Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަ ސުރުޚީ

ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ތަހުގީގް ކުރަން ޖެހޭ: ފައްޔާޒް

މިއަށްވުރެ ބޮޑު އިއުތިރާފެއް ނެތް މިރާއްޖޭގައި ތަހުގީގެއް ހިންގާކަށް ބޭނުމެއް ނުވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 15 އޯގަސްޓު 2017 | އަންގާރަ 19:41
ފައްޔާޒް އިމްތިޔާޒާއެކު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ފައްޔާޒް އިމްތިޔާޒާއެކު ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި

ސަރުކާރުން ގެއްލިފައިވާ ފައިސާތަކުގެ މައްސަލަ ރާއްޖޭގައި މިހާރު ހުރި ކޯޓުތަކުން ބެލިއަސް ރައީސް ޔާމީނަށް އެކަމުން ރެކެވޭނެ ގޮތެއް ނެތް ކަމަށާއި ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ވެސް ތަހުގީގް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ރާއްޖެ ޓީވީން ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި، ރުމާލް 2 ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅު ތަކަށް ރައްދު ދެއްވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ޔާމީންގެ ގެކޮޅު ގ ދޫވެއްސަށް ވެއްދި ފައިސާއަކީ ހަލާލް ފައިސާ ނޫން ކަމަށް ބެލެވޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ އޭރު ރައްޔިތުންނާއި އިދިކޮޅު ފަރާތްތަކާއި ކޯލިޝަންގައި އޭރު ހިމެނު ފަރާތްތަކުން އެވާހަކަތައް ދެއްކުމުން ރައީސް ޔާމީން ދޮގު ކުރައްވާ އަޅާނުލައްވައި ދޫކޮށްލެއްވި ކަން ކަމަށް މިއަދު އެދަނީ އިއުތިރާފްވެވަޑައި ގަންނަވަމުން ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ ރާއްޖޭގައި މިހާރު މިހުރި ކޯޓުތަކުން ބެލި ނަމަވެސް ރައީސް ޔާމީންގެ މައްޗަށް އެފައިސާތަކުގެ މައްސަލަ ސާބިތު ވާނެ ކަމަށާއި މިއަށް ވުރެ ބޮޑު އިއުތިރާފެއް ނުވެވޭނެ ކަމަށެވެ.

"މިއަށްވުރެ ބޮޑު އިއުތިރާފެއް މިރާއްޖޭގައި ތަހުގީގެއް ހިންގާކަށް ބޭނުމެއް ނުވޭ." ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ އޭރު މިވާހަކަތައް އިދިކޮޅު ފަރާތްތަކުން ދެއްކި ކަމަށާއި އޭރުގެ ކޯލިޝަންގައި ހިމެނުނު ފަރާތްތަކުން ވެސް އެކަން ހިއްސާ ކުރަމުން އެކަން ޤަބޫލް ކުރެއްވުމުގެ ބަދަލުގައި އަދީބު ހެއްދެވީ ޚާލިދުބުނު ވަލީދާ އެއްފަދަ ބޭފުޅަކަށް ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އޭރު އެފައިސާގައި ޖެހިވަޑައި ނުގެންނެވި ނަމަވެސް އެކަންކަން އެހެން ކުރިއިރު ނޭނގުމަކީ ވެސް މައްސަލައެއް ނޫން ކަމަށާއި އެކަން ކަމަށް ބައްލަވާފައި ވެސް ރައީސް ޔާމީން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ. އެގޮތުން މިމައްސަލައިގައި މޯރަލް ގޮތުން ބެލިނަމަވެސް އަދި ޖިނާއީ ގޮތުން ބެލިކަމުގައި ވިއަސް ރައީސް ޔާމީނަށް ސަލާމަތް ވެވޭނޭ އެއްވެސް ގޮތެއް ނެތް ކަމަށް ޤާނޫނީ ވަކީލްކަން ވެސް ކުރައްވާ ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒް ވިދާޅުވީ ހެއްކަށް ނުފޫޒް ފޯރުވަފާނެތީ މިއަދު ފުލުހުންނާއި ޕީޖީ އޮފީހުން އަދި އޭސީސީން ރައީސް ޔާމީން ހައްޔަރުކޮށް ބަންދުގައި ބަހައްޓައިގެން ވެސް ތަހުގީގް ކުރިއަށް ގެންދަން ޖެހޭނެ ކަމަށެވެ.

"މިއަކުން ރައީސް ޔާމީނަށް ރެކެވޭނެ އެއްވެސް ގޮތެއް ނެތް. މޯރަލް ގޮތުންނާއި ޖިނާއީ ގޮތުން ބެލިއަސް. ހަމަގައިމު ވެސް ފުލުސް އޮފީހުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީން ހައްޔަރު ކޮށްގެން ހެއްކަށް ނުފޫޒް ފޯރުވަފާނެތީ ބަންދުގައި ބަހައްޓައިގެން އެތަހުގީގް ކޮށް ނިންމަން އެބަޖެހޭ ، އެމަނިކުފާނު އޭގައި ހިމެނޭތޯ ނޫންތޯ ބެލުމަށްޓަކައި" ފައްޔާޒް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު