Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލިސް ރައީސް އަބްދުލްރަހީމް

އަބްދުލްރަހީމް ނޫސްވެރިންނަށް ފިއްލަވައިގެން މާލެ ވަޑައިގެންފި

މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުލްރަހީމް އަބްދުﷲ ވަކިކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމުގެ އަޑުތައް ވަނީ ފެތުރިފައި

ރާއްޖެ އެމްވީ | 28 ޖެނުއަރީ 2025 | އަންގާރަ 17:53
މަޖިލީހުގެ ރަައީސް ރާއްޖެ ވަޑައިގަންނަވާތީ ނޫސްވެރިން އެއާޕޯޓުގައި

މަޖިލީހުގެ ރަައީސް ރާއްޖެ ވަޑައިގަންނަވާތީ ނޫސްވެރިން އެއާޕޯޓުގައި

އަންގާރަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ރާއްޖެ ވަޑައިގެންފިއެވެ.

އަބްދުލްރަހީމް ވަޑައިގަންނަވާ ގަޑިއަށް ރާއްޖޭގެ ގިނަ މީޑިއާ ތަކުން އެމަނިކުފާނާ ބައްދަލު ކުރުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ގޮސް ތިއްބެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް އަބްދުލްރަހީމް އެއަރޕޯޓުން މާލެ އަށް ވަޑައިގަތީ ނޫސްވެރިންނަށް ފިއްލަވައިގެންނެވެ.

އެއަރޕޯޓަށް ދިޔަ ރާއްޖެޓީވީގެ ނޫސްވެރިޔާ ބުނިގޮތުގައި އަބްދުލްރަހީމް ބޭރަށް ނުކުންނެވުމުގެ ބަދަލުގައި އޭނާ ބަލައި ވެހިކަލްތައް އޭޕްރަން އަށް ވަދެފައި ތިބިކަން އެނގުނީ އަބްދުއްރަހީމް އިންނެވި ވެހިކަލު ހިމެނޭ ގޮތުން ވެހިކަލްތަކެއް ވަރަށް ބާރަށް ދުއްވާފައި ނުކުތުމުން ކަމުގައެވެ.

މިއީ އާއްމުކޮށް ދައުލަތުގެ އިސް ވެރިން މާލެ ވަޑައިގަންނަވާ އިރު އަމަލުކުރާ ގޮތް ނޫންކަން ފާހަގަކުރެވެއެވެ.

އެ ސަރަހައްދުގައު ހުރި ރާއްޖެ ޓީވީގެ ނޫސްވެރިޔާ ބުނިގޮތުގައި މީޑިއާތަކުން މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަންނަވާ ގަޑި ސާފުކުރުމަށް ސުވާލުކުރުމުން އެކަމާ ގުޅޭ މައުލޫމާތު އެެއާޕޯޓް ސްޓާފުން ވަނީ މީޑިއާތަކަށް ފޯރުކޮަށްދީފައެވެ. އެހެންކަމުން މީޑިއާތަކުން ތިބީ އެއާޕޯޓުގެ ވީއައިޕީ އޭރިއާގެ ބޭރުގައި މަޑުކޮށްގެންނެވެ. އަދި ސުވާލުކުރުމަށް ފުރުސަތު ލިބޭނެތޯ ނޫސްވެރިން ސުވާލުކުރުމުން އަބްދުލްރަހީމްގެ ސެކިއުރިޓީ އާއި އެއަރޕޯޓް ސްޓާފުން ވެސް އެކަމަށް އިންކާރުކޮށްފައި ނުވާ ކަމަަށް އެ ނޫސްވެރިޔާ ބުނެފައިވެއެވެ.

އަބްދުލްރަހީމްގެ އިސްތިޤްބާލަަށް ރައްޔިތުންގެ މަޖިލީހުގެ އޮފިޝަލެއްވެސް އަދި މެމްބަރެއް ވެސް ވަޑައެއް ނުގަންނަވައެވެ.

ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން ގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ އަބްދުއްރަހީމް މާލެ ވަޑައިގެންނެވި އިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުން އޭނާ ދުރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމާއި އަދި ޕީއެންސީ ހިންގުމުން އޭނާ އެކަހެރި ކޮށްފައިވާ އަޑުތައްވެސް ވަނީ ފެތުރިފައެވެ. އޭގެ އިތުރުން އެކިއެކި ކަންކަމުގައި އަބްދުލްރަހީމް ގެ މަޝްވަރާ ހޯއްދެވުން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުއްޓާލައްވައިފި ކަމަށްވެސް މީޑިއާ ރިޕޯޓުތަކުގައިވެއެވެ.

ރައީސް މުއިއްޒުގެ ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އަބްދުލްރަހީމް ގެ ދަރިކަލުން އިބްރާހީމް ފައިސަލް ކުއްލި ގޮތަކަށް އަންގާރަ ދުވަހު ވަނީ ރައީސް މުއިއްޒު ވަކި ކުރައްވާފައެވެ.

ކުއްލި ގޮތަކަށް ފައިސަލް މަޤާމުން ދުރުކުރި ސަބަބު ސަރުކާރުން ސާފުކޮށްދީފައެއް ނުވެއެވެ.

އެކަމާ ގުޅިގެން މެލޭޝިޔާގައި ހުންނަވައި ފޯނުން 'ދައުރު' ނޫހަށް ދެއްވި އިންޓަވިއުގައި އަބްދުލްރަހީމް ވިދާޅުވީ ފައިސަލް ވަކިކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ރައީސް މުއިއްޒު އާ ގުޅުން ރަނގަޅު ނަމަ އެފަދަ ފިޔަވަޅެއް ރައީސް ނާޅުއްވާނޭ ކަމަށެވެ.

ފައިސަލް ވަކިކުރުމަކީ "ވަރަށް ދެރަވަރުކޮށް" ރައީސް ކުރެއްވި ކަމެއް ކަަމަށް ވެސް އަބްދުލްރަހީމް ވިދާޅުވިއެވެ.

ހޫނު ހަބަރުރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

28 ފެބުރުއަރީ 2025
"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"

"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"

26 ފެބުރުއަރީ 2025
އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ

އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ

26 ފެބުރުއަރީ 2025
މަޖިލިސް ހިންގަންވީ ގޮތް ފަލާހު، އަދުރޭއަށް ކިޔައިދޭން ޖެހުނީމާ ފެނި ހާމަވަނި އަދުރޭގެ އެއްވެސް އާރެއް ބާރެއް ނެތްކަން

މަޖިލިސް ހިންގަންވީ ގޮތް ފަލާހު، އަދުރޭއަށް ކިޔައިދޭން ޖެހުނީމާ ފެނި ހާމަވަނި އަދުރޭގެ އެއްވެސް އާރެއް ބާރެއް ނެތްކަން

17 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު