Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެފްއޭއެމް

ގަލޮޅު ދަނޑުގައި ނޯމަލައިޒިން ކޮމެޓީ އަށް ވަގުތީ އޮފީހެއް

ވަޒީރު ވިދާޅުވީ، ގަލޮޅު ދަނޑުގައި ވަގުތީ އޮފީހެއް ޤާއިމު ކުރަނީ ގާތް ގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ސެޕްޓެމްބަރު 2024 | އަންގާރަ 04:23
ގަލޮޅު ރަސްމީ ދަނޑު

ގަލޮޅު ރަސްމީ ދަނޑު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީން މަސައްކަތް ކުރާނެ ވަގުތީ އޮފީހެއް، ގަލޮޅު ރަސްމީ ދަނޑުގައި ޤާއިމު ކުރުމަށް ހަމަޖެހައިވާ ކަމަށް ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ކުޅިވަރު ވުޒާރާ އިން ކުރަމުން އަންނަ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރުމަށް ބޭއްވި ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީއާ މަޝްވަރާކޮށް، އެކި ކަންކަމުގައި ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ. އަދި އެ ކޮމެޓީ އަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރާއްޖޭގެ ފުޓުބޯޅަ ނޯމަލައިޒް ކުރަން ނިންމައި، ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީއެއް ނަގައިފަ އެވެ. އެ ކޮމެޓީން އަންނަނީ ފުޓުބޯޅައިގެ އެކި އެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކުލަބުތަކާއި ބައްދަލު ކުރުމުގެ އިތުރުން، ކަމާ ގުޅުން ހުރި އިދާރާތަކާ ވެސް އަންނަނީ ބައްދަލު ކުރަމުންނެވެ. ނަމަވެސް، ނޯމަލައިޒިން ކޮމެޓީން ރަސްމީކޮށް މަސައްކަތް ކުރާނެ އޮފީހެއް ނުވަތަ މާހައުލެއް ނެތުމުގެ ކަންބޮޑުވުން އެ ކޮމެޓީ އަށް އޮތެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، ނޯމަލައިޒިން ކޮމެޓީގެ މެމްބަރުން މަސައްކަތް ކުރާނެ ވަގުތީ އޮފީހެއް ގަލޮޅު ރަސްްމީ ދަނޑުގައި ޤާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކުޅިވަރު ވުޒާރާ އިން އެ އިންތިޒާމުތައް ހަމަޖައްސައި ދެމުން އަންނަނީ ނޯމަލައިޒިން ކޮމެޓީގެ އެދުމުގެ މަތިންކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ، ގަލޮޅު ދަނޑުގައި ވަގުތީ އޮފީހެއް ޤާއިމު ކުރަނީ ގާތް ގަނޑަކަށް ތިން މަސް ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އަދި އޭގެ ފަހުން، ނޯމަލައިޒިން ކޮމެޓީގެ މަސައްކަތްތައް މާފަންނުގައި ހުންނަ އެފްއޭއެމްގެ ހައުސް އަށް ބަދަލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ދެ ވަނަ ފަހަރަށް ފީފާ އިން ރާއްޖެ ނޯމަލައިޒް ކޮށްފައިވާއިރު، ނޯމަލައިޒިން ކޮމެޓީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ކުރީގެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު ޒުހޫރު އެވެ. ޒުހޫރަކީ ކުރީގެ ރައީސް އަބަދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި ހޯމް މިނިސްޓަރު ކަމުގެ އިތުރުން، ހެލްތު މިނިސްޓަރުކަމާއި އަދި ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. މި ކޮމިޓީގައި ޒުހޫރުގެ އިތުރުން ހިމެނެނީ ފަރީހާ ޝަރީފް، އިސްމާއީލް ސިމާން، ގާނޫނީ ވަކީލު އަޙުމަދު މުޢިއްޒު އަދި އަޙުމަދު އަލީ އެވެ.

ނަމަވެސް ނޯމަލައިޒިން ކޮމެޓީގެ މެމްބަރުން މަސައްކަތް ކުރުމަށް އެކަށީގެންވާ މާހައުލެއް ނެތުމުގެ ސަބަބުން، އެ ކޮމެޓީގެ މެމްބަރުން މަސައްކަތް ކުރަމުން އައީ ރަސްމީ އެއްވެސް މާހައުލެއް ނެތި އެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2018

ވިސްނުން ބަހައްޓަންވީ ވަގުތީ ކާމިޔާބަކަށް ނޫން، ކުރިމަގު ބިނާކުރުމަށް: ބައްސާމް

14 މާރިޗު 2018
ވިސްނުން ބަހައްޓަންވީ ވަގުތީ ކާމިޔާބަކަށް ނޫން، ކުރިމަގު ބިނާކުރުމަށް: ބައްސާމް
04 ޖެނުއަރީ 2018

ގަލޮޅު ދަނޑު އޯލް-ސީޓަރ ސްޓޭޑިއަމްއަކަށް ބަދަލުކުރަނީ

04 ޖެނުއަރީ 2018
ގަލޮޅު ދަނޑު އޯލް-ސީޓަރ ސްޓޭޑިއަމްއަކަށް ބަދަލުކުރަނީ
27 އޮކްޓޯބަރު 2017

މެޑަމް ފާތުންގެ ބަށި މުބާރާތުގެ ފައިނަލް ގަލޮޅު ދަނޑުގައި

27 އޮކްޓޯބަރު 2017
މެޑަމް ފާތުންގެ ބަށި މުބާރާތުގެ ފައިނަލް ގަލޮޅު ދަނޑުގައި
02 އޮކްޓޯބަރު 2017

އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މޮޅުވެއްޖެ

02 އޮކްޓޯބަރު 2017
އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ރެއާލް މޮޅުވެއްޖެ
12 ޖުލައި 2017

އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި

12 ޖުލައި 2017
އޭއެފްސީގެ މާކެޓިން ކޮމެޓީގެ ޗެއާޕާސަނަކަށް ޝަވީދު އައްޔަންކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު