Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

މިވަރުގެ ޖަރީމާއެއް އޮންނާނެތަ؟ އެފްއޭއެމް އެކައުންޓްގައި އެންމެ 58 ރުފިޔާ!

އެފްއޭއެމުގެ ބަޖެޓް ހުސްވެފައިވާއިރު އެތަނުގެ ދަރަނި ވެސް އެހާމެ މައްޗެވެ.

ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2024 | އަންގާރަ 08:04
އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް

ފީފާއިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން އެފްއޭއެމާ ހަވާލުވިއިރު އެތަނުގެ އެކައުންޓްގެ ހުރީ އެންމެ 58 ރުފިޔާ ކަން އެނގިއްޖެ އެވެ.

ނަން ނުޖެހުމަށް ޝަރުތުކުރި ފުޓްބޯޅައިގެ ވަރަށް އިސް ފަރާތަކުން މިކަން ކަށަވަރުކޮށްދެމުން ބުނީ މި މައުލޫމާތު ނޯމަލައިޒޭޝަން ކޮމިޓީން މިހާރު ވަނީ ކުޅިވަރާ ބެހޭ މިނިސްޓަރ އަބްދުﷲ ރާފިއު އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ ވެސް ހިއްސާކޮށްފައި ކަމަށެވެ. އަދި ނޯމަލައިޒޭޝަން ކޮމިޓީގެ ބައެއް ބައްދަލުވުންތަކުގައި ވެސް އެ ކޮމިޓީން ވަނީ މި ކަން ތަކުރާރުކޮށް ފާހަގަކޮށްފަ އެވެ.

އެފްއޭއެމުގެ ބަޖެޓް ހުސްވެފައިވާއިރު އެތަނުގެ ދަރަނި ވެސް އެހާމެ މައްޗެވެ. ނޯމަލައިޒޭޝަން ކޮމިޓީން މިހާތަނަށް އެއްކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި އެފްއޭއެމުން އެކި ތަންތަނަށް ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ 80 މިލިއަން ފަހަނައަޅައިގޮސްފަ އެވެ. މީގެ ތެރެއިން 55 މިލިއަން ރުފިޔާ އަކީ ލިޔެކިއުންތަކުން އެނގެން ހުރި މުއާމަލާތްތަކެވެ. އޭގެ ތެރޭގައި ކޯޓު މަރުހަލާއިން ނިންމާފައިވާ މައްސަތަކާއި ޝަރުއީ މަރުހަލާގައިވާ މައްސަލަތައް ވެސް ހިމެނެ އެވެ. ބާކީ ފައިސާ އަކީ ރަސްމީ ލިޔެކިއުމެއްނެތް ނަމަވެސް ކޮމިޓީން އެއްކުރި މައުލޫމާތުތަކުން އެފްއޭއެމުން ދޭން ޖެހޭ ކަމަށް އެކި ފަރާތްތަކުން ބުނެފައިވާ ފައިސާ އެވެ. މީގެ ތެރޭގައި އެފްއޭއެމުން ކުލަބުތަކަށް ދޭންޖެހޭ ފައިސާ ވެސް ހިމެނެ އެވެ.

އެފްއޭއެމް ނޯމަލައިޒްކުރިއިރު ފީފާއިން ވެސް އެންމެ ބޮޑަށް ހަވާލުކޮށްފައިވާ ޒިންމާ އަކީ ފީފާ އާއި އޭއެފްސީ ދީފައިވާ ފައިސާ އަށް ޚިޔާނާތްވުމުގެ މައްސަލަ އެވެ. އަދި ރާއްޖޭގެ ކަމާގުޅުންހުރި ފަރާތްތަކާއި ފީފާއާ ގުޅިގެން މި ފައިސާ ހޯދުމުގެ މަސައްކަތް ވެސް ވަނީ މަތިކޮށްފަ އެވެ.

އެފްއޭއެމުގެ މިހާބޮޑު މާލީ އަނދަވަޅެއް ފުންވިއިރު 2022 ވަނަ އަހަރުން ފެށިގެން އެއިދާރާގެ މާލީ މައްސަލަތައް ދިޔައީ ފެންމަތިވަމުންނެވެ. އޭގެ ތެރޭގައި މުވައްޒަފުންނާއި ކޯޗުންނާއި އެނޫން ވެސް ފަރާތްތަކަށް މުސާރަ ނުދީ 10 މަހަށްވުރެ ގިނަ ދުވަސްވުން ހިމެނެ އެވެ. މީގެ އިތުރުން އެފްއޭއެމުގެ ރައީސްކަމުގައި ހުންނަވަނިކޮށް ބައްސާމް އަދީލް ޖަލީލް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ފީފާއިން ސަސްޕެންޑްކުރީ ވެސް އެއިދާރާއިން ބަލަމުންދާ ފައިސާގެ މައްސަލަތަކެއްގެއެވެ. އެއީ ފީފާއިން ކޮވިޑް ތެރޭގައި ދީފައިވާ އެއް މިލިއަން ޑޮލަރުގެ ލޯނުގެ ފައިސާގެ މައްސަލާގަ އެވެ. މީގެ އިތުރުން ސަރަހައްދީ ފުޓްބޯޅަ ފެޑަރޭޝަން ސާފްއިން ވެސް ވަނީ ފައިސާގެ މައްސަލަތަކާހުރެ އެ ޖަމާއަތުގެ މުބާރާތްތަކުން ރާއްޖެ ސަސްޕެންޑްކުރަން ވިސްނަން ފަށައިފަ އެވެ. އެއީ 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިސާ އެ ޖަމާއަތަަށް ދީފައިނުވާތީ އެވެ.

އެފްއޭއެމުގެ މާލީ މައްސަލަތައް މިހާބޮޑުވިއިރު އެ އިދާރާއިން އެދިގެން ރާއްޖޭގެ ހޮޓާތަކާއި ރިސޯޓްތަކާއި ސައިހޮޓާ ރެސްޓޯރަންޓްތަކާއި އެނޫން ވެސް ތަންތަނުން ވަނީ ހިދުމަތް ދިނުން ހުއްޓާލައިފަ އެވެ.

އިތުރަށް ކިޔާލަން

08 މާރިޗު 2017

އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި

08 މާރިޗު 2017
އެފްއޭއެމް އިން ޓީސީ އަށް ހޫނު މަރުހަބާއެއް ކިޔައިފި
25 ފެބުރުއަރީ 2017

ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި

25 ފެބުރުއަރީ 2017
ދަރަނި ދެއްކުމަށް ތިން މިލިއަން ރުފިޔާ ހަމަޖައްސާ އެފްއޭއެމް ބަޖެޓް ފާސްކޮށްފި
25 ފެބުރުއަރީ 2017

އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި

25 ފެބުރުއަރީ 2017
އެފްއޭއެމްގެ ނައިބްރައީސްކަން ރަސްމީކޮށް ޝަކީބަށް ހަވާލުކޮށްފި
13 ފެބުރުއަރީ 2017

އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް

13 ފެބުރުއަރީ 2017
އެފްއޭއެމްގެ ހަރަކާތްތަކުގައި އެހީތެރިވުމަށް ފުލުހުންނާއެކު އެއްބަސްވުމަކަށް
31 ޖެނުއަރީ 2017

ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް

31 ޖެނުއަރީ 2017
ދަނޑުގައި ގޮނޑި ޖެހުމަށް އަންނަ ހަފްތާގެ ތެރޭގައި ހަވާލުކުރެވޭނެ: އެފްއޭއެމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު