ކ. މާލެ
|
19 މެއި 2024 | އާދީއްތަ 18:59
ސިވިލް ސާވިސް މުވައްޒަފަކު ބުނި ގޮތުގައި އެ އޮފީހުގެ ސިޔާސީ މަގާމު ތަކުގައި ތިބީ ކޮން ބައެއް ކަންވެސް ނޭނގެ
ސިވިލް ސާވިސް މުވައްޒަފަކު ބުނި ގޮތުގައި އެ އޮފީހުގެ ސިޔާސީ މަގާމު ތަކުގައި ތިބީ ކޮން ބައެއް ކަންވެސް ނޭނގެ
ރާއްޖެ އެމްވީ
ސިޔާސީ މަގާމުތައް އިތުރުވުން
ސިޔާސީ މަގާމުތަކުގެ މުސާރައިގެ ގޮތުގައި ފައިސާ ދީ ރައްޔިތުންގެ ޓެކްސް ފައިސާ ލޫޓުވަނީ
ވަޒީފާ ދީފައި ތިބި ސިޔާސީ މީހުން އިށީންނާނެ ގޮނޑި މޭޒުވެސް މިނިސްޓްރީތަކުގައި ނެތް
ގިނަ މިނިސްޓްރީ ތަކުގައި 40ށް ވުރެ ގިނައިން ސިޔާސީ މަގާމުތަކުގައި މީހުން އެބަތިބި
އެމީހުންގެ މަހު މުސާރައަށް އެކަނިވެސް މިނިސްޓްރީ އަކުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ކޮންމެ މަހަކު ޚަރަދުކުރާ ކަމަށް ވޭ

ޑރ. މުއިއްޒުގެ ސަރުކާރުގައި އުފެއްދި މިނިސްޓްރީ ތަކުގެ އަދަދު ކުރީ ސަރުކާރަށް ވުރެ ގިނަ އެވެ. އެއިން ކޮންމެ މިނިސްޓްރީ އަކާ އެކު ޚަރަދުގެ ބުރަ އުފުލަން ޖެހެނީ ދައުލަތުގެ ޚަޒާނާ އަށެވެ. ގިނަ މިނިސްޓްރީ ހަދައިގެން އެކަމުން ގައުމަށް ވީ ފައިދާ އެއް ހިންގުމަށް އައި ހަލުއި ކަމެއް އަދި ފެންނާކަށް ނެތެވެ. ގިނަ މިނިސްޓްރީ ތަކާއެކު ގިނަ މީހުންނަށް މިނިސްޓަރުކަން ލިބެއެވެ. ކާރުކޮޅާއި، އޮފީސް ކޮޅާ، ވީއައިޕީ ޚިދުމަތް ވަކި ބަޔަކަށް ލިބިގެން އެކަމުގެ މޮޅު އެމީހުންނަށް ނުލިބޭ ވާހަކައެއް ނޫނެވެ. ހުރިހާ މޮޅުތަކެއް އެބަޔަކަށް ލިބޭއިރު އޭގެ ތެރޭގެ ބައެއް މީހުންގެ ގާބިލް ކަމާމެދުވެސް ސުވާލު އުފެދެއެވެ. އެމީހުންގެ ފުށުން ފައިދާ އެއް ނުވާތާ އެމީހުންގެ ސަބަބުން ދުނިޔޭގެ ކުރިމަތީގައި ރާއްޖޭގެ އަގުވެއްޓުން ނޫން ކަމެއް ނުވެއެވެ.

ޚަރަދަށް ޒިންމާވުމުގެ ސިފައަކީ މި ސަރުކާރުގައި އަމްދުން ނެތް ސިފައެކެވެ.

މީސް މީހުންނަށް ފޭވަރ ކުރުމުގެ ގޮތުންނާއި، އާއިލީ މީހުންނަށް ބާރާއި އާމްދަނީ ހޯދައި ދިނުމުގެ ގޮތުންނާއި، ސިޔާސީ ގޮތުން ކޮންޓްރޯލް ބޭއްވުމަށް ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީ ތަކަށް މީހުން އަޅާ ފުރައިފިއެވެ. އެއްވެސް އުސޫލެއް ގޮތެއް ފޮތެއް ނެތި މީހުން ވަޒީފާއަށް ލުމާއި، ވަޒީފާގެ ކުރިއެރުން ދިނުމަކީ މިއަދު ރާއްޖޭގައި އާއްމު ކަމެކެވެ.

ގިނަ މިނިސްޓްރީ ތަކުގައި 40ށް ވުރެ ގިނައިން ސިޔާސީ މަގާމުތަކުގައި މީހުން އެބަތިއްބެވެ. އެމީހުންގެ މަހު މުސާރައަށް އެކަނިވެސް މިނިސްޓްރީ އަކުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ކޮންމެ މަހަކު ޚަރަދުކުރާ ކަމަށް ވެއެވެ. މީހުން ވަޒީފާއަށް ލުމުގައި ފެންވަރަކަށް ތަޖުރިބާ އަކަށް ނުބަލާތާ އެއިން މީހަކު ކުރާނެ މަސައްކަތެއްވެސް އޮތް ކަމަކަށްވެސް ނުވެއެވެ.

ނަން ނުޖެހުމަށް ޝަރުތު ކޮށް "ރާއްޖެއެމްވީ" އާ ވާހަކަ ދެއްކި ސަރުކާރު އޮފީހެއްގެ ސިވިލް ސާވިސް މުވައްޒަފަކު ބުނި ގޮތުގައި އެ އޮފީހުގެ ސިޔާސީ މަގާމު ތަކުގައި ތިބީ ކޮން ބައެއް ކަންވެސް އެ އޮފީހުގެ ސިވިލް ސާރވިސް މުވައްޒަފުންނަކަށް ނޭގެއެވެ. "ބައެއް މީހުން ބައެއް ދުވަސް ދުވަހު ފެންނާނެ. ގިނަ މީހުން ނުވެސް ދެކެން އެއް ގޮތަކަށްވެސް. އަންނަ މީހަކު އައިސްފައިވެސް އިރުކޮޅަކު އުޅެލާފައި ދާނީ ކޮފީއަށް." އޭނާ ބުންޏެވެ.

މުވައްޒަފު އިތުރަށް ކިޔައިދިން ގޮތުގައި އެ އޮފީހުން ވަޒީފާ ދީފައި ތިބި ސިޔާސީ މީހުން އިށީންނާނެ ގޮނޑި މޭޒުވެސް އެތާކު ނެތެވެ. އަދި ގޮނޑި މޭޒު ލިބުނަސް އެ ބަހައްޓާނެ ޖާގައެއްވެސް ނެތެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާލަތުވެސް ހުރީ ހަމަ އެފަދައިންނެވެ. ސްޓެލްކޯ، ފެނަކަ، އެމްޓީސީސީ، އެސްޓީއޯ ފަދަ ކުންފުނިތަކަށް މީހުން އަޅާ ވަނީ ފުރާފައެވެ.

ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ސަރުކާރު ކެންޑިޑޭޓަށް ވޯޓު ހޯދަން އިއުލާން ކޮށްލުމެއް ނެތިވެސް ކުންފުނިތަކަށް މީހުން ނަގާފައިވަނީ އެތަންތާނގެ އެޗް އާރު ޕޮލިސީ އާ ވެސް މުޅިން ޚިލާފަށެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީވެސް ކުރާނެ ކަމެއް ނެތް މީހުން ކަމަށް ވެއެވެ.

އަނެއްކޮޅުން ބައެއް ކުންފުނިތަކުން، ގާނޫނު ބުނާ ރިޓަޔަރަމަންޓް ޕެންޝަން ލިބިގެން ކުރިން އޮފީސްތަކުން ވަޒީފާއިން ވަކި ކޮށްފައި ތިބި މީސް މީހުންނަށްވެސް ގާނޫނާ ޚިލާފަށް ވަޒީފާ ދީފައި އެބަހުއްޓެވެ.

ގާނޫނު އަސާސީގެ 129 ވަނަ މާއްދާ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލް ޖުމްހޫރިއްޔާ އަށް ދީފައިވާ ބާރުތައް ނަހަމަ ގޮތުގައި އިންތިހާ އަށް ބޭނުން ކޮށް ސިޔާސީ މަގާމް ތަކަށް މީހުން އައްޔަން ކުރުމުގައި މިއަދު މިރާއްޖޭގައި ވަކި އިމެއް ހައްދެއް ނެތްކަން ވަރަށް ސާފެވެ. މިފެންނަނީ ރައްޔިތުންގެ ފައިސާ އަށް ޚިޔާނާތްތެރި ވުމުގެ މާ ރީތި ގޮތެކެވެ. ދެރަކަމަކީ މިހާ ފާޅުގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވަމުންދާ އިރު އެކަމަށް ހެދޭނެ ގޮތެއް އެޅޭނެ ފިޔަވަޅެއް ނެތުމެވެ. ކަރަޕްޝަން ހުއްޓުވުމަށް އުފައްދާފައިވާ އެންޓި ކަރަޕްޝަން ކޮމިޝަންވެސް ސަރުކާރުގެ ކުރިމަތީގައި ވަނީ ކުޑަކަކޫ ޖަހާފައެވެ.

މި ސަރުކާރަށް އޮތީ އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ އަޅާ ފުރާލުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
20 މެއި 2024 | ހޯމަ 06:45
ޑިޕްލޮމެޓް
ފޮރިން މިޖިސްޓްރީގެ ހަާލަކީވެސް ހަމަ ތިއެވެ. މިޝަން ތަކުގެ ހާލަކީވެސް މިއެވެ. މިތަނަށް މިހާރުވެސް އެބަތިބި 40 އަށް ވުރެ ގިނަ މީހުން ޕޯސްޓިންއަށް އެކި ގައުމުތަކަށް ފޮނުވަން ވަޒީފާދީފަ. އެއްވެސް އުރައްޕެއްނެތް އެތައް ބައެއް. އިށީންނާނެ ތަނެއްނެތި ބެލްކަނިތަކުގަޔާއި މީޓިން ހޯލްގައި އުތުރި އަރަނީ. މިޝަންއަކަށް ދާ ކޮންމެ މީހަކަށް މަހަކު 5000 ޑޮލަރުު މަދުވެގެން ޚަރަދު ވާނެ. ތިބޭފުޅުން، މި ހިސާބު ހައްދަވައިފިއްޔާ، ދައުލަތުން ރައްޔިތުންގެ ޓެކްސް ފައިސާއިން އިސްރާފު ވާވަރު ހާމަވެގެންދާނެ. މިއީ އަސްލު ފޮރިން ސަރވިސްގައި ތިބި މީހުންނަށް ހުރި ވަރަށްބޮޑު ދެރައެއް.
- ގުޅުންހުރި
މުއިއްޒު ވެރިކަމަށް ވަޑައިގަތީ "ދަރަނި ދައްކައިދޭނެ ފަރާތްތަކުގެ ގްރީން ސިގްނަލް އާ އެކު، އެއްވެސް ހާސް ކަމެއް ނެތި"
ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނިންމަވައިފި
ނޮވެމްބަރު 2023 ނިމުނުއިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް ގައި 141.1 މިލިއަން ޑޮލަރު ހުންނާނެ: ކުރީގެ މިނިސްޓަރ އަމީރު
ތަރައްގީ ހުއްޓިފަ، އެކަމަކު ޚަރަދުތައް އިންތިހާއަށް ބޮޑު
މިއީ ބާރުތައް ކޮންޓްރޯލްކޮށް، ވާދަވެރިންނަށް ފުރުސަތު ހަނިކުރާ ސަރުކާރެއް، މިހާރު ވެސް މަޖިލީހުން ފެންނަނީ އެމަންޒަރު: ބިގޭ
އިންޑިއާ އަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެއް އަތުން އިންޑިއާ އާ ގުޅުން ބަދަހި ކުރަނީއެވެ. އަނެއް އަތުން ގުޅުމުން އުފަންވި ފައިދާތައް ވީދާ ކުދި ކުރަނީއެވެ
4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!