Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކުޅިވަރު ޤައުމީ މަޖިލިސް

ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސް އަށް ބޭނުންވާ ފައިސާ އަންނަ އަހަރުގެ ބަޖެޓަށް ހުށަހަޅައިފި

ވަޒީރު ވިދާޅުވީ ކަމެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެކަމެއް ވާން އޮތް އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު ގޮތަކަށް ކުރުން އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ދެކިލައްވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ސެޕްޓެމްބަރު 2024 | އާދީއްތަ 03:21
ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)

ކުޅިވަރު ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ)

ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި، އޮފިޝަލުންގެ އިންޝުއަރެންސް އަށް ބޭނުންވާ ފައިސާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ހުށަހަޅާފައިވާ ކަމަށް ކުޅިވަރާއި ހަށި ހެޔޮ ކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި ކުޅިވަރު ވުޒާރާ އިން ކޮށްފައިވާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް، ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން 2025 ވަނަ އަހަރުގެ ބަޖެޓުގައި، އިންޝުއަރެންސް އަށް ބޭނުންވާ ފައިސާ ހިމަނަން ހުށަހަޅާފައިވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޤައުމީ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިންޝުއަރެންސް ހަމަޖައްސައި ދިނުމަކީ، ކުރީ ސަރުކާރުތަކުގައި ވެސް މަސައްކަތް ކޮށްފައިވާ ކަމެކެވެ. އެހެން ނަމަވެސް، ރަސްމީކޮށް ބަޖެޓުގައި ހިމަނައިގެން މިހާތަނަށް އެކަން ކުރެވިފައެއް ނުވެ އެވެ. އެކި އެކި ކުޅިވަރުތައް ކުޅެމުން އަންނަ ކުޅުންތެރިންނަށް ބޭނުންވާ ޞިއްޙީ ފަރުވާ ހޯދުމަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައި ދިނުމަކީ، ކޮންމެހެން ވެސް ކުރަން ޖެހޭ މުހިންމު ކަމެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން ވަޒީރު ވިދާޅުވީ އިންޝުއަރެންސް އެންމެ ފުރަތަމަ ތަޢާރަފު ކުރަނީ ޤައުމީ އެތުލީޓުންނަށް ކަމަށެވެ. އެތުލީޓުންގެ އިތުރުން، އެތުލީޓުން ހިމޭނެ ޓީމުތަކުގައި ތިބޭ އޮފިޝަލުންނަށް ވެސް އިންޝުއަރެންސްގެ އިންތިޒާމު ހަމަޖެހިގެން ދާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް މުސްތަޤުބަލުގައި އެކަން ފުޅާ ކުރުމަށް އިތުރަށް ވިސްނަން ޖެހޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެ އެވެ. ވަޒީރު އެހެން ވިދާޅުވީ، ރާއްޖޭގައި ތިބި ބައިނަލްއަޤުވާމީ ރެފްރީންނަށް އެފަދަ އިންތިޒާމެއް ހަމަޖެެއްސުމުގެ ވިސްނުން ހުރިތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ.

އެކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ކަމެއް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު އެކަމެއް ވާން އޮތް އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު ގޮތަކަށް ކުރުން އެއީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ދެކިލައްވާ ކަމަށެވެ. ސަބަބަކީ އެކަން ފެށުމުގެ އެންމެ ބޮޑު މަޤުސަދަކީ ޤަައުމީ އެތުލީޓުންނަށް ފޯކަސްކޮށްގެން ކަމަށާއި، އެއަށްފަހު ދެން އެކަން ފުޅާ ކުރުމަށް ވިސްނާނެ ކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެ އެވެ.

ދިވެހި އެތުލީޓުން އަންނަނީ ކޮންމެ އަހަރަކު ވެސް ބައިނަލްއަޤުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކުރަމުންނެވެ. އެހެން ނަަމަވެސް، މީގެ ކުރިން ކުޅުންތެރިންނަށް އިންޝުއަރެންސްގެ އިންތިޒާމެއް ނުވަތަ ޚިދުމަތެއް ސަރުކާރުން ފޯރުކޮށްދީފައެއް ނުވެ އެވެ.

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2017

ޓާގެޓަކީ ގައުމީ އަންހެން ޓީމު ބޭނުންވާ ހިސާބަށް ވާސިލުކޮށްދިނުން: ނާޒިމާ

05 ސެޕްޓެމްބަރު 2017
ޓާގެޓަކީ ގައުމީ އަންހެން ޓީމު ބޭނުންވާ ހިސާބަށް ވާސިލުކޮށްދިނުން: ނާޒިމާ
26 އޯގަސްޓު 2017

ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ

26 އޯގަސްޓު 2017
ޑެމްބެލޭއަކީ މިވަގުތު ބާސާއަށް ބޭނުންވާ އެންމެ މުހިންމު ކުޅުންތެރިޔާ: ވަލްވާޑޭ
05 އޯގަސްޓު 2017

އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި

05 އޯގަސްޓު 2017
އަނބުރާ އިނގިރޭސިވިލާތަށް ދާން ބޭނުންވާ ކަމަށް ރޮނާލްޑޯ ބުނެފި
21 މެއި 2017

ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން ބޭނުންވާނަމަ ޔޫވީ މެޗު މުހިންމު: ސާންތި

21 މެއި 2017
ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން ބޭނުންވާނަމަ ޔޫވީ މެޗު މުހިންމު: ސާންތި
12 މާރިޗު 2017

މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު

12 މާރިޗު 2017
މުނިއުފާ ބިން ތަރައްގީ ކުރެވޭނީ ކުޅިވަރު ކުރިއެރުވުމަށާއި ފައިސާ ހޯދުމަށް: ރައްޒާގު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު