Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔަމަން-އިޒްރޭލު ހަމަނުޖެހުން

ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އަނެއްކާވެސް އެމެރިކާގެ ޑްރޯނެއް ވައްޓާލައިފި

މިއީ އެއް ހަފުތާގެ ތެރޭގައި ޔަމަނުގެ ހަނގުރާމަވެރިން ވައްޓާލި 35 މިލިއަން ޑޮލަރުގެ އަގުހުރި ތިންވަނަ ޑްރޯނެވެ.

ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2024 | ހޯމަ 16:18
ޔަމަންގެ ހަނގުރާމަވެރިން ވައްޓާލާފައިވާ އެމެރިކާގެ އަސްކަރީ ޑްރޯނެއްގެ ބައިތަކެއް

ޔަމަންގެ ހަނގުރާމަވެރިން ވައްޓާލާފައިވާ އެމެރިކާގެ އަސްކަރީ ޑްރޯނެއްގެ ބައިތަކެއް

ޔަމަނުގެ ހަތިޔާރުއެޅި ބާރުތަކުން އެމެރިކާގެ އިތުރު ޒަމާނީ ޑްރޯނެއް ވައްޓާލައިފިއެވެ.

މިއީ ޣައްޒާގައި އެމެރިކާގެ އެހީތެރިކަމާއެކު އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައާ ދެކޮޅު ހަދާ، ފަލަސްތީނުގެ ރައްޔިތުންނަށް މަދަދުވެރިވުމުގެ ގޮތުންނާއި އެމެރިކާއިން ޔަމަނަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން ހިންގާ ހަރަކާތުގެ ތެރެއިން ވައްޓާލި ޑްރޯނެއް ކަމަށް ޔަމަނުން ބުނެއެވެ.

އެމްކިއު-9 ރީޕަރ ޑްރޯން ވައްޓާލީ ހޯމަ ދުވަހު ޔަމަނުގެ ހުޅަނގު ސަރަޙައްދުގައިވާ ދަމާރު ޕްރޮވިންސްގެ މަތިން އުދުހެނިކޮށްނެވެ. މި ބޮޑު ޑްރޯން އަކީ ހަނގުރާމައާއި ޖާސޫސީ މަސައްކަތް ކުރުމަށް ބޭނުންކުރާ، 35 މިލިއަން ޑޮލަރުގެ އަގުހުރި އުޅަނދެކެވެ.

މިއީ އެއް ހަފުތާގެ ތެރޭގައި ޔަމަނުގެ ހަނގުރާމަވެރިން ވައްޓާލި މިބާވަތުގެ ތިންވަނަ ޑްރޯނެވެ. އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު 7ގެ ފަހުން ވައްޓާލި 10 ވަނަ ޑްރޯނެވެ. އިޒްރޭލުން ޣައްޒާއަށް ހަމަލާ ދޭން ފެށި ދުވަހުން ފެށިގެން، ޔަމަނުގެ ބާރުތަކުން ވަނީ އިޒްރޭލާ ދެކޮޅަށް ގިނަ ހަމަލާތަކެއް ދީފައެވެ.

މިގޮތުން ދިން އެންމެ ވަރުގަދަ ހަމަލާ ދިނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އާދިއްތަ ދުވަހު ހައިޕަރސޮނިކް ބެލިސްޓިކް މިސައިލަކުން ތެލްއަވީވްގައި ހުރި އިޒްރޭލުގެ އަސްކަރީ މަރުކަޒަކަށް ޔަމަންގެ ބާރުތަކުން ވަނީ ހަމަލާދީފައެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި

07 ފެބުރުއަރީ 2017
އެމެރިކާގެ ނައިބް ރައީސް ވެސް އިރާނަށް އިންޒާރު ދެއްވައިފި
07 ފެބުރުއަރީ 2017

އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް

07 ފެބުރުއަރީ 2017
އަފްޣާނިސްތާނުގައި އާއްމުން ޒަޚަމްވި މިންވަރު އަނެއްކާވެސް ރެކޯޑް މިންވަރަކަށް
04 ފެބުރުއަރީ 2017

ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ

04 ފެބުރުއަރީ 2017
ރަށްތަކުގެ މިލްކުވެރިކަމާ މެދު ޖަޕާނާއި ޗައިނާއާ ދެމެދު އުފެދިފައިވާ މައްސަލާގައި ޖަޕާން ދިފާއު ކުރާނަން: އެމެރިކާގެ ޑިފެންސް ސެކްރެޓަރީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
29 ޖެނުއަރީ 2017

އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި

29 ޖެނުއަރީ 2017
އެމެރިކާގެ މިސްކިތެއްގައި ރޯކޮށްލައިފި
26 ޖެނުއަރީ 2017

މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި

26 ޖެނުއަރީ 2017
މެކްސިކޯ އާއި އެމެރިކާގެ ބޯޑަރުގައި ފާރެއް ރޭނުމަށް އަންގާ އަމުރުގައި ޓްރަމްޕް ސޮއިކުރައްވައިފި
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
07 ޖެނުއަރީ 2017

ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި

07 ޖެނުއަރީ 2017
ކޮރަޕްޝަންގެ ތުހުމަތުގައި އަނެއްކާވެސް ނަތަންޔާހޫއާ ސުވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު