Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފްރާންސް ޤައުމީ ޓީމު

އެމްބާޕޭގެ ދިފާއުގައި ޑެޝޯމްޕްސް ވާހަކަ ދައްކައިފި

14 އޮކްޓޯބަރު 2024 | ހޯމަ 07:12

ޑެޝޯމްޕްސް ފާހަގަ ކުރި ގޮތުގައި އެއްވެސް ކުޅުންތެރިޔަކަށް އޮފް ދުވަހެއް، ނުވަތަ ޓީމުގައި ނެތް ދުވަހަކާ ދިމާވެއްޖެ ނަމަ، އެ ކުޅުންތެރިޔަކު ބޭނުން ކަމެއް ކުރެވޭނެ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 އޮކްޓޯބަރު 2024 | ހޯމަ 07:12
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަދި ކީލިއަން އެމްބާޕޭ

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އަދި ކީލިއަން އެމްބާޕޭ

އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ނަމަވެސް، ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ނައިޓް ކުލަބަކަށް ދިޔަ މައްސަލައިގައި ދެކެވެމުން އަންނަ ވާހަކަ ތަކުގައި އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް އެމްބާޕޭގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ.

ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑުން އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެމްބާޕޭ އަށް ވަނީ ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ލިބިފަ އެވެ. ނަމަވެސް އޭގެ ފަހުން ވިޔަރެއާލާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެމްބާޕޭ ވަނީ ކުޅެފަ އެވެ. ނަމަވެސް، ޔުއެފާ ނޭޝަންސް ލީގަށް ފްރާންސް އިން އެކުލަވާލި ސްކޮޑުގައި އޭނާ ނުހިމަނަ އެވެ. އެހެންވެ ނޭޝަންސް ލީގުގައި ފްރާންސް އިން އިޒްރޭލާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް އެމްބާޕޭ ނުކުޅެ އެވެ.

ފްރާންސް އިން އިޒްރޭލާ ދެކޮޅަށް ކުޅުނު ރޭގައި ސްވިޑެންގެ ނައިޓް ކްލަބަކުން އެމްބާޕޭ ފެނުނު ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެކަމުގެ ސަބަބުން އެމްބާޕޭ އާއި ޑެޝޯމްޕްސްއާ ދެމެދު ކޮންމެ ވެސް ވަރެއްގެ މައްސަލައެއް ޖެހި، ދެކޮޅު ވެރިކަމެއް ހިނގައި ދިޔަ ކަމަށް ފްރާންސްގެ ބައެއް މީޑިއާ ތަކުގައި ވަނީ ރިޕޯޓުކޮށްފަ އެވެ.

ނަމަވެސް ބެލްޖިއަމާ ދެކޮޅަށް ފްރާންސް އިން ކުޅޭ މެޗުގެ ކުރިން ޑެޝޯމްޕްސް ވަނީ އެ ވާހަކަތައް ދޮގު ކޮށްފަ އެވެ. ޑެޝޯމްޕްސް ބުނީ ފްރާންސް ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނާ ގުޅޭ ޚަބަރުތައް އޭނާ ނުބަލާނެ ކަމަށާއި، ބަލަން ބޭނުން ވެސް ނުވާ ކަމަށެވެ. އެކަން ފާހަގަކޮށް ޑެޝޯމްޕްސް ބުނީ އެމްބާޕޭ ގެންދަނީ ރެއާލާ އެކު އަނިޔާ އިން ރަނގަޅުވުމުގެ ކަންކަން ކުރިއަށް ގެންދަމުން ކަމަށާއި، އެމްބާޕޭ ހުރި ތަނެއް އޭނާ އަށް ނޭނގޭނެ ކަމަށެވެ. ޑެޝޯމްޕްސް ފާހަގަ ކުރި ގޮތުގައި އެއްވެސް ކުޅުންތެރިޔަކަށް އޮފް ދުވަހެއް، ނުވަތަ ޓީމުގައި ނެތް ދުވަހަކާ ދިމާވެއްޖެ ނަމަ، އެ ކުޅުންތެރިޔަކު ބޭނުން ކަމެއް ކުރެވޭނެ އެވެ.

އެހެންކަމުން އޭނާ އާއި އެމްބާޕޭއާ ދެމެދު އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. ބައިނަލްއަޤުވާމީ ބްރޭކަށް ކުލަބު ފުޓުބޯޅައިގެ މެޗުތައް މެދު ކަނޑާލާފައިވާއިރު، އެމްބާޕޭ އަންނަނީ އޭނާގެ ރިކަވަރީގެ ކަންކަން ކުރިއަށް ގެންދަމުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އަދި ބްރޭކަށްފަހު، ސްޕެނިޝް ލީގުގައި ރެއާލުން ކުޅޭ ފުރަތަމަ މެޗުގައި އެމްބާޕޭ އަށް ކުޅެވޭނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ބުނެފައިވެ އެވެ.

ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުކީލިއަން އެމްބާޕޭޑިޑިއޭ ޑެޝޯމްޕްސް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
14 އޮކްޓޯބަރު 2025

އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި

14 އޮކްޓޯބަރު 2025
އައިސްލެންޑުން ފްރާންސްއާ އެއްވަރު ކޮށްފި
17 ސެޕްޓެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

17 ސެޕްޓެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ
11 ސެޕްޓެމްބަރު 2025

ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ

11 ސެޕްޓެމްބަރު 2025
ޑެޝޯމްޕްސް އަށް ފަހު، ފްރާންސް ޤައުމީ ޓީމު ހަވާލު ކުރާނީ ޒިދާންއާ
10 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި

10 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ފްރާންސް އިން އައިސްލެންޑް ބަލިކޮށްފި
06 ސެޕްޓެމްބަރު 2025

ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި

06 ސެޕްޓެމްބަރު 2025
ފްރާންސް އިން ޔުކްރެއިން ބަލިކޮށްފި
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
25 ޑިސެމްބަރު 2024

އެމްބާޕޭ ބުނީ އޭނާގެ ފުރިހަމަ ކުޅުން ފެންނާނެ ކަމަށް

25 ޑިސެމްބަރު 2024
އެމްބާޕޭ ބުނީ އޭނާގެ ފުރިހަމަ ކުޅުން ފެންނާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް