Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

ފްރާންސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ގްރީޒްމަން ނިންމައިފި

ފްރާންސް ޤައުމީ ޓީމާ އެކު އެންމެ ފަހުން ގްރީޒްމަން ކުޅެފައި ވަނީ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 1 އޮކްޓޯބަރު 2024 | އަންގާރަ 03:59
އެންޓޮއިން ގްރީޒްމަން

އެންޓޮއިން ގްރީޒްމަން

ފްރާންސް ޤައުމީ ޓީމަށް ކުޅެމުން އައި ހުނަރުވެރި އެޓޭކިން މިޑްފީލްޑަރު އެންޓޮއިން ގްރީޒްމަން، ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާއިރު، ގްރީޒްމަންގެ އުމުރުން 33 އަހަރެވެ. ހޯމަ ދުވަހު އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓު މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ގްރީޒްމަން ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އަދި ޤައުމީ ކެރިއަރުގައި ހޭދަވި މުއްދަތުގެ އެކި ކަންކަމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އޭނާ ވަނީ އެ ޕޯސްޓުގައި ބުނެފަ އެވެ. ގްރީޒްމަންގެ ކުއްލި މި ނިންމުމާއެކު، އެތައް ބަޔަކަށް ވަނީ ހައިރާންކަމެއް ވެސް ލިބިފަ އެވެ.

ގްރީޒްމަން އަށް އެންމެ ފުރަތަމަ ފްރާންސް ޤައުމީ ޓީމުން ޖާގަ ލިބުނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ޤައުމީ ޓީމާ އެކު ހޭދަކޮށްފައިވާ 10 އަހަރުގެ ތެރޭގައި އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 137 މެޗުގައި 44 ލަނޑު ޖަހައިފަ އެވެ. ފްރާންސް ޤައުމީ ޓީމާ އެކު ގްރީޒްމަން ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު ރަޝިޔާގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގެ އިތުރުން، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގެވެ. އޭގެ އިތުރުން 2016 ވަނަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅެފައިވާއިރު، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ވަނީ ކުޅެފަ އެވެ.

ފްރާންސް ޤައުމީ ޓީމާ އެކު އެންމެ ފަހުން ގްރީޒްމަން ކުޅެފައި ވަނީ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަވެ. ސެޕްޓެމްބަރު މަހު ފްރާންސް އިން އިޓަލީ އާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ގްރީޒްމަން ވަނީ ކުޅެފަ އެވެ. އޭގެ ކުރިން މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ގްރީޒްމަން ވަނީ ކުޅެފަ އެވެ.

ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނަމަވެސް، ކުލަބު ކެރިއަރުގައި ގްރީޒްމަން ދެމި ހުންނާނެ އެވެ. އޭނާ މިވަގުތު ކުޅެމުން އަންނަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށެވެ.

ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުއެންޓޮއިން ގްރީޒްމަން

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
14 އޮކްޓޯބަރު 2025

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި
11 ސެޕްޓެމްބަރު 2025

ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

11 ސެޕްޓެމްބަރު 2025
ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ
10 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

10 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި
06 ސެޕްޓެމްބަރު 2025

ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

06 ސެޕްޓެމްބަރު 2025
ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު