Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމާލޭ ލީގު

ގަދަ ހަތަރެއްގެ ރޭހުގައި އޮންނަން ބޭނުންވާނަމަ ޔޫވީ މެޗު މުހިންމު: ސާންތި

ކޮންމެހެން ހަދާފައިވެސް ޔޫވީ އަތުން ތިން ޕޮއިންޓް ހޯދަންޖެހޭ

ލީވާން އަލީ
ލީވާން އަލީ | 21 މެއި 2017 | އާދީއްތަ 14:34
އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޢަނީ (ސާންތި)

އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޢަނީ (ސާންތި)

ގަދަ ހަތަރެއްގެ ރޭހުގައި ކްލަބް އީގަލްސް އޮންނަން ބޭނުންވާނަމަ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށް ކުޅޭ މެޗު މުހިންމު ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފި އެވެ.

މާލޭ ލީގުގައި މި ދެޓީމު ބައްދަލުކުރާ މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސާންތި ބުނީ ރަމަޟާން މަހުގެ ކުރިން ޔޫވީއާ ދެކޮޅަށް ކުޅޭ މެޗަކީ އީގަލްސްއަށް ވަރަށް މުހިންމު މެޗެއް ކަމަށާއި، ދެވަނަ ބުރުގެ ފެށުންވެސް ރަނގަޅު ކުރެވޭނީ އެ މެޗު ކާމިޔާބުކޮށްގެން ކަމަށެވެ. އެގޮތުން ސާންތި ބުނީ މިފަދަ މުހިންމު މެޗުތަކުގައި އަބަދުވެސް އީގަލްސް އިން ގޯސްތަކެއް ހަދާ ކަމަށާއި، އެހެންނަމަވެސް އޭނާ ބުނީ މި ޔޫވީ މެޗަށް ޓީމުގެ ކުޅުންތެރިން ބޭނުންވާވަރަށް ފިޓްކަމަށެވެ. މީގެއިތުރުން އެ މެޗުގައި އީގަލްސްއިން ތަފާތު ދައްކާނެކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޔޫވީއާ ބެހޭ ގޮތުން ވާހަކަދައްކަމުން ސާންތި ބުނީ އީގަލްސް އަކީ އެއްވެސް އިރެއްގައި އިދިކޮޅަށް ނިކުންނަ ޓީމް އަންޑައެސްޓިމޭޓްކުރާނެ ޓީމެއް ނޫން ކަމަށާއި، އެގޮތުން މާލޭ ލީގުގައި ކުޅޭ 8 ޓީމަކީވެސް ބަލި ޓީމު ނޫންކަން އޭނާ ފާހަގަކުރި އެވެ.

ސާންތި ބުނީ ޔޫވީގެ ކޯޗުކަމާ ނަޒީހް ހަވާލުވިފަހުން އެޓީމު ރަނގަޅުވަމުން އަންނަ ކަމަށާއި، އެގޮތުން އެޓީމުވެސް މަސައްކަތްކުރާނީ އީގަލްސް މެޗު ކާމިޔާބުކޮށް ގަދަ ހަތަރަކަށް ވަނުމަށްކަމަށެވެ.

މީގެއިތުރުން ސާންތި ބުނީ ފުރަތަމަ ބުރެކޭ އެއްގޮތަށް ދެވަނަ ބުރުގައިވެސް އީގަލްސް އިން މަސައްކަތްކުރާނީ ގަދަ ހަތަރެއްގައި ހިމެނިގެން ނިންމާލުން ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ދެވަނަ ބުރު ފުރަތަމަ ބުރަށްވުރެ ވާދަވެރިވާނެ ކަމަށެވެ.

މަލޭ ލީގުގައި އީގަލްސް ހަތް މެޗު ކުޅެފައިވާއިރު، އެޓީމު ވަނީ މިހާތަނަށް 10 ޕޮއިންޓް ހޯދާފައެވެ. އީގަލްސް އޮތީ ޕޮއިންޓް ތާވަލުގެ ފަސްވަނައިގަ އެވެ. މާލޭ ލީގުގައި ޔޫވީ ހަތް މެޗު ކުޅެފައިވާއިރު، އެޓީމު މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ. ޔޫވީ އޮތީ ތިން ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގަ އެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި

21 ފެބުރުއަރީ 2017
އޭއެފްސީ ކަޕް: ވެލެންސިއާ އިން ވަރުގަދަ މޯހަން ބާގަން ހިފަހައްޓައިފި
14 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި

14 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕްގެ ގުރު ނަގައިފި، ޓީސީ ވަރުގަދަ ގްރޫޕެއްގައި
10 ފެބުރުއަރީ 2017

ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ

10 ފެބުރުއަރީ 2017
ޑެހެއާ ހޯދުމުގެ ރޭހުގައި ޔުވަންޓަސްވެސް ބައިވެރިވެއްޖެ
05 ފެބުރުއަރީ 2017

އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ

05 ފެބުރުއަރީ 2017
އަގުއެރޯ ހޯދުމުގެ ރޭހުގައި އެންމެ ފަހުން ޗެލްސީވެސް ބައިވެރިވެއްޖެ
31 ޖެނުއަރީ 2017

ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް

31 ޖެނުއަރީ 2017
ޝައިޚް ކަމާލް ކަޕްގައި ބަންގްލަދޭޝްގެ ޗެމްޕިއަންއާއެކު ވަރުގަދަ ކްލަބުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު