Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފްލެޓު ލިސްޓު

އޮކްޓޯބަރު މަހު އާންމުކުރާނެކަމަށް ބުނި ފްލެޓު ލިސްޓު- ވައުދު ފުއްދާނެކަމާމެދު ޔަގީންކަމެއް ނެތް

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މިއަންނަ އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ ބަސްފުޅަށް އިތުބާރު ކުރާ މީހުން މަދެވެ.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 ސެޕްޓެމްބަރު 2024 | ހޮނިހިރު 07:51
ނިމިދިޔަ ސަރުކާރުން ދިން ފްލެޓާއި ގޯތި ނުދީ މި ސަރުކާރުން ލަސްކުރާތީ އާއްމުން ކުރި މުޒާހަރާއެއްގެ ތެރެއިން

ނިމިދިޔަ ސަރުކާރުން ދިން ފްލެޓާއި ގޯތި ނުދީ މި ސަރުކާރުން ލަސްކުރާތީ އާއްމުން ކުރި މުޒާހަރާއެއްގެ ތެރެއިން

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އިއުލާންކުރި ފްލެޓު ލިސްޓުގެ ބޮޑު ޕަސެންޓެއް ޝަރުތު ހަމަނުވާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިއުލާން ކުރީ 5 ފެބްރުއަރީ 2024 ގައެވެ. މައްސަލައެއް ނެތް ފަރާތްތަކަށް ފްލެޓުތައް ދޫކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް ހަވާލުކޮށްފައިވާއިރު، މިހާތަނަށް އެމަސައްކަތް ކޮށްފައިނުވެއެވެ. މިދިޔަ ދުވަސްތަކުގައި ފްލެޓުތައް ދޫކުރާނެ ދުވަހެއް ނޭނގޭތީ ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ މިނިސްޓަރު ހައިދަރުގެ އިސްތިއުފާއަށް ގޮވާލާ ލޮނުޒިޔާރަތްކޮޅުގައި މުޒާހަރާވެސް ކޮށްފައެވެ.

އެންމެ ފަހުން ސަރުކާރުން މުޒާހަރާތައް ފިނި ކުރުމަށް ހައުސިންގ ޔޫނިއަންތަކުގެ ބޭފުޅުންނާ ބައްދަލުކުރިއެވެ.

އަދި އެއަށްފަހު ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު މިއަންނަ އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ. ހައުސިންގ ޔޫނިއަންތަކުގެ ބޭފުޅުންވެސް ވިދާޅުވަނީ ސަރުކާރުން އެ ނިންމުމާ އެއްގޮތަށް އަމަލު ކުރަންދެން ބަލަ ބަލާ ތިބި ކަމަށެވެ.

މިނިސްޓަރ ހައިދަރު ވިދާޅުވާ ގޮތުގައި ފްލެޓު ލިސްޓު އޮކްޓޯބަރު މަސްތެރޭގައި އާއްމުކުރާނެއެވެ. އެގޮތުން 32 ޓަވަރުގެ މަސައްކަތްތައް ކުރިއަށްދާއިރު، ފުރަތަމަ 6 ޓަވަރުގެ މަސައްކަތް ނިމޭނީ އޮކްޓޫބަރު މަސް ތެރޭގައި ކަމަށް މިނިސްޓަރ ވިދާޅުވެއެވެ.

އެހެންކަމުން އެ އެޓަވަރުތަކުގެ މަސައްކަތް ނިމުމާއެކު ލިސްޓު ވެސް އާއްމުކުރާނެ ކަމަށާއި، ފްލެޓުތައް ހުސްކޮށް ނުބަހައްޓާނެ ކަމަށް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ފްލެޓު ލިބުނު އާންމު ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ޝައްކުތަކަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ދާއިރާތަކުގެ އިންތިޚާބެއް އޮކްޓޯބަރު މަހަށް ތާވަލު ކުރެވިފައި ވުމާއެކު، ފްލެޓު ލިސްޓު އާންމު ކުރުމުގެ މަސައްކަތް ހިނގިޔަސް ހިނގާނީ އެއަށްފަހުއެވެ. އެއީ ފްލެޓު ލިސްޓުގެ ވާހަކައަކީ ސަރުކާރުން ކޮންމެ އިންތިޚާބަކާ ދިމާކޮށް ދައްކަމުން އަންނަ ވާހަކައަކަށްވާތީވެސް މެއެވެ.

ގޯތި އަދި ފްލެޓު ލިބޭނެކަމަށް ފައިނަލް ލިސްޓުގައި ހިމެނި، ގެޒެޓު ކޮށްފައިވާ ފަރާތްތަކަށް ދެ ހަފްތާ ތެރޭގައި ރަޖިސްޓްރީ ޙަވާލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފައިވެއެވެ. އެއީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ.

އެހެންކަމުން އެ ދެ ހަފްތާ 10 މަހަށް ވެގެންދާއިރު، އޮކްޓޯބަރު މަހު ވަކި ލިސްޓު އާންމު ކުރާނެ ކަމާމެދު ރައްޔިތުންގެ އުއްމީދު ކުޑައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

ފާރިސްއާއި މަހުލޫފް: ސިޔާސީ މައިދާނުގައި އަލިގަދަ ދެ ތަރިން

31 ޑިސެމްބަރު 2017
އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

އަބުރުވެރި، ޝަރަފުވެރި މަޖިލީހަކަށް ހަދާނެ ކަމަށް ބުނި ވައުދާއެކު މަޖިލީހުގައި އެޅުވީ "ތަޅު"

16 ނޮވެމްބަރު 2017
ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

ފުޓުބޯޅައަށް އިންޤިލާބެއް ގެންނަން ބުނި އެފްއޭއެމްގެ ލީޑަރޝިޕް ފެއިލްވެއްޖެ!

08 ނޮވެމްބަރު 2017
ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

13 ސެޕްޓެމްބަރު 2017
ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

ގޮނޑުދޮށުގައި ވެއްޓިފައިއޮތް 16 މަހުގެ ތުއްތު ކުއްޖާގެ ފޮޓޯ: ލައްކަ ވާހަކަ

10 ސެޕްޓެމްބަރު 2017

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު