Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުން ތިބި ސްކޫލަކަށް ބޮން އަޅާ 22 މީހުން ޝަހީދު ކޮށްލައިފި

ޣައްޒާ ސިޓީގައި ހުރި ޒައިތޫން ސްކޫލަށް ހޮނިހިރު ދުވަހު ދިން ހަމަލާގައި މަރުވި މީހުންގެ ތެރޭގައި 13 ކުދިންނާއި 6 އަންހެނުން ހިމެނޭ

ރާއްޖެ އެމްވީ | 21 ސެޕްޓެމްބަރު 2024 | ހޮނިހިރު 13:13
ސެޕްޓެމްބަރު 21 ވަނަ ދުވަހު، ޣައްޒާ ސިޓީގައި ހުރި ސްކޫލަކަށް އިޒްރޭލުން ބޮން އަޅާ ދީފައިވާ ގެއްލުން ބަޔަކު ބަލަނީ

ސެޕްޓެމްބަރު 21 ވަނަ ދުވަހު، ޣައްޒާ ސިޓީގައި ހުރި ސްކޫލަކަށް އިޒްރޭލުން ބޮން އަޅާ ދީފައިވާ ގެއްލުން ބަޔަކު ބަލަނީ

ޣައްޒާ ސިޓީގައި ގެދޮރު ގެއްލިފައިވާ މީހުން ތިބި ސްކޫލަކަށް އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން 22 ފަލަސްތީނު މީހުން ޝަހީދުވެއްޖެ ކަމަށް ޣައްޒާގެ ސިއްހީ ވުޒާރާއިން ބުނެފިއެވެ.

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ކަށަވަރުކޮށްދިން ގޮތުގައި ހޮނިހިރު ދުވަހު އިޒްރޭލުން ޣައްޒާ ސިޓީގެ އިރުމަތީ ސަރަހައްދުގައި ހުރި ޒައިތޫން ސްކޫލަށް ވަނީ ހަމަލާދީފައެވެ.

ސަރުކާރުގެ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 13 ކުޑަކުދިންނާއި، 6 އަންހެނުންނާއި، 3 މަސް ވެފައިވާ ތުއްތު ކުއްޖެއް ހިމެނެއެވެ.

ސިއްހީ ވުޒާރާއިން ބުނާ ގޮތުގައި މަދުވެގެން 30 މީހުން މިހަމަލާގައި ޒަޚަމްވެފައިވެއެވެ. ބަހެއް މީހުންނަށް ސީރިއަސް ޒަޚަމްތައް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ދެ މީހަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބައްސާލް ބުނި ގޮތުގައި ސްކޫލް އިމާރަތައް ހަމަލާ ދިން އިރު އެ އިމާރާތުގައި ވަގުތީ ބޯހިޔާވަހިކަން ހޯދަމުންދާ އެތައްހާސް ފަލަސްތީން މީހުން ތިއްބެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖަހަމުންދާ އިޒްރޭލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ އެއަރ ފޯސްއިން "ޣައްޒާ ސިޓީގައި ހުރި ހަމާސްގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރެއްގައި ހަރަކާތްތެރިވަމުންދިޔަ ޓެރަރިސްޓުންނަށް ސީދާ ހަމަލާއެއް،" ދީފައިވާ ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ޒައިތޫން ސްކޫލާ އިންވެގެން ހުރި އަލް-ފަލާހު ސްކޫލުގެ "ތެރޭގައި" އެ ހަމަލާދިން ޓާގެޓް ހުރި ކަމަށެވެ.

އާންމުން ދިރިއުޅޭ ތަންތަނަށް ހަމަލާދީ އެތައް ބަޔެއްގެ ފުރާނަ ދުއްވާލުމަށް ފަހު އިޒްރޭލުން އަބަދުވެސް ބުނަމުން ގެންދަނީ، އެތަންތަނަށް ހަމަލާދެނީ ހަމާސް އިން އެތަންތަން އަސްކަރީ ބޭނުންތަކަށް ބޭނުންކުރާތީ ކަމަށެވެ. ތަކުރާރުކޮށް ހަމާސް އިން މިކަން ވަނީ ދޮގުކޮށްފައެވެ.

ހޮނިހިރު ދުވަހުގެ މި ހަމަލާއަކީ އިޒްރޭލުން ފަލަސްތީންގެ ގެދޮރު ގެއްލިފައިތިބި މީހުން އުޅޭ ސްކޫލްތަކަށާއި އިމާރާތްތަކަށް ދެމުންދާ ސިލްސިލާ ހަމަލާތަކުގެ ތެރެއިން ހަމަލާއެކެވެ. މި އިމާރާތްތަކުގައި ފަލަސްތީން މީހުން ދިރިއުޅެމުންދަނީ، އެމީހުންގެ ގޯތި ގެދޮރުން ނުކުންނަން އިޒްރޭލުން ކުރާ އަމުރުތަކާ ގުޅިގެންކަން ފާހަގަ ކުރެވެއެވެ.

ސެޕްޓެމްބަރު 11 ވަނަ ދުވަހު ޣައްޒާގެ މެދުތެރޭގައި ހުރި އދ. އިން ހިންގާ އަލް-ޖައުނީ ސްކޫލަށް ދިން ހަމަލާގައި މަރުވި ކަމަށް ރިޕޯޓުކުރެވުނު 18 މީހުންގެ ތެރޭގައި އދ ގެ ފަލަސްތީންގެ ރެފިއުޖީންނާ ބެހޭ އޭޖެންސީ އަންރްވާ ގެ 6 މުވައްޒަފުން ހިމެނެއެވެ.  

ޣައްޒާގެ މީޑިއާ އޮފީހުން ބުނާ ގޮތުގައި ވަގުތީ ހިމާޔަތުގެ ގޮތުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީން މީހުން ބޭނުން ކުރާ 181 އިމާރާތަކަށް މިހާތަނަށް އިޒްރޭލުން ބޮންއަޅާފައިވެއެވެ.

ފަލަސްތީން - އިސްރާއީލް ހަމަނުޖެހުންޣައްޒާއިޒްރޭލްއިސްރާއީލް އަސްކަރިއްޔާ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު