Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފަލަސްތީން މެޗް

ފަލަސްތީން މެޗަށް ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކޮށްލަނީ

ރާއްޖެއާއި ފަލަސްތީން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު

ލީވާން އަލީ
ލީވާން އަލީ | 26 މާރިޗު 2017 | އާދީއްތަ 12:21
ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކުރަނީ

ގަލޮޅު ދަނޑުގެ ލައިޓްތައް މަރާމާތުކުރަނީ

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީން އަދި ދިވެހި ރާއްޖެ ބައްދަލުކުރާ މެޗަށް ގަލޮޅު ރަސްމީ ދަނޑުގެ ލައިޓްތައް މަރާމާތުކޮށް އަލިގަދަކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، ގަލޮޅު ދަނޑުގެ ލައިޓްތައް ރަނގަޅުކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި، ރާއްޖެ އަދި ފަލަސްތީން ބައްދަލުކުރާ މެޗުގައި ގަލޮޅު ދަނޑުގެ ލައިޓްތަކުގެ ވިދުން ގަދަވާނެ ކަމަށެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަލޮޅުދަނޑުގެ ލައިޓްތަކުގެ ވިދުންގަދަކުރަން މަސައްކަތް ފަށާފައިވަނީ ބައެއް ލައިޓްތައް ހަލާކުވެ، ލައިޓްތަކުގެ އަލި ފަނޑުވުމުންނެވެ.

އޭއެފްސީ މިންގަނަޑަށް ލައިޓްތަކުގެ ވިދުން ގަދަކުރުމަށް އެ ލައިޓްތައް މަރާމާތުކުރުމުގެ މަސައްކަތްކުރަމުން އަންނަނީ ގައުމީ ދިފާއީ ބާރުންނެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ދިފާއީ ބާރުން އަންނަނީ ލައިޓްތައް މަރާމާތު ކުރަމުންނެވެ.

ފަލަސްތީން އަދި ރާއްޖެ ބައްދަލުކުރާ މެޗަށް ޓިކެޓް ވިއްކަން ވަނީ ފަށާފައެވެ. މީގެއިތުރުން އެފްއޭއެމް އިން އަންނަނީ އެ މެޗު ޕްރޮމޯޓްކުރުމަށް ހާއްސަ ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ސޯޝަލް މީޑިއާގައިވެސް އެ އިދާރާއިން ވަނީ ޕްރޮމޯޝަން ކެމްޕޭންތަކެއް ފަށާފައެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ފަލަސްތީން ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ، 21:00 ގައި ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. ކޮލިފައިންގައި ރާއްޖެއާއެކު ގްރޫޕް ޑީގައި ހިމެނެނީ ފަލަސްތީން އޮމާން އަދި ބޫޓާން އެވެ.

އިތުރަށް ކިޔާލަން

16 މާރިޗު 2017

ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ

16 މާރިޗު 2017
ގަލޮޅު ދަނޑުގެ އެކޮމޮޑޭޝަން ބްލޮކްގެ ފެންވަރު ރަނގަޅުކުރަންޖެހޭ: އަހުމަދު އީސަ
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު