Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މެމްބަރުންގެ ގޮނޑީގެ މައްސަލަ

މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި

ހުސްވި އަހަރުގެ ނޮވެމްބަރު މަހު 20 ވަނަ ދުވަހު ސަރުކާރުން ގާނޫނުއަސާސީ އަށް ގެނައި ބަދަލު އެ ދުވަހުން ދުވަހަށް ފާސް ކޮށް ހަމަ އެ ދުވަހު އެ ބިލް ރައީސް މުއިއްޒު ތަސްދީގު ކުރެއްވި

ރާއްޖެ އެމްވީ | 30 ޖެނުއަރީ 2025 | ބުރާސްފަތި 09:46
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ (ފައިލް)

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 30 ވަނަ ޖަލްސާ (ފައިލް)

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭ ގޮތައް ގާނޫނު އަސާސީ އަށް ގެނައި ބަދަލުގެ މައްސަލަ ފެބްރުއަރީ 17 ށް ސުޕްރީމް ކޯޓުގައި ތާވަލު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑިގެއްލޭގޮތަށް ގާނޫނުއަސާސީ އަށް ގެނައި ބަދަލު ބާތިލުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިނެވެ.

Advertisement - newsAdvertisement

އަލީ ހުސެއިން ހުށަހެޅުއްވި މި މައްސަލައިގެ ތެރެއަށް ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑެމޮކްރަޓްސް ވެސް ވަނީ ތަދައްހުލު ވެފައެވެ.

މައްސަލަ ހުށަހެޅުއްވުމަށް ފަހު އަލީ ހުސެއިން ވިދާޅުވެފައިވަނީ، ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ އިސްލާހު ގާނޫނުއަސާސީ އަށް ގެނެސްފައިވަނީ ގާނޫނު އަސާސީގެ 4 ވަނަ، 8 ވަނަ، 26، 75، އަދި 90 ވަނަ މާއްސާއާ ހިލާފަށް ކަމަށެވެ. އަދި އެ ބަދަލަކީ ސީދާ ގާނޫނުއަސާސީގެ އޮނިގަނޑާ ހިލާފަށް ގެނެސްފައިވާ ބަދަލެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ވަކިކުރުމުން ނުވަތަ ޕާޓީ ބަދަލުކުރުމުން މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ، ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުސްވި އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ހުށަހެޅި އިސްލާހެކެވެ.

އެ އިސްހާލު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިގެން ފާސްކޮށްފައިވަނީ އާންމު އުސޫލާ ޚިލާފަށް ޚިޔާލު ހުށަހެޅުމުގެ ފުރުސަތުވެސް ނުދީ އެދުވަހުން ދުވަހަށެވެ. އިސްލާހު ފާސްކުރި ދުވަހުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އިސްލާހު ތަސްދީގުކުރައްވާ އަމަލު ކުރަން ފެއްޓިއެވެ.

އެ ބިލު މަޖިލީހުން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ހަވީރު ފާސްކުރީ ސަރުކާރުގެ 78 މެމްބަރުންގެ ވޯޓާއެކު އެވެ. އެ ބިލާއި ދެކޮޅަށް 13 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.

ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހަކީ، 2007 ވަނަ އަހަރު ޢަމަލުކުރަން ފެށި، ފެހި ގާނޫނުއަސާސީ އަށް ގެނައި 7 ވަނަ އިސްލާހެވެ. 

ޤާނޫނުއަސާސީއަށް ގެނައި އެ އިސްލާހުގައި ބުނެފައިވަނީ ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލީހަށް ވާދަކޮށްގެން އިންތިހާބުވުމަށްފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގަައި ތަމްސީލުކުރާ ޕާޓީން އަމިއްލައަށް ވަކިވުން ނުވަތަ އެ ސިޔާސީ ޕާޓީގެ މެންބަރުކަމުން ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން ވަކިކުރުން ނުވަތަ އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ، އެމީހަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށް މެންބަރުކަމަށް އިންތިހާބުވުމަށްފަހު އެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ދައުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެނަމަ މެންބަރުކަމުން ވަކިވާނެ ކަމަށްވެސް މި އިސްލާހުގައި ވަނީ ބުނެފައެވެ.

ހޫނު ހަބަރުފެހި ގާނޫނުއަސާސީއެންޓި ޑިފެކްޝަން ބިލު

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

1 މާރިޗު 2025 ވާ ހޮނިހިރު ދުވަހަކީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް

28 ފެބުރުއަރީ 2025
"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"

"ސަސްޕެންޑްކުރި ފަނޑިޔާރުންނާއި މެދު ބަލަމުން ދަނީ ޚިޔާނާތުގެ މައްސަލަ އެއް"

26 ފެބުރުއަރީ 2025
އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ

އައްޑޫގައި އެކްސިޑެންޓުވެ ޒުވާނަކު މަރުވެއްޖެ

26 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު