Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލީސް

ރައީސް މުއިއްޒު ވަނީ މަޖިލިސް ޕެރަލައިޒް ކޮށްފައި: އަހުމަދު އީސަ

މެންބަރުން ރައްޔިތުންގެ މައްޗަށް އަދާކުރަންޖެހޭ ޒިންމާތަކެއްވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 ސެޕްޓެމްބަރު 2024 | ހޯމަ 18:24
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވާހަކަ ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު 20 ވަނަ ރައްޔިތުންގެ މަޖިލިސް ޕެރަލައިޒް ކޮށްފައިވާ ކަމަށް ކެނދިކުޅުދޫ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ 'ހަވަރު ބެރު' ޕެނަލްގައި ވާހަކަ ދައްކަވަމުން އަހުމަދު އީސަ ވިދާޅުވީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި ނަމަވެސް މެންބަރުން ރައްޔިތުންގެ މައްޗަށް އަދާކުރަންޖެހޭ ޒިންމާތަކެއްވާ ކަމަށެވެ. ގާނޫނު އަސާސީގައި އެކަން ފާހަގަކޮށްފައިވާ ކަމަށް އަހުމަދު އީސަ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އެގޮތުން ދައުލަތުގެ ތިން ބާރު ވަކިން ޖަވާބުދާރީ ކުރުވުން ހިމެނޭ ކަމަށް އަހުމަދު އީސަ ވިދާޅުވިއެވެ. އަދި ވިދާޅުވީ ގައުމުގައި ހިނގާ ކަންކަން ނުވަތަ މަޝްރޫއުތަކާއި ގުޅޭގޮތުން ވަޒީރުންނާ ސުވާލު ކުރުމާއި، ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމާއި، އަދި ރައްޔިތުން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން މަޖިލިސް ގިނަ މެންބަރުން ރައީސް މުއިއްޒު ރިޝްވަތުގެ ކަޅު ފައިސާ ބަހާ ކަމަށާއި، އެ ފައިސާގައި ގިނަ މެންބަރުން ޖެހިފައިވާ ކަމަށް އަހުމަދު އީސަ ތުހުމަތު ކުރެއްވިއެވެ. އެހެންކަމުން މަޖިލީހުގެ ގިނަ މެންބަރުންނަށް ޒިންމާ އަދާނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް މުއިއްޒު ވަނީ މަޖިލިސް އެކޮށް ޕަރަލައިޒްކޮށް، ހައިޖެކްކޮށްފައިވާ ކަމަށެވެ.

ސަރުކާރުން ހުށަހެޅި ކުންފުންޏާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުން ބަލައިގަނެ، ކޮމިޓީންވެސް ބިލު ހޯމަ ދުވަހު ފާސްކޮށްފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި އަހުމަދު އީސަ ވިދާޅުވީ ރާއްޖެ މިހާރު ވެސް އޮތީ އިގްތިސާދީ ބޮޑު މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި، ރާއްޖޭގެ މުޅި އިގްތިސާދީ ވެށި ޒަމާނާ އެއްގޮތަށް ވަރަށް ވިސްނުންތެރިކަމާއެކު ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.

ނަމަވެސް ކުންފުންޏާބެހޭ ގާނޫނު ކޮމެޓީން ފާސްކުރުމަށް ނެނގީ އެންމެ 10 މިނެޓު ކަމަށާއި، ހަރުދަނާ ސިޔާސަތެއް ނުވަތަ ހިޔާލެއް ހުށަހަޅާ ރަނގަޅު މަސައްކަތްތަކެއް ކޮށްފައިނުވާ ކަަމަށް އަހުމަދު އީސަ ވިދާޅުވިއެވެ. މިކަމުން އެކަނި ވެސް މަޖިލިސް މެންބަރުންގެ ދައުރު ނެތްކަން ނުވަތަ މެންބަރުން އަދާކުރަންޖެހޭ ޒިންމާ އަދާކުރުން ހުއްޓިފައިވާކަން ހާމަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަހުމަދު އީސަ ވިދާޅުވީ މިހާރު 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާތަނެއް ނޫން ކަމަށެވެ. ކަޅު ފައިސާއިން މަޖިލިސް ހައިޖެކްކޮށްފައިވާއިރު، މިއީ މުޅި ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އަހުމަދު އީސަ ވިދާޅުވިއެވެ.

މީގެ އިތުރުން އަހުމަދު އީސަ ވިދާޅުވީ ގައުމު ހަމަމަގަށް އެޅުމަށް ކުރާ މަސައްކަތް ނުހުއްޓުވޭނެ ކަމަށެވެ. ބިރު ދެއްކި ނަމަވެސް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ މިނިވަންކަމުގެ ބޭނުން ހިފައި މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު