Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަންހެން ގައުމީ ފުޓުބޯޅަ ޓީމު

ޓާގެޓަކީ ގައުމީ އަންހެން ޓީމު ބޭނުންވާ ހިސާބަށް ވާސިލުކޮށްދިނުން: ނާޒިމާ

5 ސެޕްޓެމްބަރު 2017 | އަންގާރަ 13:50

އަންހެން ކުޅުންތެރިން ފެންނަލެއް މަދު

ލީވާން އަލީ
ލީވާން އަލީ | 5 ސެޕްޓެމްބަރު 2017 | އަންގާރަ 13:50
ގައުމީ އަންހެން ފުޓުބޯޅަ ޓީމު

ގައުމީ އަންހެން ފުޓުބޯޅަ ޓީމު

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޓާގެޓަކީ ގައުމީ އަންހެން ޓީމުގެ ކުޅުންތެރިން ބޭނުންވާ މަގުތައް ކޮށައިދީ އެ ކުޅުންތެރިން ބޭނުންވާ ހިސާބަށް ވާސިލުކޮށްދިނުން ކަމަށް އެފްއޭއެމްގެ ނައިބް ރައިސާ އައިޝަތް ނާޒިމާ ވިދާޅުވެއްޖެ އެވެ.

ނާޒިމާ ވިދާޅުވީ، ނިމިގެންދިޔަ ވިމެންސް ސާފް ޗެމްޕިއަންޝިޕްގެ ސެމީފައިނަލަށް ގައުމީ އަންހެން ޓީމު ދަތުރުކުރީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ކަމަށާއި، އެފްއޭއެމް އިން މަސައްކަތް ކުރަނީ އަންނަ އަހަރު ޓީމު އިތުރު ހަރުފަތަކަށް ގެންދިޔުމަށް ކަމަށެވެ.

ނާޒިމާ ވިދާޅުވީ، އަންހެން ޓީމު އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެފްއޭއެމް އިން މަސައްކަތްތަކެއް ކުރާ ކަމަށާއި، ރަނގަޅު ތަމްރީންތަކެއް އެ ކުޅުންތެރިންނަށް ހޯދައިދޭން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ގައުމީ އަންހެން ޓީމުގެ ކޯޗިން ސްޓާފް ބަދަލުކޮށްފައިވާ ކަމަށްވެސް ނާޒިމާ ވަނީ ވިދާޅުވެފައެވެ.

ގައުމީ ޓީމުގެ ވަރަށް ރަނގަޅު ތަމްރީންތަކެއް ފެންނަމުން އަންނަ ކަމަށާއި، އެއްވެސް ޝަކުވާއެއް ނެތި ވަރަށް ފަރުވާތެރިކަމާއެކު އެ ކުޅުންތެރިން ތަމްރީންތައް ހަދަމުން އަންނަ ކަމަށް ވެސް ނާޒިމާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، މި އަހަރު ގައުމީ ޓީމުގެ އެއްވެސް މުބާރާތެއް ރޭވިފައިނުވާ ކަމަށާއި، މި އަހަރު ޓީމު އެއްކޮށް ފަރިތަކޮށް ރަނގަޅަށް ތައްޔާރުވެވިއްޖެ ނަމަ، އަންނަ އަހަރު ތަފާތު ފެނުމަކީ ދުރުގައި އޮތް ކަމެއް ނޫން ކަމަށެވެ.

އަންހެން ކުޅުންތެރިން ފެންނަލެއް މަދުކަން ފާހަގަކުރަމުން ނާޒިމާ ވިދާޅުވީ، ކުޅިވަރަކީ ހަމައެކަނި ފިރިހެނުން ކުޅޭ އެއްޗަކަށްވެފައިވާ ކަމަށާއި، އޭގެ ސަބަބުން ބައެއް ޒުވާން ހުނަރުވެރި ކުޅުންތެރިން ކުޅެން ފަސްޖެހޭ ކަމަށެވެ. އެގޮތުން ބައެއް ބެލެނިވެރިން ވެސް އަންހެން ކުދިން ކުޅިވަރު ކުޅެން ފޮނުވަން ފަސްޖެހޭ ކަމަށެވެ.

ގައުމީ އަންހެން ޓީމުގެ ކޯޗިން ސްޓާފް އެއްކޮށް ބަދަލުކޮށްފައިވާއިރު، ކޯޗަކަށް ގެނެސްފައިވަނީ ޔުނައިޓެޑް ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު އާތިފް (އާތީ) އެވެ.

އާތީއާ އެކު އެފްއޭއެމް އިން ހަދާފައިވަނީ ދިގު މުއްދަތެއްގެ އެއްބަސްވުމެއް ކަމަށާއި، އެފްއޭއެމް މިހާރު އޮތް ދައުރު ނިމެންދެން އޭނާ ޓީމުގެ ކޯޗުކަމުގައި ދެމިހުންނާނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު ވަނީ ވިދާޅުވެފައެވެ.

ގައުމީ އަންހެން ޓީމާ ހަވާލުވުމަށްފަހު އާތީ ބުނީ ވަރަށް ބޮޑެތި ކުރިއެރުންތައް ޓީމަށް އައިސްފައިވާ ކަމަށާއި، އޭނާގެ ޓާގެޓަކީ އަންހެން ޓީމު ފައިނަލެއްގައި ކުޅުވުން ކަމަށެވެ. އެގޮތުން އޭނާ ބުނީ މިދިޔަ އަހަރު އަންހެން ޓީމު ސެމީފައިނަލް ކުޅެފައިވާ ކަމަށާއި، ދެން ޓީމަށް ކުރަންޖެހިފައިއޮތް ކަމަކީ ފައިނަލަކުން ފުރުސަތު ތަނަވަސްކުރުން ކަމަށެވެ.

އެންމެ ހިނގާ

1

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

2

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

3

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

4

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
11 ޖެނުއަރީ 2017

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
10 ޖެނުއަރީ 2017

ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި

10 ޖެނުއަރީ 2017
ބެޑްމިންޓަން ގައުމީ ޓީމު އެކުލަވާލުމަށް ހިންގި ތަމްރީން ޕްރޮގްރާމްތައް ނިންމާލައިފި
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
06 ޖެނުއަރީ 2017

ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި

06 ޖެނުއަރީ 2017
ފޭދޫ ޓީމުން ވިދާލި އިއްބެ ޓީސީ އަށް ސޮއިކޮށްފި
06 ޖެނުއަރީ 2017

އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!

06 ޖެނުއަރީ 2017
އެކި ފަންތީގެ ގައުމީ ޓީމުތައް ގެނެސްގެން އަންނަ އަހަރު ޕޮމިޕިސް ކަޕް ބާއްވަނީ!
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި

04 ޖެނުއަރީ 2017
ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ޑިޕޭ ބުނެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް