Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުން އަޅުވެތި ކުރުން

ރައީސް މުއިއްޒު ކުރައްވާ މަސައްކަތަކީ ރައްޔިތުން އަޅުވެތިކޮށް، ވެރިކަން ދިފާއު ކުރެއްވުމުގެ މަސައްކަތް: ބިގޭ

ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ވަރަށް ބޮޑަށް ދަނީ ހަނިކުރަމުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 އެޕްރީލު 2025 | ހޮނިހިރު 08:25
''ޓީވީޓޯކް ޕްރޮގްރާމް''ގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވާހަކަދައްކަވަނީ

''ޓީވީޓޯކް ޕްރޮގްރާމް''ގައި އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން ވާހަކަދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުން އަޅުވެތިކޮށް، ވެރިކަން ދިފާއު ކުރެއްވުން ކަމަށް އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ''ޓީވީޓޯކް ޕްރޮގްރާމް''ގައި ބިގޭ ވިދާޅުވީ ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުން އަޅުވެތި ކުރަން ކަމަށާއި، ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތައް ވަރަށް ބޮޑަށް ހަނިކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ވެރިކަން ދިފާއު ކުރެއްވުމަށް، އެމަނިކުފާނުގެ އަރިހުގައި ބޮޑެތި މުސާރަދީގެން ބޭފުޅުން ބައިތިއްބާ ކަމަށާއި، ރައްޔިތުންނަށް ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް މަސައްކަތް ނުކުރައްވާ ކަމަށް ބިގޭ ވިދާޅުވިއެވެ. އަދި އެބޭފުޅުންނަށް ގަދަބާރު ދައްކަވައި، އެބޭފުޅުން ވެސް ގެންގުޅުއްވަނީ ބަނދެ ތަޅު އަޅުވާގެން ކަމަށް އޭނާ ވިދާޅުވިއެވެ.

މިސަރުކާރުގެ ސިޔާސީ ވަޒީފާތަކަށް އިޝާރާތް ކުރައްވައި ބިގޭ ވިދާޅުވީ އެއަދަދު ރައީސް މުއިއްޒަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި، ސިޔާސީ މަގާމުތައް އިތުރު ކުރަމުންދަނީ ރައްޔިތުން ކޮންޓްރޯލް ކުރުމަށް ކަމަށެވެ.

އެހެންވާންޖެހޭ މައިގަނޑު ސަބަބަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާއަކީ އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އޭގެ ޒާތުގައި އޮތް ބޭފުޅެއް ނޫން. އެކި ފަހަރު އެކި ޕާޓީގެ ތެރެއިން ވަޒީރުކަމުގެ ތެރެއިން މިހިސާބަށް ވަޑައިގެންނެވި ބޭފުޅެއް ވީމަ ވަށައިގެން ރައީސުލްޖުމްހޫރިއްޔާ ހިމާޔަތް ކުރާނެ އެއްވެސް ކަހަލަ ބޭފުޅުން ކޮޅެއް ކައިރީގައި އޭޒާތުގައި އަމިއްލައަށް އުފައްދާފައި ނެތް. އެހެން ދިމަ ދިމާލުން ވަޒީފާތައް ދީގެން އަގާގައި ތަޅު އަޅުވައިގެން މަޖުބޫރުކޮށްގެން ކައިރީގައި މި ގެންގުޅުއްވަނީ އެނގޭތޯ. އެހެންވީމަ މިވާ ގޮތަކީ ކައިރީގައި ބޭފުޅަކު ނެތުނީމަ ބޭފުޅުންތައް ކައިރީގައި ބޭއްތިއްބުމުގެ ބޭނުމުގައި ވަޒީފާތައް މިދެނީ. ވެރިކަން ދެމެހެއްޓެން އޮތީ ވެސް ކައިރީގައި ބަޔަކު ބައިތިއްބައިގެން. އެހެންވީމަ އެވިސްނުމުގައި ގިނަ ވަޒީފާތައް އުފެމުންދަނީ.
އަލިފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)

ބިގޭ ވިދާޅުވީ މި ސަރުކާރުން ރައްޔިތުންގެ އަސާސީ ހައްގުތައް އުނިކުރަމުންދާ ކަމަށެވެ.

އެގޮތުން ސަރުކާރުގެ ލޯނުގެ ދަށުން ކިޔަވަމުންދާ ދަރިވަރުންނަށް ފައިސާ ލިބުމުގައި ދަތިވެފައިވާ ކަމަށާއި، ކަރަންޓު ބިލުތައް ބޮޑުވެ، ބޭސް ނުލިބި، އާސަންދަ ޚިދުމަތް ނުލިބި އަދިވެސް ދިވެހި އާއްމު ރައްޔިތުން އުފަލުގައި ދިރިއުޅުމަށްޓަކައި ބޭނުންވާ ޚިދުމަތްތަކުން މަހުރޫމްކޮށް ދަތިކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ބިގޭ ވިދާޅުވީ ސަރުކާރާ އިދިކޮޅުވާނަމަ، ވިޔަފާރިތަކަށް ހުރަސްއަޅަމުންދާ ކަމަށާއި، ބިރު ދެއްކުން އިސްކުރަމުންދާ ކަމަށެވެ. މިހާރު ޕްރައިވެޓް ސެކްޓަރއަށް ވަރަށް ބޮޑަށް ދަތިކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމުގައި ފައިސާ ހުރި ނަމަވެސް ފައިސާ ހިފަހައްޓައި ރައްޔިތުންނަށް ދަތި ކުރަމުންދަނީ ވެރިކަން ދިފާއު ކުރެއްވުމަށް ކަމަށް ބިގޭ ވިދާޅުވި އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުމުހައްމަދު ރަޝީދު ހުސައިންސިޔާސީ މަގާމުތައްރައްޔިތުންބިގޭމުހައްމަދު ރަޝީދު ހުސައިން (ބިގޭ)ޓީވީ ޓޯކް ޕްރޮގްރާމް

ކޮމެންޓް

އިތުރަށް ކިޔާލަން

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

01 ޑިސެމްބަރު 2025
 ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުން ހިތަށްވެސް ނާރާ ގޮތަކަށް ސަރުކާރުން ރައްޔިތުންނަށް ދަތިކުރާނެ: ޔައުގޫބް

ކައުންސިލް އިންތިޚާބަށް ފަހު ރައްޔިތުން ހިތަށްވެސް ނާރާ ގޮތަކަށް ސަރުކާރުން ރައްޔިތުންނަށް ދަތިކުރާނެ: ޔައުގޫބް

07 ނޮވެމްބަރު 2025
ދަރަނި %38 އިތުރުކޮށް، އަންނަ އަހަރަށް ހުށަހަޅާފައިވަނީ ވެސް އިހުމާލުގެ ބަޖެޓެއް: ޒަރިޔަންދު

ދަރަނި %38 އިތުރުކޮށް، އަންނަ އަހަރަށް ހުށަހަޅާފައިވަނީ ވެސް އިހުމާލުގެ ބަޖެޓެއް: ޒަރިޔަންދު

07 ނޮވެމްބަރު 2025
އަންނަ އަހަރު ވެގެންދާނީ ވައްކަން ކުރާ ސަރުކާރަކަށް ފަހި އަހަރަކަށް، ރައްޔިތުންނަށް ދަތި އަހަރަކަށް: މައުރޫފް

އަންނަ އަހަރު ވެގެންދާނީ ވައްކަން ކުރާ ސަރުކާރަކަށް ފަހި އަހަރަކަށް، ރައްޔިތުންނަށް ދަތި އަހަރަކަށް: މައުރޫފް

07 ނޮވެމްބަރު 2025
ބިގޭ ގައުމުގެ ޒުވާނުންނަށް: ގައުމު މިދާ ނުރައްކާތެރި މިސްރާބުން ސަލާމަތް ކުރުމަކީ ޒުވާނުންގެ ފަރުދީ ޒިންމާއެއް!

ބިގޭ ގައުމުގެ ޒުވާނުންނަށް: ގައުމު މިދާ ނުރައްކާތެރި މިސްރާބުން ސަލާމަތް ކުރުމަކީ ޒުވާނުންގެ ފަރުދީ ޒިންމާއެއް!

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 މެއި
ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި
20251 އަހަރު ކުރިން
ރާއްޖެ

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މުވައްޒަފުން މަސައްކަތް ހުއްޓާލާ ގެއަށް ގޮސްފި

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!
20242 އަހަރު ކުރިން
ރިޕޯޓު

އެސްއެސްސީ ޕޭޕަރު މާކު ކުރަން އައި ޓީޗަރުންނަށް ބޮޑު ތުރާލެއް!

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން
20233 އަހަރު ކުރިން
ރާއްޖެ

ބިދޭސީންނަށް އުޅަނދުތަކުގެ ކެޕްޓަނުންގެ ގޮތުގައި ނުތިބެވޭނެ، މިއީ ކުޑަކަމެއް ނޫން - އަދުނާން

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ރ. އަތޮޅު ރިސޯޓެއްގެ އިމާރާތަކުން ވެއްޓި، މީހަކު މަރުވެއްޖެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ޑޮކްޓަރުންނަށް އޮޅިގެން ސަލާމަތުން އޮތް ފައި ބުރިކޮށްލެވިއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
20197 އަހަރު ކުރިން
ރާއްޖެ

ބައި ލައްކައަށް ވުރެ ގިނަ މެމްބަރުންނާ އެކު އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20188 އަހަރު ކުރިން
ރިޕޯޓު

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު