Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މެމްބަރު އިމްތިޔާޒު ފަހުމީ

ރައީސް ޔާމިން އެންގެވި ކަމެއް ނޫން ކަމެއް ކުރަން އަދީބަށް ފުރުސަތެއް ނުލިބޭ: އިންތި

ރައީސް ޔާމިނާ އަބަދުވެސް އެންމެ ގާތްގުޅުމެއް ބޭއްވެވީ އަދީބާ

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2017 | ބުދަ 03:30
އިންތި ރާއްޖެޓީވީގައި ވާހަކަ ދައްކަވަނީ

އިންތި ރާއްޖެޓީވީގައި ވާހަކަ ދައްކަވަނީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މިނިސްޓަރު ކަމުގަ އާއި ނައިބު ރައީސްކަމުގައި ރައީސް އަބްދުﷲ ޔާމިން އެންގެވި ކަމެއް ނޫން ކަމެއް ކުރަން ފުރުސަތު ނުލިބޭ ކަމަށް މައްޗަށްގޮޅި އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި އިންތި ވަނީ އަދީބާ މެދު ރައީސް ޔާމިން ގެންގުޅުއްވި ގާތްކަމުގެ މައްޗަށް ވާހަކަ ދައްކަވާފަ އެވެ.

Advertisement - newsAdvertisement

އެގޮތުން ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރަކަށް ޕީޕީއެމް އިން އައްޔަން ކުރުމަށް ފަހު އޭނާ މިނިސްޓަރު ކަމުން ވަކިކޮށްފި ނަމަ އެ ސަރުކާރުގެ ކޯލިޝަނުން ވަކިވާނެކަމުގެ އިންޒާރުދީފައިވާކަން ފާހަގަ ކުރެއްވި އެވެ. އަދި އޭގެ ފަހުން ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތުމަށް ފަހު ޓޫރިޒަމް މިނިސްޓަރު ކަމާއި ނައިބު ރައީސްކަން ދެއްވީ ރައީސް ޔާމިން އަމިއްލަފުޅަށް ބޭނުންވެގެންކަން ވެސް އިންތި ފާހަގަ ކުރެއްވި އެވެ.

ވައްކަމުގެ މައްސަލައެއްގައި އަދީބު ހައްޔަރުކޮށްފައިނުވާ ކަމަށް ފާހަގަ ކުރައްވައި، އިންތި ވިދާޅުވީ އެއްވެސް އިރެއްގައި އަދީބު ކުރި ވައްކަމަކާ ގުޅިގެން ރައީސްޔާމިނާ ގުޅުން ކެނޑިފައިނުވާ ކަމަށެވެ.

ރައީސްގެ އިއުތިރާފުތަކާ އެކު ވެސް ފުލުހުންނާއި ކޯޓުތަކުން ބަލަން ތިބޭތީ ކަންބޮޑުވުން ފާޅުކުރައްވައި، އިންތި ވަނީ މިއީ ދައުލަތެއްތޯ ސުވާލު އުފައްދަވާފަ އެވެ. އަދި ވެރިމީހާގެ ގެއަށް ފައިސާގެ ދަބަސް ގެންދިއުމަކީ މާފިޔާތައް ހިންގާ ގުރޫޕެއްގެ ސިފަ ކަމަށާއި އެއީ ސަރުކާރު ސިފައެއް ނޫން ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"ސަރުކާރު ގެތަކަށް ފައިސާ ވަންނަ އޮންނާނެ އުސޫލެއް. އޮޑިޓް ކުރެވިގެން ސަރުކާރުގެ މުވައްސަސާތަކަށް. އަޅުގަނޑު ފިލްމްތަކުން ފެންނަނީ މާފިޔާ އޮޕަރޭޓްކުރާ އުސޫލުން ދަބަސް ދަބަހުގައި ޓާސްކް ނިމުމަށް ފަހު ބޮހަށް ފައިސާ ގެންދާތަން،" އިންތި ވިދާޅުވި އެވެ.

ދޫވެއްސަށް ފައިސާ ވެއްދި ކަމަށް އިއުތިރާފުވެވަޑައިގެން ރައީސް ޔާމިން ދެއްކެވި ވާކަތަކަކީ އަމިއްލައަށް ވެވޭނެ އެންމެ ބޮޑު އިއުތިރާފު ކަމަށް ވެސް އިންތި ވިދާޅުވި އެވެ.

"އަލްފާސިލް މި ފައިސާ ވާހަކަ ދައްކަވާއިރު މި ވިދާޅުވަނީ ތިމަންނަގެ މި ސަރުކާރަށޭ އެންމެ ބޮޑު ވައްކަމުގެ ތުހްމަތު އެޅުވިފައިވަނީ. އެންމެ ބޮޑު ހިޔާނާތް މި ރައްދުވަނީ ތިމަން މަނިކުފާނަށޭ. އެންމެ ބޮޑު ހިޔާނާތް އެންމެ ބޮޑު ވައްކަން ރައްދު މި ވަނީ ތިމަން މަނިކުފާނުގެ ސަރުކާރަށޭ،" އިންތި ވިދާޅުވި އެވެ.

ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތަކަށް މަގު ފަހިވާނެ ގޮތައް ރޭވި އިންތިޒާމް ކުރެވި ގާނޫނުތައް ވެސް ވަނީ ބަދަލުކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު