Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް އދ. އަށް ކުރެއްވި ދަތުރުފުޅު

"އދ އަށް ވަޑައިގެން ރައީސް ޑރ.މުއިއްޒު ޢަމަލުކުރެއްވީ ދިވެހިންގެ މޫނުމަތި އިސްލާމީ ދުނިޔޭގެ ކުރިމަތީގައި ހުތުރުވާ ގޮތަށް"

ފައިސަލް ވަނީ ރާއްޖެއިން ސެކިއުރިޓީ ކައުންސިލްގައި އަމަލުކުރީ ވަރަށް ބޭއަދަބީކޮށް ކަމަށާއި އެއީ ރާއްޖޭގެ ރީތި ނަން ކިލަނބުވާ ކަމެއް ކަމަށް ވިދާޅުވެފަ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 29 ސެޕްޓެމްބަރު 2024 | އާދީއްތަ 03:50
 ޔޫއޭއީގެ ކުރީގެ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް

ޔޫއޭއީގެ ކުރީގެ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް

އދ އަށް ވަޑައިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު ޢަމަލުކުރެއްވީ ދިވެހިންގެ މޫނުމަތި އިސްލާމީ ދުނިޔޭގެ ކުރިމަތީގައި ހުތުރުވާ ގޮތަށް ކަމަށް ޔޫއޭއީގެ ކުރީގެ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އދގެ ސެކިއުރިޓީ ކައުންސިލްގައި ވެސް އަދި ހަވާސާގައި ބޭއްވި ބައްދަލުވުންތަކުގައި ވެސް މުސްލިމުންނާއި ދެކޮޅަށް ހިންގާ ނަފްރަތުގެ އަމަލުތަކާއި މެދު ރައީސް އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ ފައިސަލް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި ފަލަސްތީނުގެ މައްސަލަ އާއި ގުޅޭ ގޮތުން ތަފްސީލީ ގޮތެއްގައި ވާހަކަދައްކާ ފަލަސްތީނާއި އިސްރާއީލާއި ދެމެދު އުފެދިފައިވާ މައްސަލައިގެ ތާރީހާއި މެދު ވެސް އެ މަނިކުފާނު އެއްޗެއް ދަންނަވާފައި ނުވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން އދ އަށް ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އިސްރާއީލުގެ ޕްރޮޑަކްޓެއް ކަމަށްވާ ކޮސްޓާ ކޮފީ ހިތްޕަވާ ފޮޓޯ އާއި ވީޑިއޯ އާއްމު ވުމާއި އެކު އެކަމަށް ވަރަށް ބޮޑަށް އާއްމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއީ ފަލަސްތީނަށް ތާއީދުކުރުމުގެ ގޮތުން ބޮއިކޮޓްކޮށްފައިވާ ޕްރޮޑަކްޓްތަކުގެ ތެރޭގައި ހިމެނޭ ޕްރޮޑަކްޓަކަށް ވާތީ ރައީސްގެ އެ ޢަމަލުފުޅާއި މެދު އާއްމުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެކަމަށް އިޝާރާތްކުރައްވާ ފައިސަލް ވިދާޅުވީ އެފަދަ ވީޑިއޯ އާއި ފޮޓޯތަކެއް ރައީސް އޮފީހުގެ ޓްވިޓަރ އެކައުންޓުން އާއްމުކުރުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އެއިން އެނގެނީ ރާއްޖެއިން ފަލަސްތީނަށް ތާއީދު ނުކުރާ ކަން ކަމަށާއި، ސަރުކާރުން ފަލަސްތީނަށް ތާއީދު ނުކުރާކަން އަމަލުން ފެނިގެންދާ ކަމަށް ފައިސަލް ވިދާޅުވިއެވެ. އެހިސާބުން އެކަމުގައި މަތިއަޅާ ކަންކަން އޮމާންކުރުމަށް ރައީސާއި ސަރުކާރުން މަސައްކަތް ކުރެއްވި ކަމަށް ފައިސަލް ވަނީ ވިދާޅުވެފައެވެ.

ފައިސަލް ވަނީ ރާއްޖެއިން ސެކިއުރިޓީ ކައުންސިލްގައި އަމަލުކުރީ ވަރަށް ބޭއަދަބީކޮށް ކަމަށާއި އެއީ ރާއްޖޭގެ ރީތި ނަން ކިލަނބުވާ ކަމެއް ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ދައްކަވާފައި ވަނީ ރަނގަޅަށް ދިރާސާ ނުކޮށް ކަމަށާއި އޭގެ ސަބަބުން ވެއްޓެނީ ރާއްޖޭގެ އަގު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވަރަށް ބޮޑެތި އިތުރުފުޅުތައް ހައްދަވާފައިވާ ކަމަށާއި އެއީ ވަރަށް ހުތުުރުކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ވާހަކަތައް ދައްކަވަނީ ރައީސްގެ ހަރުދަނާކަމެއް ނެތުމުން ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފައެވެ. އެ ވާހަކަތައް ދައްކަވަނީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި

10 ޖެނުއަރީ 2017
ކެޕްޓަން އިހުސާން އެމްއެންޑީއެފް އިން ވަކިވެވަޑައިގެންފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު