Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިޔާސީ މަގާމު

ވަކި ކުރި ކަމަށް ބުނި ސިޔާސީ މީހުންގެ މައުލޫމާތު ސިއްރު

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި 700 ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ނުތިބޭނެ ކަމަށް

ރާއްޖެ އެމްވީ | 4 ޑިސެމްބަރު 2024 | ބުދަ 11:03
ރައީސް މުއިއްޒު: ސަރުކާރުގެ އެކި ފެންވަރުގެ މަގާމުތަކުގައި ތިބި ފަރާތްތަކާއެކު ޖަލްސާ އެއްގައި

ރައީސް މުއިއްޒު: ސަރުކާރުގެ އެކި ފެންވަރުގެ މަގާމުތަކުގައި ތިބި ފަރާތްތަކާއެކު ޖަލްސާ އެއްގައި

ސަރުކާރުގެ ޚަރަދު ކުޑަކުރަން ސިޔާސީ މަގާމުތަކުން ވަކިކުރި ކަމަށް ސަރުކާރުން ބުނި 228 މީހުންގެ މައުލޫމާތު ރައީސް އޮފީހުން ސިއްރު ކޮށްފިއެވެ.

"ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ" ކަމަށް ރިޔާސީ ކެމްޕޭންގައި ވިދާޅުވި ރައީސް މުއިއްޒުގެ ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި މިހާތަނަށް ތިބީ ކިތައް މީހުން ކަންވެސް ތަކުރާރު ކޮށް ނޫސްވެރިން ސުވާލު ކުރުމުންވެސް ހާމަ ކޮށްފައެއް ނުވެއެވެ.

އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި 15 ދުވަހުގެ ތެރޭގައި 228 ސިޔާސީ މުވައްޒަފުން ވަކި ކުރަން ނިންމެވި ކަން ވަނީ އިއުލާނު ކުރައްވާފައެވެ.

އޭގެ ފަހުން ރައީސް އޮފީހުގެ ތަރުޖަމާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވި ގޮތައް ސިޔާސީ މުވައްޒަފުން ވަކިކޮށް ނިމިއްޖެ ކަމަށް ވިދާޅުވިއެވެ.

އެހެން ނަމަވެސް ވަކި ކުރި މީހުންނާ ބެހޭ އެއްވެސް ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

ސިޔާސީ މަގާމުތަކުން ވަކި ކުރި މީހުންގެ މައުލޫމާތު ހާމަ ކުރަން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ދެކޮޅު ހެދީ އެ މައުލޫމާތު ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަހްމަދު އަފްރާހް އިސްމާއީލް 15 އޮކްޓޯބަރު 2024 ގައި ރައީސް އޮފީހަށް ހުށަހެޅުއްވުމުން އެ ކަމަށް ރައީސް އޮފީހުން ދިން ޖަވާބުގައެވެ.

އަފްރާހް ރައީސް އޮފީހަށް މި މައުލޫމާތު ހޯދުމަށް އެދި ހުށަހެޅި ފޯމުގެ ޖަވާބު ދެމުން ރައީސް އޮފީހުން ބުނީ، ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ޓަކައި، އަޅަމުން ގެންދާ ފިޔަވަޅު ތަކުގެ ދަށުން، ސަރުކާރުގެ އެކި ވުޒާރާ ތަކުގައި މަސައްކަތް ކުރައްވާ ސިޔާސީ މުވައްޒަފުން މަދުކުރައްވަން ނިންމަވާ 2024 އޮކްޓޯބަރު 31 ގެ ނިޔަލަށް 228 މުވައްޒަފުން ވަޒީފާ ތަކުން ވަކި ކޮށްފައިވާ ކަމަށެވެ.

"ހޯއްދެވުމަށް އެދިވަޑައިގެންފައިވާ މައުލޫމާތުގެ ތެރެއިން، ސިޔާސީ މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތައް ވެފައި، އެ ފަރާތްތައް މަސައްކަތް ކުރެއްވި ވުޒާރާތަކުގެ ނަންތައް ހާމަކޮށްފި ނަމަ، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެ ކަމަށް ގަބޫލު ކުރެވޭތީ، އެ މުވައްޒަފުންގެ ނަމާއި، އެ ވުޒާރާތަކުގެ ނަންތަކުގެ މައުލޫމާތަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ދޫކުރެވޭނެ މައުލޫމާތެއް ނޫން ކަމުގައި ދަންނަވަމެވެ." ރައީސް އޮފީހުގެ ޖަވާބުގައި ވެއެވެ.

ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި 700 ށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ނުތިބޭނެ ކަމަށެވެ.

ސިޔާސީ މަގާމުތަކުގެ އަދަދު ސަރުކާރުން ހާމަ ކޮށްފައި ނުވި ނަމަވެސް، ބައެއް މިނިސްޓްރީ ތަކުގައި އިށީންނާނެ ގޮނޑި މޭޒު ނެތް މިންވަރަށް ސިޔާސީ މަގާމުތަކަށް މީހުން ވަނީ ލާފައެވެ. އަދި ބައެއް ފަރާތްތަކުން ކުރާނެ މަސައްކަތެއް ނޯންނަ ކަމަށާއި، އޮފީހަށް ވަދެލާފައި ދަނީ ކޮފީ އަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސިޔާސީ މަގާމުތައް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

01 ޑިސެމްބަރު 2025
ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ ރައްޔިތުން އަޅުވެތިކޮށް، ވެރިކަން ދިފާއު ކުރެއްވުމުގެ މަސައްކަތް: ބިގޭ

ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ ރައްޔިތުން އަޅުވެތިކޮށް، ވެރިކަން ދިފާއު ކުރެއްވުމުގެ މަސައްކަތް: ބިގޭ

19 އެޕްރީލު 2025
"ދެފުށް ފެންނަ ސަރުކާރުން" ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުންދަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައި: އީސަ

"ދެފުށް ފެންނަ ސަރުކާރުން" ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުންދަނީ ރޭގަނޑު ދަންވަރުގެ ވަގުތުގައި: އީސަ

21 ސެޕްޓެމްބަރު 2024
ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސަރުކާރަށް އަދިވެސް ނޭނގޭ

ސިޔާސީ މަގާމުތަކުގެ ޖުމްލަ އަދަދު ސަރުކާރަށް އަދިވެސް ނޭނގޭ

26 އޯގަސްޓު 2024
އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތައް އިތުރުވެ، ހަރަދު ނުތަކާ ވަރަށް ދިއުމުން އެކަން ފޮރުވުމަށް: ފައްޔާޒު

އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލީ ސިޔާސީ މަގާމުތައް އިތުރުވެ، ހަރަދު ނުތަކާ ވަރަށް ދިއުމުން އެކަން ފޮރުވުމަށް: ފައްޔާޒު

03 ޖުލައި 2024

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު