Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަސްފަންނު

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

ކޭއެފްސީ އާއި ޕިއްޒާ ހަޓް ރަސްފަންނަށް ގެންނަން ބުނިތާ 10 މަސް ވެއްޖެ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 28 ޖޫން 2017 | ބުދަ 09:16
ރަސްފަންނު ބީޗް

ރަސްފަންނު ބީޗް

ކޭއެފްސީ އާއި ޕިއްޒާ ހަޓް ފަދަ މަޝްހޫރު ފްރެންޗައިޒްތަކާއެކު ރަސްފަންނުގެ "ބީޗް ޕެވިލިއަން" ތަރައްގީކޮށް، ހިންގައި ބަލަހައްޓަން ބަޔަކާ ހަވާލު ކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުއެވެ.

ރަސްފަންނުގައި ޕެވެލިއަން ހަދާ އެ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހަވާލު ކޮށްފައި ވަނީ މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއެވެ. އަދި ރަސްފަންނުގައި ކޭއެފްސީ އާއި ޕިއްޒާ ހަޓްގެ އިތުރުން ޕެވިލިއަން ތަރައްގީ ކުރުމުގެ މަސައްކަތް ބްރަދާސް ކޭޓްރިންއާ ހަވާލު ކޮށްފައި ވަނީ އެމްޑަބްލިޔުއެސްސީގެ ފަރާތުންނެވެ.

ކޭއެފްސީ އާއި ޕިއްޒާހަޓް ރަސްފަންނުގައި ހިންގުމުގެ ހުއްދަ ބްރަދާސް ކެޓްރިން އަށް ދީފައި ވަނީ 10 އަހަރުގެ މުއްދަތަށެވެ. އަދި މަސައްކަތް ހަވާލު ކޮށްފައި ވަނީ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން ފަސް މަސް ދުވަސް ތެރޭގައި ނިންމާ ހިދުމަތް ދޭން ފަށާ ގޮތަށެވެ.

ނަމަވެސް އެއްބަސްވުމުގައި ސޮއި ކުރިތާ 10 މަސް ދުވަސް ވެފައިވާއިރު ރަސްފަނަށް ކޭއެފްސީ އަދި ޕިއްޒާ ހަޓް އައުމުގެ އެއްވެސް ކުލަވަރެއް ފެނިފައެއް ނުވެއެވެ، އަދި ޕެވިލިއަންގެ މަސައްކަތެއް ވެސް އެ ސަރަހައްދުގައި ކުރަމުންދާ ތަނެއް ނުފެނެއެވެ. ފެންނަނީ އެތަނުގައި ހަދާ ޕެވިލިއަންގެ އިމާރާތުގެ އޮނިގަނޑުގެ ބޭރުން ޖަހާފައި ހުރި ދާތައް ފީވެ ފައިބަމުންދާ މަންޒަރެވެ. އިމާރާތުގެ އޮނިގަނޑު ވީރާނާ ވަމުންދާ މަންޒަރެވެ.

މިކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފް ކުރުމަށް އެމްޑަބްލިޔުއެސްސީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދަށް ރާއްޖެއެމްވީން ތަކުރާތުކޮށް ގުޅައި، މެސެޖް ކުރި ނަމަވެސް އޭނާ ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި މައުލޫމާތު ސާފްކުރުމަށް އެމްޑަބްލިޔުއެސްސީގެ ޕަބްލިކް ރިލޭޝަންސް އަށް ގުޅުމުން މައުލޫމާތު ސާފް ކުރުމަށް ފަހު ޖަވާބު ދޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން ރާއްޖެއެމްވީން ގުޅި ނަމަވެސް ފޯނަށް ޖަވާބު ދީފައެއް ނުވެއެވެ.

މީގެ އިތުރުން އެތަން ތަރައްގީ ކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލު ކުރި ހައުސިން މިނިސްޓްރީ އަށް ގުޅުމުން ވެސް އެކަމުގެ މައުލޫމާތު ސާފްވާ ގޮތް ވަނީ ނުވެފައެވެ.

އެގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައުލޫމާތު ދެވޭނީ އެމްޑަބްލިޔުއެސްސީ އަށް ކަމަށެވެ. އަދި އެ މައުލޫމާތު އެމްޑަބްލިޔުއެސްސީ އަށް މެދުވެރިކޮށް ނުލިބުނު ކމަށް ރާއްޖެއެމްވީން ބުނުމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައުލޫމާތު ސާފް ކުރުމަށް ފަހު މަސައްކަތް ގޮސްފައިވާ ހިސާބު އަންގާނެ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް ހައުސިން މިނިސްޓްރީ އަށް އެ މައުލޫމާތު ދެވޭ ގޮތް ވަނީ ނުވެފައެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު އެމްޑަބްލިޔުއެސްސީގެ އެމްޑީ ފަޒުލް ވިދާޅުވެފައި ވަނީ ބީޗް ޕެވިލިއަން ހިންގަން ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައި ވަނީ ބްރަދާސް ކޭޓަރިންނުން ކަމަށެވެ. މިދިޔަ އަހަރުގެ މެދުތެރޭގައި ނިންމައި ހުޅުވަން ބުނި ޕެވިލިއަންގެ މަސައްކަތް ލަސްވެގެން ދިޔައީ ބައެއް އިދާރީ މަސައްކަތްތައް ދިގުލައިގެން ދިޔުމުން ކަމަށް ފަޒުލް ވިދާޅުވެފައި ވެއެވެ.

ބްރަދާސް ކޭޓްރިންގެ އެމްޑީ ހުސެއިން ނިޔާޒު އޭރު ވިދާޅުވެފައި ވަނީ، ޕެވިލިއަންގެ ހިދުމަތް ދޭން ފަށާނީ ދުނިޔޭގެ މަޝްހޫރު ފްރެންޗައިޒްތަކަކާ އެކު ކަމަށެވެ. އެގޮތުން ފަށާއިރު ވެސް ކޭއެފްސީ އަދި ޕިއްޒާ ހަޓްގެ ހިދުމަތް އެތަނުން ލިބިގެންދާނެ ކަމަށެވެ. އޭގެ އިތުރަށް އެހެން މަޝްހޫރު ފްރެންޗައިޒްޗްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. ޕެވީލިއަން ތަރައްގީކުރުމަށް ހަވާލުކޮށްފައިވާއިރު އެތަނުގެ ފަސްޓް ފްލޯގައި ކެފޭ އޭރިއާއެއް ހަދާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ތިރީގައި ފަސް ފާހަނަ ހިމެނޭ ގޮތަށް އިންޑޯ ޝަވާ އޭރިއާއަކާއި އާމުން އިށީންނާނެ ޖާގަތަކެއް ވެސް ގާއިމް ކުރާނާއި އަދި ކާއެއްޗެހި ވިއްކާ ފިހާރައެއް ވެސް ހުޅުވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރން ރަސްފަންނުގައި ޝޮޕިން މޯލަކާއި ހޮޓަލެއް ތަރައްގީ ކުރުމާ ގުޅޭ ގޮތުން 2016 ވަނަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހު ފިނޭންސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި ވަގުތު ރީޓެއިލް ވިޔަފާރިކުރަން ބޮޑު ޝޮޕިން މޯލެއް ނެތް ކަމަށާއި ހާއްސަކޮށް މަތީ ފެންވަރުގެ ބްރޭންޑުތަކުގެ ތަކެތި ވިއްކާ ފިހާރަތަކެއް ނެތް ކަމަށެވެ. އެ މިނިސްޓްރީން ބުނީ މާލޭގައި ދިރިއުޅޭ ބޮޑު އާބާދީއަށާއި މާލެ ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އަމާޒުކޮށްގެން މަތީ ފެންވަރު ތަކެތި ވިއްކާ ފިހާރަތަކެއް ހިމެނޭ ގޮތަށް މަޝްރޫއެއް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޝޮޕިން މޯލާއި ހޮޓަލް ކުއްޔަށްދެނީ 50 އަހަރަށެވެ. މި ތަން ތަރައްގީކުރަނީ 70،000 އަކަފޫޓުގެ ސަރަހައްދެއްގަ އެވެ.

ސިންގަޕޫރުގެ މެރީނާ ބޭގެ ތަސްވީރު ރަސްފަންނާ މެދު ދެއްކި ނަމަވެސް އެއީ އަދި ކުރެހުމެކެވެ. ހަގީގަތަކަށް ވުމުގެ ކޮޅުމައްޗެއް ފެންނާކަށް ނެތެވެ. ސަރުކާރުން އެބުނާ ވަރުގެ ޝޮޕިން މޯލްތަކެއް ތަރައްގީކުރަން ބަޔަކު ޝައުގުވެރިވި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެނގޭކަށް ނެތެވެ. ޔަގީންވާ ކަމަކީ އެވަރުގެ ބިޔަ ތަނެއް ހެދުމުގެ ކުޑަވެސް ނިޝާނެއް އަދި ފެންނަން ނެތް ކަމެވެ. އޭގެ ބަދަލުގައި ފެންނަނީ ފެނުގެ ތެރޭގައި ހުރި ޕެވިލިއަންގެ އޮނިގަނޑު އެތަނަށް ވީރާނާވެ ކަރުތާފެނަށް ގެނބެމުންދާތެނެވެ. ފަހަރުގައި ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ފަހު އަހަރު ގުނަމުންދާ އިރު ކުއްލިއަކަށް އެތަނުން ފާޅުވުން އެކަށީގެން ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

މިފަަހަރު އެމެެރިކާ އިން ސީރިޔާ އާއި ދޭތެރޭ ކަންކުރާނީ ކިހިނެއްބާ؟

18 މެއި 2017
ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

ތަން ތަގެ ރަޓާ ލެބީގެން ނުން މަން މަގެ ރަޓާ އާއި ދާއިރާ ލެބެންނާ

15 މެއި 2017
އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

އުުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ޓެސްޓް ކުރަނީ ކީއްވެބާ؟

06 މެއި 2017
ފުރާނައާއި ފުރާނަފުޅު!

ފުރާނައާއި ފުރާނަފުޅު!

26 އެޕްރީލު 2017
އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ގޯހަށް! ނިމޭނިީ ކިހާ ހިސާބަކުންބާ؟

24 އެޕްރީލު 2017

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު