Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސިޔާސީ މަޤާމުތަކުގެ އަދަދު

އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތައް އިތުރުވެ، ހަރަދު ނުތަކާ ވަރަށް ދިއުމުން އެކަން ފޮރުވުމަށް: ފައްޔާޒު

މި މައްސަލައިގައި ސަރުކާރަށް ފާޑުކިއުންތައް ދަނީ އަމާޒުވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 3 ޖުލައި 2024 | ބުދަ 06:06
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަކުރަން ގޮވާލައި އެމްޑީޕީން މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލާފައިވަނީ މި ސަރުކާރުން ވެފައިވާ ރިޔާސީ ވައުދުތަކާ ޚިލާފުވެވިފައިވާތީކަމަށް އެމްޑީޕީގެ ޗެއަރ ޕަރސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މި ހިނގަމުންދާ ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަކުރަން ގޮވާލައި ބުދަ ދުވަހުގެ ޖަލްސާއަށް އެމްޑީޕީން ހުށަހެޅި މައްސަލަ ސަރުކާރު ނިސްބަތްވާ ޕާޓީގެ މެޖޯރިޓީ ވޯޓާއެކު ވަނީ ބޭރުކޮށްލާފައެވެ.

Advertisement - newsAdvertisement

އެ މައްސަލައިގައި ސަރުކާރަށް ފާޑުކިއުންތައް ދަނީ އަމާޒުވަމުންނެވެ.

އެކަމާ ގުޅިގެން ފައްޔާޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެ މައްސަލަ ހުށަހެޅުއްވީވެސް ސިޔާސީ މަގާމްތަކަށް އައްޔަންކޮށްފައިތިބި މީހުންގެ އަދަދު މި ސަރުކާރުން ވަންހަނާކުރާތީ ކަމަށެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި ސަރުކާރުގެ ބާރުން ކުއްލި މައްސަލަ ބޭރުކޮށްލީވެސް ރިޔާސީ އިންތިހާބުގައިވީ ވައުދާ ހިލާފަށް، ސިޔާސީ މަގާމްތަކުގެ އަދަދު އިތުރުވެ ދައުލަތުގެ ހަރަދު ނުތަކާ ވަރަށް ގޮސްފައިވާތީއެވެ.

އޭގެ އިތުރުން، ގައުމުގެ އިގްތިސާދު މިދާ މިސްރާބަކީ އިގްތިސާދު މެނޭޖުކުރަން މިސަރުކާރަށް ނޭނގި، ރައްޔިތުންނަށް ކަންކަން އޮޅުވާލާ ދޮގުހެދުމުގެ ސަބަބުން ކުރިމަތިވާ ކަމެއްކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

އަދި މި ސަރުކާރުން ހާމަނުކުރާނެ އެއްވެސް ކަމެއް ނޯންނާނެކަމަށް ވައުދުވިކަންވެސް ފައްޔާޒު ވަނީ ހަނދާން ކޮށްދެއްވާފައެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވަނީ ކޮންމެހެން ޒަރޫރީ ޙާލަތެއްގައި މެނުވީ ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުންވެސް އެތައް ބަޔަކަށް ސިޔާސީ ވަޒީފާތައް ދީފައިވެއެވެ.

ނަމަވެސް ފަހުން އައްޔަން ކުރާ ފަރާތްތަކުގެ މައުލޫމާތުވެސް އާންމު ނުކުރާއިރު، އެއީ ވެބްސައިޓް މައްސަލައެއް ދިމާވެގެންކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

ސިޔާސީ މަގާމުތައްގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްއެމްޑީޕީގެ ޗެއާޕަރސަން، ފައްޔާޒު އިސްމާއީލްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު