Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެޗްޑީސީ

މަތި ބަރު ވެގެން އެޗްޑީސީ އަށް ފާޑުކިޔުއްވި މެންބަރު ހުސެއިން ޝަރީފު ގެ އަންހެނުންނަށް، އެކުންފުނިން 55،000 ރުފިޔާގެ މަގާމެއް

މެންބަރު ހުސެއިން ޝަރީފުގެ އަންހެނުން ހަމަ ޖައްސާފައިވަނީ 55،000 ރުފިޔާގެ މަހު މުސާރަ އެއް ލިބޭ މެނޭޖިން ޑިރެކްޓަރުގެ ބިއުރޯގެ ޗީފްގެ މަގާމަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2025 | ހޯމަ 14:27
ޕީއެންސީ ގެ މަޖްލިސް މެމްބަރު ހުސެއިން ޝަރީފް ގެ ދެމަފިރިން

ޕީއެންސީ ގެ މަޖްލިސް މެމްބަރު ހުސެއިން ޝަރީފް ގެ ދެމަފިރިން

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަކީ މަތި ބަރު ކުންފުންޏެއް ކަމަށް ބުނެ އެ ކުންފުންޏަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވި، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފުގެ އަންހެނުންނަށް އެ ކުންފުނިން ބައިލައްކަ ރުފިޔާއަށް ވުރެ ބޮޑު މަހު މުސާރަ އެއް ލިބޭ މަގާމެއް ދީފައިވާ ކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މެންބަރު ޝަރީފުގެ އަންހެނުން ޝިނާ ވަޖީހު އައްޔަން ކުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބިއުރޯގެ ޗީފްގެ މަގާމަށެވެ. އޭނާ އައްޔަން ކުރީ ޑިރެކްޓަރެއްގެ ފެންވަރުގައި ކަމަށާއި، މަހު މުސާރައަކީ 55،000 ރުފިޔާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

Advertisement - newsAdvertisement

ދާދި ފަހުން އެ ވަޒީފާއަށް ނިކުންނަން ފެށި ޝިނާ ވަނީ ސްރީ ލަންކާއަށް އެހީވުމަށް ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ ޓެލަތޯނުގައި، އެޗްޑީސީގެ ފަރާތުން ފައިސާ ހަދިޔާ ކުރަން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އާއެކު ވެސް ބައިވެރިވެފަ އެވެ.

އެޗްޑީސީ ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އާއެކު މެންބަރު ޝަރީފް ގެ އަންހެނުން ޝިނާ ވަޖީހު، ލަންކާ އަށް އެހީ ވުމަށް ބޭއްވި ޓެލެތޯން ގައި ބައިވެރި ވަނީ
އެޗްޑީސީ ގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އާއެކު މެންބަރު ޝަރީފް ގެ އަންހެނުން ޝިނާ ވަޖީހު، ލަންކާ އަށް އެހީ ވުމަށް ބޭއްވި ޓެލެތޯން ގައި ބައިވެރި ވަނީ

ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި އޭރު މެމްބަރު ޝަރީފު އެޗްޑީސީ އަށް އެހާ ބޮޑަށް ފާޑު ކިޔުއްވީ އަންހެނުންގެ ވަޒީފާ ހަމަޖެހިފައި ނުވުމުންނެވެ. ނަމަވެސް ސަރުކާރަށް އެކި ގޮތް ގޮތުން ޕްރެޝަރ ކުރުމަށް ފަހު މެމްބަރު ޝަރީފް ވަނީ އަންހެނުންގެ ވަޒީފާ ކަށަވަރުކޮށްފަ އެވެ. އަދި އެޗްޑީސީ އަށް ފާޑުކިޔުން ވެސް ވަނީ ހުއްޓާލާފަ އެވެ.

މި ސަރުކާރުގެ ސިޔާސީ މަގާމުތައް އެހެން ހުރިހާ ސަރުކާރަކަށް ވުރެ އިތުރުވެފައި ވާއިރު، ސިޔާސީ ނުފޫޒުން ސަރުކާރުގެ ކުންފުނިތަކަށް އައްޔަން ކުރާ މީހުންގެ އަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތައް 700 އަށް ވުރެ އިތުރު ނުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރިޔާސީ ކެމްޕޭނުގައި ރައީސް މުއިއްޒު ވަނީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރައްވާނެ ކަމަށާއި، ސިޔާސީ މަގާމުތައް މަދު ކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. ނަމަވެސް މިހާތަނަށް ފެންނަމުންދާ ތަސްވީރަކީ އެއާ ޚިލާފު ތަސްވީރެކެވެ.

ސަރުކާރުން މިދިޔަ ޖުލައި މަހު ހާމަކުރި ހިސާބުތަކުން އެނގޭ ގޮތުގައި، ސަރުކާރުގައި އޭރު ތިބީ 922 ސިޔާސީ މުވައްޒަފުންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރައްވާ ގޮތުގައި މި ސަރުކާރުގެ ސިޔާސީ މަގާމުތައް 3000 އަށް ވުރެ ގިނަ އެވެ.

އެޗްޑީސީހުސައިން ޝަރީފްސިޔާސީ މަގާމުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

ވިނަރެސް ގެ ޑައުންޕޭމަންޓާއި ކުލި ކުޑަކުރާނެ ކަމަށް ދެއްކީ ހޮޅި ވާހަކަތަކެއް!

10 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު