Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުގެ ސިޔާސީ މަޤާމުތައް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދާއި މުސާރަ ހާމަކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

މައްސަލައަށް ބަހުސް ކުރަން ފެންނަކަމަށް 11 ވޯޓު ލިބުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖުލައި 2024 | ބުދަ 04:23
މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް

ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހާމަކުރަން އެމްޑީޕީން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލަ ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

Advertisement - newsAdvertisement

މައްސަލައަށް ބަހުސް ކުރަން ފެންނަކަމަށް 11 ވޯޓު ލިބުނުއިރު، ސަރުކާރުގެ މެމްބަރުން ވޯޓު ދެއްވީ ދެކޮޅަށެވެ. އެގޮތުން 56 މެމްބަރުން ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

ބުދަ ދުވަހުގެ ޖަލްސާގައި މީކާއިލް ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ސިޔާސީ އެކި މަޤާމުތަކަށް އައްޔަނު ކޮށްފައިވާ މީހުންގެ އަދަދާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަ ކުރުމަށް ސަރުކާރުން އިންކާރު ކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން، ސަރުކާރުގެ އިދާރާތަކަށް ބޭނުންވާ ވަރަށްވުރެ އިތުރަށް އަދި އެއްވެސް ހައްދެއް ނެތި ސިޔާސީ މަޤާމުތަކަށް މީހުން އައްޔަނު ކުރަމުން ދިއުމުގެ ސަބަބުން ކުންފުނިތަކުންވެސް މާލީ ޙާލަތާ ނުބައްދަލު ޚަރަދު ކުރަން ޖެހިފައިވާކަން މީކާއީލް ހުށަހެޅުއްވި މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

މީކާއީލް ވަނީ ސިޔާސީ މަޤާމުތަކަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައިވާ މީހުންގެ ރަސްމީ އަދަދު ސާފުކޮށްދިނުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފިނޭންސް މިނިސްޓަރުގެ އަރިހުގައި އެދެމުންވެސް އެ މައުލޫމާތު ކޮމިޓީއާވެސް ހިއްސާ ނުކުރެއްވިކަން ފާހަގަ ކުރައްވާފައެވެ. އަދި މިއީ ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީހަށް މަތިކޮށްފައިވާ ދުސްތޫރީ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅޭ ކަމެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމްސިޔާސީ މަގާމުތައް

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

01 ޑިސެމްބަރު 2025
މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް
19 ނޮވެމްބަރު 2025

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް
19 އެޕްރީލު 2025

ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ ރައްޔިތުން އަޅުވެތިކޮށް، ވެރިކަން ދިފާއު ކުރެއްވުމުގެ މަސައްކަތް: ބިގޭ

19 އެޕްރީލު 2025
ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ ރައްޔިތުން އަޅުވެތިކޮށް، ވެރިކަން ދިފާއު ކުރެއްވުމުގެ މަސައްކަތް: ބިގޭ
11 ޑިސެމްބަރު 2024

ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް

11 ޑިސެމްބަރު 2024
ޤާނޫނުއަސާސީގެ ދިފާޢުގައި ނުނިކުމެ ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެނަމަ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބެއް ނުބާއްވާނެ - މީކާއީލް
04 ޑިސެމްބަރު 2024

ވަކި ކުރި ކަމަށް ބުނި ސިޔާސީ މީހުންގެ މައުލޫމާތު ސިއްރު

04 ޑިސެމްބަރު 2024
ވަކި ކުރި ކަމަށް ބުނި ސިޔާސީ މީހުންގެ މައުލޫމާތު ސިއްރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު