Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ ޕީޖީ

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

ވަރަށް ގިނަ ކަންކަމާ މަޝްވަރާ ކުރެވުނު ކަމަށް ނާޒިލް ވިދާޅުވި

ރާއްޖެ އެމްވީ | 13 ފެބުރުއަރީ 2025 | ބުރާސްފަތި 09:53
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

މޯލްޑިވިއަން ޑިމޮކޮރަޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕް ގެ ލީޑަރު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލު ކުރައްވައިފިއެވެ.

އަންގާރަ ދުވަހު މެންދުރު މި ބައްދަލުވުން ބޭއްވިކަން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އިބްރާހިމް ނާޒިލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

Advertisement - newsAdvertisement

ހިތަދޫ ދެކުނު ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ، އިބްރާހިމް ނާޒިލް އަބްދުއްރަހީމް އާ ބައްދަލު ކުރެއްވި މި ދަނޑިވަޅަކީ ވެރިކަން ކުރާ ޕީއެންސީ ގެ ރައީސް އަދި ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު އާއި ޕާޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވަމުން ގެންދަވާ އަބްދުއްރަހީމް އާ ދެމެދު ގުޅުން ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ.

ބައްދަލު ކުރެއްވުމާ ބެހޭ ގޮތުން އެމްޑީޕިގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ނާޒިލް އާ ރާއްޖެޓީވީގެ ފަރާތުން ގުޅާލުމުން ބައްދަލު ކުރެއްވި ކަން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

"ވަރަށް ގިނަ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރެވުނު" ނާޒިލް ވިދާޅުވިއެވެ.

އެހެން ނަމަވެސް ދެކެވުނު ވާހަކަތަކާ ބެހޭ އިތުރު ތަފްސީލެއް ނާޒިލް ނުދެއްވައެވެ.

ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުން އޮންނާނީ ފެބްރުއަރީ 6 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި މަޖިލިސް ކުރާ ގޭގައެވެ.

މެމްބަރުންނަށް އެ ދުވަހުގެ އެޖެންޑާ މަޖިލިސް އިދާރާ އިން ފޮނުވާފައިވާއިރު އެ ދުވަހުގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާ ގޮތައް އެޖެންޑާގައި ވަނީ މަޖިލިސް ރައީސް އަބްދުއްރަހީމެވެ.

ކޮންމެ އަރަހަރަކަށް މަޖިލިސް ހުޅުވާ ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ ކަންކަމާއި ގައުމުގެ ހާލަތާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން އޮންނާނެއެވެ.

ހޫނު ހަބަރުހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލްއަބްދުލް ރަޙީމް އަބްދުﷲ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
15 އެޕްރީލު 2025

މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް

15 އެޕްރީލު 2025
މި ސަރުކާރަށް ލިބޭ ކޮންމެ ފުރުސަތެއްގައި މަސައްކަތް ކުރަމުން ގެންދަނީ ލާމަރުކަޒީ ނިޒާމް ގަޑުބަޑު ކޮށްލަން: ނާޒިލް
28 ފެބުރުއަރީ 2025

1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

28 ފެބުރުއަރީ 2025
1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް
26 ފެބުރުއަރީ 2025

"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"

26 ފެބުރުއަރީ 2025
"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"
26 ފެބުރުއަރީ 2025

އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ

26 ފެބުރުއަރީ 2025
އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު