑައިގެންފި
19 ޑިސެމްބަރު 2024

ގޯތި މައްސަލައިގައި ފަޒުލްގެ ބޭބެ ފަޒީލް ޒިންމާ ތަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފި

19 ޑިސެމްބަރު 2024
ގޯތި މައްސަލައިގައި ފަޒުލްގެ ބޭބެ ފަޒީލް ޒިންމާ ތަކުން ވަކިކޮށް އޮފީހަށް ނުނިކުމެވޭ ގޮތަށް ސަސްޕެންޑް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު