Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކީލިއަން އެމްބާޕޭ

އެމްބާޕޭގެ އެކްސްް އެކައުންޓު ހެކު ކޮށްފި

އެމްބާޕޭގެ އެކްސް އެކައުންޓު ހެކު ކުރުމަށްފަހު ޕޯސްޓުތަކެއް ލިޔެފައިވީ ނަމަވެސް، މިހާރު އެއިން އެއްވެސް ޕޯސްޓެއް ފެންނާކަށް ނެތެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޯގަސްޓު 2024 | ބުރާސްފަތި 06:23
ރެއާލަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ

ރެއާލަށް ކުޅެމުން އަންނަ ފްރާންސްގެ ކީލިއަން އެމްބާޕޭ

ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭގެ ރަސްމީ އެކްސް އެކައުންޓު ހެކު ކޮށްފި އެވެ.

އެމްބާޕޭގެ އެކްސް އެކައުންޓު ހެކު ކޮށްފައިވާއިރު، އެ އެކައުންޓުގައި ވަނީ ބައެއް ޕޯސްޓު ވެސް ކޮށްފަ އެވެ. އެގޮތުން އިނގިރޭސި މެންޗެސްޓަރ ޔުނައިޓެޑާ ގުޅުން ހުރި ޕޯސްޓެއް ކޮށްފައިވާއިރު، އެ ޕޯސްޓުގައި ލިޔެފައި ވަނީ "މެންޗެސްޓަރ އިޒް ރެޑް" މިހެންނެވެ.

އޭގެ އިތުރުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާަލްޑޯގެ ވާދަވެރިކަަމާ ގުޅޭ ޕޯސްޓެއް ވެސް ވަނީ ކޮށްފަ އެވެ. މެސީގެ ފޮޓޯ ޙިއްސާ ކުރުމަށްފަހު، އެ ޕޯސްޓުގައި ލިޔެފައި ވަނީ ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އަދި މެސީ އަކީ އޭނާ އަށް އެންމެ މޮޅު ކުޅުންތެރިޔާ ނޫން ކަމަށް ވެސް އެމްބާޕޭގެ އެކްސް އެކައުންޓު މެދުވެރިކޮށް ވަނީ ބުނެފަ އެވެ.

އެއް ވަގުތެއްގައި ގިނަ ޕޯސްޓުތަކެއް ކޮށްފައިވާއިރު، ފަލަސްޠީނުގެ މުސްލިމުންނަަށް އަމާޒުކޮށް ހަމަލާ ދެމުން އަންނަ، ނިރުބަވެރި އިސްރާއީލާ ދެކޮޅަށް ވެސް އެމްބާޕޭގެ އެކްސް އެކައުންޓުގައި ވަނީ ޕޯސްޓެއް ލިޔެފަ އެވެ. އެމްބާޕޭގެ އެކްސް އެކައުންޓު ހެކުކޮށް، ލިޔެފައިވާ ޕޯސްޓުތަކުގައި މެންޗެސްޓަރ ސިޓީ ވެސް ޓެގު ކޮށްފައިވެ އެވެ.

އުމުރުން 25 އަހަރުގެ ކުޅުންތެރިޔާގެ އެކްސް އެކައުންޓަަށް ފޮލޯ ކުރާ 14 މިލިއަނަށް ވުރެ މީހުން ތިބެ އެވެ. އަދި އެމްބާޕޭގެ އެކައުންޓުން ފޮލޯ ކުރާ މީހުންގެ އަދަދަކީ 114 އެވެ. އެމްބާޕޭގެ އެކްސް އެކައުންޓު ހެކު ކުރުމަށްފަހު ޕޯސްޓުތަކެއް ލިޔެފައިވީ ނަމަވެސް، މިހާރު އެއިން އެއްވެސް ޕޯސްޓެއް ފެންނާކަށް ނެތެވެ.

ރެއާލް މެޑްރިޑްްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުކީލިއަން އެމްބާޕޭ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
02 ޑިސެމްބަރު 2025

އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް

02 ޑިސެމްބަރު 2025
އަލޮންސޯ ބުނީ ރެއާލް އިން މަސައްކަތް ކުރި ކަމަށާއި، ފުރުސަތު ނުގެއްލޭ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު